Aug 19th

ހުވަދުއަތޮޅުއުތުރުބުރީ 03ވަނަ އަތޮޅު ކައުންސިލްގެ 001ވަނަ ބައްދަލުވުމުން ނިންމި ކަންތައްތައް

ހުވަދުއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ 100 ވަނަ ބައްދަލުވުން  06 އޮގަސްޓް 2019 ވީ އަންގާރަ ދުވަހު ވަނީ ބޭއްވިފައެވެ. މި ބައްދަލުވުން ބޭއްވުނީ އަތޮޅުކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.

އެޖެންޑާ އައިޓަމް:1

100 ވަނަ ބައްދަލުވުމުގެ އެޖެންޑާ ފާސްކުރުން

ނިންމެވި ގޮތް:           މިބައްދަލުވުމުގެ އެޖެންޑާ ފާސްކުރުމަށް ރިޔާޞަތުން ރައީސް އަޙުމަދު ފުއާދު ހުށަހެޅުއްވުމުން ނާއިބު ރައީސް އަޙުމަދު ނަޒުމީން ހުށަހެޅުއްވި ގއ. ކަނޑުހުޅުދޫ ކައުންސިލާއި އެރަށު ޒުވާނުންނާއި ގުޅިގެން އަތޮޅުފެންވަރުގައި އަޟުޙާ އީދު ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި އަތޮޅުކައުންސިލުގެ އެހީތެރިކަމަކަށް އެދިފައިވާތީ އެކަމާމެދު ގޮތެއް ނިންމުމާއި، ރިޔާޞަތުން ރައީސް އަޙުމަދު ފުއާދު ހުށަހެޅުއްވި، އަތޮޅު ޤުރުޢާން މުބާރާތުގެ މުޅި މުބާރާތުގެ 2ވަނަ އަދި 3 ވަނަ އަށް އިނާމް ކަނޑައެޅުމާއި، ގދ.ތިނަދޫ ރޯމިޔޯ އޮޑީގަލަ އިންވެސްޓްމަންޓުން މިއަތޮޅު ކަހުފަރުން ވެލިނެގުމުގެ ހުއްދަ އަކަށް އެދިފައިވާތީ، މިކައުންސިލުން ރޯޔަލްޓީގެ ގޮތުގައި ކަނޑައަޅާފައިވާ އަދަދާއިމެދު އިތުރުގޮތެއް ކަނޑައެޅުން އެޖެންޑާއަށް އިތުރުކުރުމަށްފަހު މިބައްދަލުވުމުގެ އެޖެންޑާ ކައުންސިލަރުންގެ އިއްތިފާގުން ފާސްކުރެވުނެވ

އެޖެންޑާ އައިޓަމް:2

އަތޮޅުކައުންސިލުން ދޭ ނަމޫނާ އެއްގޮތަށް ޓްރޮފީ ހެދުމަށް ހުށަހެޅާފައިވާ އެސްޓިމޭޓްތަކާއިބެހޭ ގޮތުން ބިޑު ކޮމިޓީން ނިންމާފައިވާ ނިންމުމާމެދު ގޮތެއް ނިންމުން

 

ނިންމެވި ގޮތް:          އަތޮޅުކައުންސިލުން ދޭ ނަމޫނާ އެއްގޮތަށް 500 ޓްރޮފީ ހެދުމަށް އަލުން ޢިޢުލާނުކޮށް، އިޢުލާންކުރާއިރު ޓްރޮފީތައް ހެދުމަށް ކުރިން މިކައުންސިލަށް ހުށަހަޅާފައިވާ އެސްޓިމޭޓްތަކުގެ އަގު ބޮޑުކަން އިޢުލާނުގައި ފާހަގަ ކުރެއްވުމަށާއި، މިފަހަރު އެސްޓިމޭޓްތައް ހުށަހަޅުއްވާއިރު ޓްރޮފީތަކުގެ ސާމްޕަލެއް ހުށަހަޅައިދެއްވުމަށް އިޢުލާނުގައި ބަޔާންކޮށްދެއްވުމަށްވެސް ކައުންސިލަރުންގެ އިއްތިފާގުން ނިންމެވިއެވެ.

