Jul 11th

އަތޮޅު ކައުންސިލް އިން ދާންދޫ އަށް ކުރެއްވި ދަތުރުގައި ގއ.ދާންދޫ އާބަހާރުގޭ ސަރާ މަސްއޫދު އާއި ބައްދަލުކޮށްފި

ގއ. ދާންދޫ އާބަހާރުގޭ ސަރާ މަސްއޫދު އެތްލެޓިކްސްގައި ބައިވެރިވެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ގައި ރާއްޖެ ތަމްސީލުކުރުމަށް ހޮވިފައިވާތީ، އަތޮޅަށް މި ލިބުނު ރީތިނަން ފާހަގަކޮށް ދަރިވަރަށާއި އާއިލާއަށް މަރުހަބާ ދެންނެވުމަށް އަތޮޅުކައުންސިލްގެ ފަރާތުން ސަރާ މަސްއޫދު ގެ ގެއަށް ޒިޔާރަތްކޮށް،  ސަރާ މަސްޢޫދާއި އޭނަގެ އާއިލާ އާއި ބައްދަލުކޮށްފައިވޭ.

 

މި ބައްދަލުވުމުގައި ސަރާ ހޯއްދެވި ކާމިޔާބީ ފާހަގަކޮށް ޚާއްޞަ އިނާމެއްގެ ގޮތުގައި 500 ޑޮލަރ ހަދިޔާކުރައްވާގޮތަށް އަތޮޅުކައުންސިލްގެ 96 ވަނަ ބައްދަލުވުމުން ފާސްކޮށް ނިންމަވައި އެކަން ސަރާގެ އާއިލާ އާއި ހިއްސާކުރެވިފައި ވޭ.

މި ބައްދަލުވުމުގައި ކައުންސިލްގެ ރައީސް އަޙުމަދު ފުއާދު، ނައިބްރައީސް އަޙުމަދު ނަޒްމީން، ކައުންިސލަރ ޙުސައިން އާދަމް، ކައުންިސލްގެ ޒިންމާދާރުވެރިޔާ ޑިރެކްޓަރ މުޙަންމަދު ނަޞީރު ޢަލީ، ކައުންސިލްގެ އެސިސްޓެންޓް ޑިރެކްޓަރ މުޙަންމަދު ޙަސަން، އެސިސްޓެންޓް ޑިރެކްޓަރ އަޙުމަދު ޙަސަން ދީދީ، އެސިސްޓެންޓް ރިސާރޗް އޮފިސަރ ޢަލީ އިބްރާހީމް، އެސިސްޓެންޓް ޕްރޮޖެކްޓް އޮފިސަރ އާމިނަތު ފަހީމް ބައިވެރިވެ ވަޑައިގެންނެވި.