Jul 21st

އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އިން ގއ.އަތޮޅުގެ ދެ ޒުވާނަކު ބައިވެރިވެ ފަޚުވެރިވަނަ ތަކެއް ހާޞިލުކޮށްފި

ސީޝެލްސްގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ގައި ބައިވެރިވެ މި އަތޮޅުގެ ދެ ޒުވާނުން ރާއްޖެއަށް ވަރަށް ފަޚްރުވެރިވަނަ ތަކެއް ހޯއްދަވާފައިވެއެވެ. މި ގޮތުން ބޮޑީ ބިލްޑްއިން ގޯލްޑް މެޑަލް ހޯއްދަވާފައިވަނީ ގއ. ވިލިނގިލީ އެޅެހެށިވިލާ އަޒްނީން ރަޝާދު އެވެ.

 

ބްރައުންޒް އެވޯރޑް ހޯއްދަވާފައިވަނީ ކޮނޑޭ ނަރުގިސްވިލާ ފަތުހުﷲ މުޙަންމަދެވެ. މިފަދަ ބައިނަލް އަޤްވާމީ ފެންވަރުގައިބާއްވާ ކުޅިވަރުތަކުގައި މި އަތޮޅުގެ ޒުވާނުން ބައިވެރިވެ، ފަޚްވެރިވެރި ވަނަ ތައް ހާސިލުކުރަމުންދާތީ އެފަދަ ފަރާތްތަކަށް އަތޮޅުކައުންސިލުން ވަރަށް ހޫނު މަރުހަބާ އެއް ކިޔަމެވެ.