Jul 11th

ހުވަދުއަތޮޅުއުތުރުބުރީ 03ވަނަ އަތޮޅު ކައުންސިލްގެ 96ވަނަ ބައްދަލުވުން ބާއްވައިފި

ހުވަދުއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ 96 ވަނަ ބައްދަލުވުން  10 ޖުލައި 2019 ވީ ބުދަ ދުވަހު 13:45 ގައި ބޭއްވިފައިވެ އެވެ. މި ބައްދަލުވުން ބޭއްވުނީ މިއަތޮޅު ދާންދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. މި ބައްދަލުވުމުން މަޝްވަރާކޮށް ނިމުނު ކަންތައްތަކަކީ:-

އެޖެންޑާ އައިޓަމް:1

96 ވަނަ ބައްދަލުވުމުގެ އެޖެންޑާ ފާސްކުރުން

ނިންމެވި ގޮތް:           މިބައްދަލުވުމުގެ އެޖެންޑާ ފާސްކުރުމަށް ރިޔާޞަތުން ރައީސް އަޙުމަދު ފުއާދު ހުށަހެޅުއްވުމުން ކައުންސިލަރ ޙުސައިންއާދަމް ހުށަހެޅުއްވި، އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ބައިވެރިވުމުގެ ފުރުޞަތު ގއ.ދާންދޫ ސުކޫލުގެ ދަރިވަރު، ގއ.ދާންދޫ އާބަހާރުގެ ސަރާ މަސްއޫދު އަށް ލިބިފައިވާތީ، އެދަރިވަރަށް ސްޕޮންސަރއެއް ދިނުމާއިބެހޭ ގޮތުން ގޮތެއް ނިންމުމާއި، ނާއިބުރައީސް އަޙުމަދު ނަޒުމީން ހުށަހެޅުއްވި އުތުރު ހުވަދޫ ޤުރުޢާން މުބާރާތާއި، ގއ.އަތޮޅު މަޙާޞިންތާއަށް ތައްޔާރުވުމުގެ ގޮތުން ފުރިހަމަކުރަންޖޭހެ ކަންތައްތަކާއިބެހޭ ގޮތުން މަޝްވަރާކުރުން އެޖެންޑާއަށް އިތުރުކުރުމަށްފަހު، މިބައްދަލުވުމުގެ އެޖެންޑާ ކައުންސިލަރުންގެ އިއްތިފާގުން ފާސްކުރެވުނެވެ.

އެޖެންޑާ އައިޓަމް:2

ތިންވަނަ އަތޮޅުކައުންސިލްގެ 94 އަދި 95ވަނަ ބައްދަލުވުމުގެ ޔައުމިއްޔާ ފާސްކުރުން

ނިންމެވި ގޮތް:           ތިންވަނަ އަތޮޅުކައުންސިލްގެ 94 އަދި 95ވަނަ ބައްދަލުވުމުގެ ޔައުމިއްޔާ ފާސްކުރުމަށް ރިޔާޞަތުން އަޙުމަދު ފުއާދު ހުށަހެޅުއްވުމުން އެއްވެސް ކައުންސިލަރަކު ޔައުމިއްޔާތަކަށް އުނިއިތުރެއް ހުށަހަޅުއްވާފައިނުވާތީ، މިބައްދަލުވުންތަކުގެ ޔައުމިއްޔާ ކައުންސިލަރުންގެ އިއްތިފާގުން ފާސްކުރެވުނެވެ.

އެޖެންޑާ އައިޓަމް:3

މިއިދާރާގެ އެސިސްޓެންޓް ޑިރެކްޓަރ މުޙައްމަދު ޙަސަން އާއި އެސިސްޓެންޓް ރިސަރޗް އޮފިސަރ އަލީ އިބްރާހިމް ސްޕޮންސަރއަކަށް އެދިލައްވާފައިވާތީ އެކަމާމެދު ގޮތެއް ނިންމުން

ނިންމެވި ގޮތް:           މިއިދާރާގެ އެސިސްޓެންޓް ޑިރެކްޓަރ މުޙައްމަދު ޙަސަން އާއި އެސިސްޓެންޓް ރިސަރޗް އޮފިސަރ އަލީ އިބްރާހިމް އަށް މިއާންޒް އިންޓަރނޭޝަނަލް ކޮލެޖް (މައިކޮލެޖް)އިން ހިންގާ ޑިޕްލޮމާއިން އޮފީސް އެޑްމިނިސްޓްރޭޝަން (ދިވެހި) ކޯހުން ފުރުޞަތު ލިބި ސްޕޮންސަރއަކަށް އެދިލައްވާފައިވާތީ، އެޑިއުކޭޝަނަލް އެލަވަންސްގެ ގޮތުގައި ކޯހުގެ ފީ މުވައްޒަފުގެ އަތަށް ދިނުމަށް ކައުންސިލަރުންގެ އިއްތިފާގުން ނިންމެވިއެވެ. މިހެން ނިންމެވީ،ސްޕޮންސަރގެ ގޮތުގައި ކޯސްފީ ދައްކާނަމަ ކޯހުގެފީ ބޮޑުވެގެންދާތީއެވެ.

