Jul 07th

އަތޮޅުކައުންސިލާއި ސްޓޭޓްހައުސްގެ އޭސީ މަރާމާތުކޮށް ބެލެހެއްޓުން ހަވާލުކުރުން

  އަތޮޅުކައުންސިލްގެ އިދާރާ އާއި އަތޮޅުކައުންސިލްގެ ބެލުމުގެ ދަށުގައިވާ ސްޓޭޓްހައުސްގެ އެއަރކަންޑިޝަން މަރާމާތުކޮށް ބެލެހެއްޓުން އައުޓްސޯސް ހިންގުމަށް ކައުންސިލުން ނިންމާފައިވާ ނިންމެވުމާއި އެއްގޮތަށް 2018 ގައި އެމަސައްކަތް ކުރި ކުންފުންޏާއިއެކު ވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމާއި ގުޅިގެން އައުޓްސޯސްކޮށް މަރާމާތުގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް އާންމުކޮށް އިއުލާންކޮށް ހުށަހެޅިފައިވާ ބިޑްތައް އަތޮޅުކައުންސިލްގެ ބިޑްކޮމިޓީގެ 2 ވަނަ ބައްދަލުވުމުގައި އިވެލުއޭޓްކޮށް އެންމެ މަތިން މާރކްސް ލިބުނު މުއްކު ޓްރޭޑިންގ ކޮމްޕެނީ އާއި އެމަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި 3 ޖުލައި 2019 ގައި ވަނީ ސޮއި ކުރެވިފައެވެ.

މުއްކު ޓްރޭޑިންގ ކޮމްޕެނީ އަކީ ވޭތުވެދިޔަ 2018 ވަނަ އަހަރުގެ ތެރޭގައިވެސް މިމަސައްކަތް ކުރަމުންދިޔަ ކުންފުންޏެވެ.