އެޖެންޑާ އައިޓަމް:3

އަތޮޅުކައުންސިލް އިދާރާގެ ތަކެތި އަނބުރާ ދައްކާ ގޮތަށް ކުއްޔަށް ދޫކުރުމާބެހޭ އުސޫލު ފާސްކުރުން

ނިންމެވި ގޮތް:           އަތޮޅުކައުންސިލް އިދާރާގެ ތަކެތި އަނބުރާ ދައްކާ ގޮތަށް ކުއްޔަށް ދޫކުރުމާބެހޭ އުސޫލު ފާސްކުރުމަށާއި، މިއަދުން ފެށިގެން އެއަށް އަމަލުކުރުމަށް ކައުންސިލަރުންގެ އިއްތިފާގުން ނިންމެވިއެވެ.

އެޖެންޑާ އައިޓަމް:4

ސޮސައިޓީ އޮފް ކޮލަމާފުށީ ޔޫތާއި މިކައުންސިލާއި ގުޅިގެން ބާއްވަން ނިންމާފައިވާ އަތޮޅު ފުޓުސަލް މުބާރާތް “ޖަޒީރާ ކަޕް 2019″ އަށް އެހީތެރިކަމެއް ވެދެއްވުމަށް އެދިފައިވާ ނަންބަރު: SKY/2019/49 ސިޓީއާއި ބެހޭ ގޮތުން ގޮތެއް ނިންމުން

ނިންމެވި ގޮތް:           ކޮލަމާފުށީ ކައުންސިލް މެދުވެރިކޮށް ސޮސައިޓީ އޮފް ކޮލަމާފުށީ ޔޫތާއި، މިކައުންސިލާއި ގުޅިގެން ބާއްވަން ނިންމާފައިވާ އަތޮޅު ފުޓުސަލް މުބާރާތް “ޖަޒީރާ ކަޕް 2019″ ނިންމުމަށް ޖުމުލަ ޚަރަދުވަނީ ކިހާވަރެއްތޯ ބެއްލެވުމަށާއި، އަދި މިކައުންސިލުން އެޙީގެ ގޮތުގައި ފޯރުކޮށްދެވޭނީ ކިހާވަރެއްތޯބައްލަވައި، އެ ޚަރަދުތައް ކައުންސިލްގެ ދެން އޮންނަ ބައްދަލުވުމަކަށް ހުށަހެޅުއްވުމަށް ކައުންސިލަރުންގެ އިއްތިފާގުން ނިންމެވިއެވެ.

އެޖެންޑާ އައިޓަމް:5

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އާރބަން ޑިވެލޮޕްމަންޓް އިން މިއަތޮޅުގައި އެޅުމަށް ހަމަޖެހިފައިވާ 750 ހައުސިންގ ޔުނިޓާއިބެހޭ ގޮތުން ފޮނުވާފައިވާ ނަންބަރު: 138-DS2/241/2019/3 ސިޓީއާއި ބެހޭ ގޮތުން ގޮތެއް ނިންމުން

ނިންމެވި ގޮތް:           އަތޮޅުގެ ރައްޔިތުނަށް ބޯހިޔާވަހިކަން ފޯރޮކޮށްދެވޭނީ 1350 ހައުސިންގ ޔުނިޓް ލިބިގެންކަމަށާއި، އެހެންކަމުން އެއަދަދު ހަމަވާވަރަށް މިއަތޮޅަށް ހައުސިންގ ޔުނިޓްތައް އިތުރުކޮށްދެއްވުން މިނިސްޓްރީގައި އެދިވަޑައިގަތުމަށް ކައުންސިލަރުންގެ އިއްތިފާގުން ނިންމެވިއެވެ.

އެޖެންޑާ އައިޓަމް:6

ޑިޕާޓްމަންޓް އޮފް ހެރިޓޭޖުން މައުނަވީ ތަރިކައިގެ މައުލޫމާތު އެއްކުރުމާބެހޭގޮތުން ފޮނުވާފައިވާނަންބަރު:  222-DSA/CIR/2019/1ސަރކިއުލަރ އާއި ބެހޭ ގޮތުން ގޮތެއް ނިންމުން

ނިންމެވި ގޮތް:           ޑިޕާޓްމަންޓް އޮފް ހެރިޓޭޖުން މިކައުންސިލަށް ފޮނުވާފައިވާ ސިޓީގައި ބަޔާންކޮށްފައިވާ މައުނަވީ ތަރިކައިގެ މައުލޫމާތު އެއްކުރުމަށް ރަށުކައުންސިލްތަކަށް ހުށަހަޅައި، އެ މައުލޫމާތު އެ ޑިޕާޓްމަންޓްގެ ސިޓީގައި ކަނޑައަޅާފައިވާ ތާރީޚަށް ފޮނުއްވުމަށް ކައުންސިލަރުންގެ އިއްތިފާގުން ނިންމެވިއެވެ.

