Jul 11th

އަތޮޅު ކައުންސިލް އިން ބާއްވާ ކައުންސިލް އަހަރީ މަހާސިންތާ ބޭއްވުމަށްޓަކައި އަތޮޅު ކައުންސިލުން ދާންދޫ ކައުންސިލާ ބައްދަލުކޮށްފި

އަތޮޅުކައުންސިލްގެ އަހަރީ މަހާސިންތާ ބޭއްވުމަށް ރަށެއް ކަނޑައެޅުމަށްޓަކައި ރަށްރަށަށް ހުޅުވާލެވުނު ފުރުސަތުގައި ހަމަ އެކަނި މިއަތޮޅު ދާންދޫއިން މަހާސިންތާ ބޭއްވުމަށް  ޝައުޤުވެރިވެ ވަޑައިގެން އެކަމަށް އެދި ހުށަހަޅުއްވާފައިވާތީ، 10 ޖުލައި 2019 ވަނަ ދުވަހު 9:45 ގައި ދާންދޫއަށް  އަތޮޅު ކައުންސިލްގެ ޓީމެއް ވަޑައިގެންނެވި އެވެ. މި ޓީމުގައި ހިނެމިވަޑައިގަންނަވަނީ  ކައުންސިލްގެ ރައީސް އަޙުމަދު ފުއާދު، ނާއިބްރައީސް އަޙުމަދު ނަޒްމީން ، ކައުންސިލަރ ޙުސައިންއާދަމް، ޒިންމާދާރުވެރިޔާ ޑިރެކްޓަރ މުޙަންމަދު ނަޞީރު ޢަލީ، ކައުންސިލްގެ އެސިސްޓެންޓް ޑިރެކްޓަރ މުޙަންމަދު ޙަސަން، އެސިސްޓެންޓް ޑިރެކްޓަރ އަޙުމަދު ޙަސަން ދީދީ، އެސިސްޓެންޓް ރިސާރޗް އޮފިސަރ ޢަލީ އިބްރާހީމް، އެސިސްޓެންޓް ޕްރޮޖެކްޓް އޮފިސަރ އާމިނަތު ފަހީމް.

 

މި ދަތުރުގައި އަހަރީ މަހާސިންތާ ދާންދޫގައި ބާއްވަން އެދިވަޑައިގެންފައިވާތީ ދާންދޫ ކައުންސިލާ އެކު މަޝްވަރާ ބައްދަލުވުމެއް ބޭއްވިފައިވޭ.