އަދި، ކޮންމެ މަހެއްގެ އެޓެންޑެންސް ޝީޓް އެމަހެއް ނިމުމުން ކައުންސިލް އިދާރާއަށް ހުށަހަޅެއްވުމަށްވެސް ކައުންސިލަރުންގެ އިއްތިފާގުން ނިންމެވިއެވެ.

އެޖެންޑާ އައިޓަމް:4

ގއ.އަތޮޅު މަޙާޞިންތާ ބާއްވާނެ ތަނަކާއި، ތާރީޚެއް ކަނޑައެޅުން

ނިންމެވި ގޮތް:           ގއ.އަތޮޅު މަޙާސިންތާ އެރަށެއްގައި ބޭއްވުމަށް ޝަޢުޤުވެރިވާ ކައުންސިލްތަކަށް ފުރުޞަތު ހުޅުވާލުމުން އެކަމަށް އެދި ޕްރޮޕޯސަލް ހުށަހަޅާފައިވާނީ ހަމައެކަނި މިއަތޮޅު ދާންދޫ ކައުންސިލް އިދާރާއިން ކަމަށްވާތީ، ގއ.އަތޮޅު މަޙާސިންތާ ދާންދޫގައި ބޭއްވުމަށް ކައުންސިލަރުންގެ އިއްތިފާގުން ނިންމެވިއެވެ. އަދި އޮގަސްޓް މަހުގެ 29 އިން 31އަށް ގއ.އަތޮޅު މަޙާސިންތާ ބޭއްވުމަށްވެސް ކައުންސިލަރުންގެ އިއްތިފާގުން ނިންމެވިއެވެ.

އެޖެންޑާ އައިޓަމް:5

ގއ.ވިލިނގިލީ ނެލަމްގޭގެ ކޮޓަރީގެ މަސައްކަތާއިބެހޭގޮތުން ޕްލޭނިންގެ މިނިސްޓްރީން ފޮނުވާފައިވާ ނަންބަރު: 471-PIDS1/241/2019/17 ސިޓީއާބެހޭގޮތުން މަޝްވަރާކުރުން

ނިންމެވި ގޮތް:           ގއ.ވިލިނގިލީ ނެލަމްގޭގެ ކޮޓަރީގެ މަސައްކަތާއިބެހޭގޮތުން ގޭގެ ވެރިފަރާތާއި، ކޮންޓްރެކްޓަރ އަތޮޅުކައުންސިލް އިދާރާއަށް ޙާޒިރުކޮށް މިމައްސަލައިގެ ޙައްލެއް ހޯދައިދެވޭތޯ ބެއްލެވުމަށް ކައުންސިލަރުންގެ އިއްތިފާގުން ނިންމެވިއެވެ.

އެޖެންޑާ އައިޓަމް:6

އަތޮޅުކައުންސިލުން އެސްޓިއޯ ވިލިނގިލީ ފިހާރައާއި ޙަވާލުވުމުގެ ކަންތައްތައް ކުރިޔަށް ގެންދާނެ ގޮތަކާއިބެހޭ ގޮތުން މަޝްވަރާކުރުން

ނިންމެވި ގޮތް:            އަތޮޅުކައުންސިލުން އެސްޓިއޯ ވިލިނގިލީ ފިހާރައާއި ޙަވާލުވުމުގެ ކަންތައްތައް ކުރިޔަށް ގެންދާނެ ގޮތެއް ނިންމުމުގެ ކުރިން އެސްޓީއޯގެ ޓަރމްސް އެންޑް ކަންޑިޝަންސް ހޯދައި ދެފަރާތުން އެއްބަސްވާ ގޮތެއްގެ މަތިން އަތޮޅު ކައުންސިލުން އެސްޓިއޯ ވިލިނގިލީ ފިހާރައާއި ޙަވާލުވުމުގެ ކަންތައްތައް ކުރިޔަށް ގެންދެވުމަށް ކައުންސިލަރުންގެ އިއްތިފާގުން ނިންމެވިއެވެ.