އެޖެންޑާ އައިޓަމް:7

ޖަންގަލް ސްޕޯޓްސް ކުލަބާއި، މޭރީ ސްޕޯޓްސް ކުލަބުން ޖަޒިރާ ކަޕްގެ މެޗްތައް ކުޅޭ ދުވަސްތަކުގެ ދަތުރުތައް ހަމަޖައްސައިދިނުމަށް އެދިފައިވާތީ އެކަމާމެދު ގޮތެއް ނިންމުން

ނިންމެވި ގޮތް:           ޖަންގަލް ސްޕޯޓްސް ކުލަބާއި، މޭރީ ސްޕޯޓްސް ކުލަބުން ކޮލަމާފުށީގައި އޮންނަ ޖަޒީރާކަޕްގެ މެޗްތައް ކުޅޭ ދުވަސްތަކުގައި ދަތުރު ހަމަޖައްސައިދެއްވުމަށް މިކައުންސިލުގައި އެދިފައިވާތީ، އެ 2 ޓީމަށްވެސް އަމިއްލައަށް ތެޔޮދީގެން މިކައުންސިލުގެ ލޯންޗުގައި 1 ދަތުރުކުރެވިދާނެކަމަށް ކައުންސިލަރުންގެ އިއްތިފާގުން ނިންމެވިއެވެ.

އެޖެންޑާ އައިޓަމް:8

ގއ.މާމެންދޫ އަސަރީގެ އަޙުމަދު ރާޝިދު މިކައުންސިލަށް ފޮނުވާފައިވާ ސިޓީއާއިބެހޭ ގޮތުން ގޮތެއް ނިންމުން

ނިންމެވި ގޮތް:           މިއަތޮޅުން ޑަޔަލިސިސްގެ ޚިދުމަތް ދެވޭނެ ގޮތް ހަމަޖައްސައިދެއްވުމަށް ކަމާބެހޭ ފަރާތްތަކުގައި މިކައުންސިލުން ދަންނަވާނެކަމަށް އެ ސިޓީގައި ޖަވާބުގައި ދެންނެވުމަށް ކައުންސިލަރުންގެ އިއްތިފާގުން ނިންމެވިއެވެ.

                   އަދި މިއަތޮޅުގައި ތިބި ޑަޔަލިސިސް ހަދަންޖެހޭ ފަރާތްތަކުގެ ސަރވޭއެއް ހަދައި ހެލްތް މިނިސްޓްރީއަށް ފޮނުއްވުމަށްވެސް ކައުންސިލަރުންގެ އިއްތިފާގުން ނިންމެވިއެވެ.

އެޖެންޑާ އައިޓަމް:9

ގއ. ކަނޑުހުޅުދޫ ކައުންސިލާއި އެރަށު ޒުވާނުންނާއި ގުޅިގެން އަތޮޅުފެންވަރުގައި އަޟުޙާ އީދު ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި އަތޮޅުކައުންސިލުގެ އެހީތެރިކަމަކަށް އެދިފައިވާތީ އެކަމާމެދު ގޮތެއް ނިންމުން

ނިންމެވި ގޮތް:           ގއ. ކަނޑުހުޅުދޫ ކައުންސިލާއި އެރަށު ޒުވާނުންނާއި ގުޅިގެން އަތޮޅުފެންވަރުގައި އަޟުޙާ އީދު ކުލަގަދަކޮށް ފާހަގަކުރުމަށް ރާވާފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ އުޟުހިޔާ ކަތިލުން މިކައުންސިލުން ސްޕޮންސަރ ކޮށްދިނުމަށް ފެނިވަޑައިގަންނަވާކަމަށް ކައުންސިލަރުންގެ އިއްތިފާގުން ނިންމެވިއެވެ. އަދި އެކަމަށް ޚަރަދުވާ ފައިސާ -/5000 (ފަސްހާސް ރުފިޔާއަށްވުރެ) ބޮޑުނުވާގޮތަށް މިކައުންސިލުގެ ދީނީ ދަރުސްދިނުމުގެ ޕްރޮގްރާމްގެ ކޯޑުން ނެންގެވުމަށްވެސް ކައުންސިލަރުންގެ އިއްތިފާގުން ނިންމެވިއެވެ.

