Aug 05th

އަތޮޅުކައުންސިލާއި ސޮސައިޓީ އޮފް ކޮލަމާފުށީ ޔޫތު ގުޅިގެން ބާއްވަން ހަމަޖެހިފައިވާ ފުޓްސެލް “ޖަޒީރާ ކަޕް” ގެ ގުރުއަތުނެގުން ބާއްވައިފި

 އަތޮޅުކައުންސިލާއި ސޮސައިޓީ އޮފް ކޮލަމާފުށީ ޔޫތު ގުޅިގެން ބާއްވަން ހަމަޖެހިފައިވާ ފުޓްސެލް ޓޯނަމެންޓް ” ޖަޒީރާ ކަޕް” ބޭއްވުމަށް ޓަކައި ރޭ 9:00 ގައި ޤުރުއަތު ނެގުން ބާއްވައިފި .

 

މި ޤުރުޢަތު ނެގުން ބޭއްވިފައިވަނީ ގއ. އަތޮޅުކައުންސިލް އިދާރާގައި. މި މުބާރާތުގައި 6 ޓީމް ބައިވެރިވެފައިވޭ. އެއީ ، މެރީ ސްޕޯރޓްސް ކްލަބް ، ޖަންގަލް ސްޕޯރޓްސް ކްލަބް ، ވާގަލި ، ބަރާސީލް، އޯ.އެޗް ފޭސް ޖޫނިއަރސް ، އޯ.އެޗް ފޭސް  .