އެޖެންޑާ އައިޓަމް:7

އަތޮޅުކައުންސިލްއިދާރާގެ އުޅަނދުތަކަށް ބޭނުންވާ ޕެޓްރޯލް ސަޕްލައިކުރުމަށް 3 ފަހަރުމަތިން އިއުލާންކުރުމުންވެސް އެއްވެސް ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮށްފައިނުވާތީ، އެކަމާމެދި ގޮތެއް ނިންމުން

 ނިންމެވި ގޮތް:            އަތޮޅުކައުންސިލްއިދާރާގެ އުޅަނދުތަކަށް ބޭނުންވާ ޕެޓްރޯލް ސަޕްލައިކުރުމަށް 3 ފަހަރުމަތިން އިއުލާންކުރުމުންވެސް އެއްވެސް ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮށްފައިނުވާތީ، އަނެއްކާވެސް އެއްފަހަރު އިޢުލާންކޮށް، އެއްވެސް ފަރާތަކުން ޕެޓްރޯލް ސަޕްލައި ކުރުމަށް ޝަޢުޤުވެރިނުވާނަމަ އަގު ބަލައިގެން މާލިއްޔަތު ޤަވާއިދާއި އެއްގޮތްވާ ގޮތުގެ މަތިން ޕެޓްރޯލް ގަތުމުގެ ކަންތައްތައް ކުރިޔަށް ގެންދެވުމަށް ކައުންސިލަރުންގެ އިއްތިފާގުން ނިންމެވިއެވެ.

 އެޖެންޑާ އައިޓަމް:8

އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ބައިވެރިވުމުގެ ފުރުޞަތު ގއ.ދާންދޫ ސުކޫލުގެ ދަރިވަރު، ގއ.ދާންދޫ އާބަހާރުގެ ސަރާ މަސްއޫދު އަށް ލިބިފައިވާތީ، އެދަރިވަރަށް ސްޕޮންސަރއެއް ދިނުމާއިބެހޭ ގޮތުން ގޮތެއް ނިންމުން

 ނިންމެވި ގޮތް:            ގއ.ދާންދޫ ސުކޫލުގެ ދަރިވަރު، ގއ.ދާންދޫ، އާބަހާރުގެ، ސަރާ މަސްއޫދު އެތުލެޓިކްސްގައި ހޯދި ކަމިޔާބީއާއި ގުޅިގެން އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ބައިވެރިވުމުގެ ފުރުޞަތު އެދަރިވަރަށް ލިބިފައިވާތީ، އަތޮޅަށް މިލިބުނު ރީތިނަން ފާހަގަކޮށް ދަރިވަރުގެ ކަމީޔާބީ ފާހަގަކުރުމުގެ ގޮތުން ދަރިވަރަށާއި، ބެލެނެވެރިޔާއަށް މަރުޙަބާ ދަންނަވައި، ސްޕޮންސަރގެ ގޮތުގައި 500$ (ފަސްސަތޭކަ ޑޮލަރ) ސަރާ މަސްއޫދަށް ދިނުމަށް ކައުންސިލަރުންގެ އިއްތިފާގުން ނިންމެވިއެވެ.

އެޖެންޑާ އައިޓަމް:9

އުތުރު ހުވަދޫ ޤުރުޢާން މުބާރާތާއި، ގއ.އަތޮޅު މަޙާޞިންތާއަށް ތައްޔާރުވުމުގެ ގޮތުން ފުރިހަމަކުރަންޖޭހެ ކަންތައްތަކާއިބެހޭ ގޮތުން މަޝްވަރާކުރުން

ނިންމެވި ގޮތް:            އުތުރު ހުވަދޫ ޤުރުޢާން މުބާރާތާއި، ގއ.އަތޮޅު މަޙާޞިންތާއަށް ތައްޔާރުވުމުގެ ގޮތުން ހަދަންޖެހޭ ތަކެތީގެ (ފައިލް،ގަލަން،ޓްރޮފީ،ކެންވަސް) އަދަދާއި، އަގުތައް ބަލައި އެކަންތައްތައް ކުރިޔަށް ގެންދެވުމަށް ކައުންސިލަރުންގެ އިއްތިފާގުން ނިންމެވިއެވެ.

އެޖެންޑާ އައިޓަމް:10

އިދާރާއަށް ލިބިފައިވާ ބިލްތަކަށް ފާސްކުރުން

 ނިންމެވި ގޮތް:            އަތޮޅު ކައުންސިލް އިދާރާއަށް  އެކިފަރާތްތަކުން ފައިސާ  ހޯދުމަށް  އެދި ހުށަހަޅުއްވާފައިވާ ބިލްތަކަށް ދައްކަންޖެހޭ 37,401.80 (ތިރީސްހަތްހާސް ހަތަރުސަތޭކަ އެއްރުފިޔާ/އަށްޑިހަލާރި) ދިނުމަށް ބައްދަލުވުމުގައި ބައިވެރިވަޑައި ގެންނެވި ކައުންސިލަރުންގެ އިއްތިފާގުން ނިންމެވިއެވެ.