އެޖެންޑާ އައިޓަމް:10

އަތޮޅު ޤުރުޢާން މުބާރާތުގެ މުޅި މުބާރާތުގެ 2ވަނަ އަދި 3 ވަނަ އަށް އިނާމް ކަނޑައެޅުން

ނިންމެވި ގޮތް:           އަތޮޅު ޤުރުޢާން މުބާރާތުގެ ދެގޮފިން މުޅި މުބާރާތުން 1ވަނަ އަށް ހޮވޭ ފަރާތަށް އުމުރާ ދަތުރުގެ ސްޕޮންސަރއެއް ހަމަޖެހިފައިވާކަމަށާއި، މުޅި މުބާރާތުން 2ވަނަ އަށް ހޮވޭ ފަރާތައް ލެޕްޓޮޕެއް ދިނުމަށާއި، 3ވަނައަށް ހޮވޭ ފަރާތަށް ޓެބްލެޓެއް ދިނުމަށް ކައުންސިލަރުންގެ އިއްތިފާގުން ނިންމެވިއެވެ.

އެޖެންޑާ އައިޓަމް:11

ގދ.ތިނަދޫ ރޯމިޔޯ އޮޑީގަލަ އިންވެސްޓްމަންޓުން މިއަތޮޅު ކަހުފަރުން ވެލިނެގުމުގެ ހުއްދަ އަކަށް އެދިފައިވާތީ، މިކައުންސިލުން ރޯޔަލްޓީގެ ގޮތުގައި ކަނޑައަޅާފައިވާ އަދަދާއިމެދު އިތުރުގޮތެއް ކަނޑައެޅުން

ނިންމެވި ގޮތް:           ގދ.ތިނަދޫ ރޯމިޔޯ އޮޑީގަލަ އިންވެސްޓްމަންޓުން މިއަތޮޅު ކަހުފަރުން ވެލިނެގުމުގެ ހުއްދަ އަކަށް އެދިފައިވާތީ، އީޕީއޭގެ ޤަވާއިދުގެ ދަށުން ވެލިނެގުމުގެ ހުއްދަދެއްވައި، 1 އަހަރު ދުވަހުގެ މުއްދަތަށް ދެފަރާތުގެ އެއްބަސްވުމެއް ހަދައި ކޮންމެ މަހަކު -/25000 ރުފިޔާ ރޯޔަލްޓީގެ ގޮތުގައި މިކައުންސިލަށް ދެއްކުމަށް ކައުންސިލަރުންގެ އިއްތިފާގުން ނިންމެވިއެވެ.

އަދި، އެގޮތަށް އެފަރާތުން އެއްބަސްނުވާނަމަ ވެލި ނަގަން ބޭނުންވާ ކޮންމެ މަހަކު މިކައުންސިލުން ވަކިން ހުއްދަ ނަގައިގެން ރޯޔަލްޓީގެ ގޮތުގައި ކޮންމެ މަހަކު -/35000ރުފިޔާ މިކައުންސިލަށް ދެއްކުމަށާއި، އީޕީއޭގެ ޤަވާއިދުގެ ދަށުން އެކަން ކުރުމަށް އެފަރާތުގައި ދެންނެވުމަށްވެސް ކައުންސިލަރުންގެ އިއްތިފާގުން ނިންމެވިއެވެ.

އެޖެންޑާ އައިޓަމް:12

އިދާރާއަށް ލިބިފައިވާ ބިލްތަކަށް ފާސްކުރުން

ނިންމެވި ގޮތް:            އަތޮޅު ކައުންސިލް އިދާރާއަށް  އެކިފަރާތްތަކުން ފައިސާ  ހޯދުމަށް  އެދި ހުށަހަޅުއްވާފައިވާ ބިލްތަކަށް ދައްކަންޖެހޭ 22474/93 (ބާވީސްހާސް ހަތަރުސަތޭކަ ހަތްދިހަ ހަތަރު ރުފިޔާ/ނުވަދިހަ ތިންލާރި) ދިނުމަށް ބައްދަލުވުމުގައި ބައިވެރިވަޑައި ގެންނެވި ކައުންސިލަރުންގެ އިއްތިފާގުން ނިންމެވިއެވެ.