Jul 11th

އަތޮޅު ޤުރުއާން މުބާރާތް ގއ. ނިލަންދޫގައި ބޭއްވުމަށް ހަމަޖެހިފައިވާތީ ކައުންސިލުން ނިލަންދޫ ކައުންސިލާ ބައްދަލުކޮށްފި

އަތޮޅު ޤުރުއާން މުބާރާތް މިއަތޮޅު ނިލަންދޫގައި ބޭއްވުމަށް ހަމަޖެހިފައިވާތީ، 10 ޖުލައި 2019 ވަނަ ދުވަހު 9:45 ގައި ނިލަންދޫ އަށް ކައުންސިލްގެ ޓީމެއް ވަޑައިގެންނެވި . މި ޓީމުގައި ހިނެމިވަޑައިގަންނަވަނީ ކައުންސިލްގެ ރައީސް އަޙުމަދު ފުއާދު، ނައިބްރައީސް އަޙުމަދު ނަޒްމީން، ކައުންިސލަރ ޙުސައިން އާދަމް، ކައުންިސލްގެ ޒިންމާދާރުވެރިޔާ ޑިރެކްޓަރ މުޙަންމަދު ނަޞީރު ޢަލީ، ކައުންސިލްގެ އެސިސްޓެންޓް ޑިރެކްޓަރ މުޙަންމަދު ޙަސަން، އެސިސްޓެންޓް ޑިރެކްޓަރ އަޙުމަދު ޙަސަން ދީދީ، އެސިސްޓެންޓް ރިސާރޗް އޮފިސަރ ޢަލީ އިބްރާހީމް، އެސިސްޓެންޓް ޕްރޮޖެކްޓް އޮފިސަރ އާމިނަތު ފަހީމް.

 

މި ދަތުރުގައި ނިލަންދޫ ކައުންސިލް އާއި ބައްދަލުކޮށް ޤުރުޢާން މުބާރާތް ކުރިއަށް ގެންދާ ގޮތާބެހޭ ގޮތުން މަޝްވަރާބައްދަލުވުމެއް ބޭއްވުނު . އަދި މީގެ އިތުރުން ޤުރުޢާން މުބާރާތް ކުރިއަށް ގެންދަން ހަމަޖައްސަވާފައިވާ ނިލަންދޫ ސްކޫލުގެ ހޯލު ބައްލަވާ ލެއްވުން ވެސް އޮތް.

އަދި ނިލަންދޫގައި ކުރިއަށް ގެންދާ ވާރޭފެން ރައްކާކުރާ ސިސްޓަމް ޤާއިމުކުރުމަށް ކުރިއަށް ގެންދާ ޕްރޮޖެކްޓްގެ މަސައްކަތް ބައްލަވާލެއްވުން ވެސް އޮތް.