Aug 21st

ހުވަދުއަތޮޅުއުތުރުބުރީ 03ވަނަ އަތޮޅު ކައުންސިލްގެ 101ވަނަ ބައްދަލުވުމުން ނިންމި ކަންތައްތައް

ހުވަދުއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ 101 ވަނަ ބައްދަލުވުން 20 އޮގަސްޓް 2019 ވީ އަންގާރަ ދުވަހު ވަނީ ބޭއްވިފައެވެ. މި ބައްދަލުވުން ބޭއްވުނީ އަތޮޅުކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.

 އެޖެންޑާ އައިޓަމް:1

100 ވަނަ ބައްދަލުވުމުގެ އެޖެންޑާ ފާސްކުރުން

ނިންމެވި ގޮތް:           މިބައްދަލުވުމުގެ އެޖެންޑާ ފާސްކުރުމަށް ރިޔާޞަތުން ރައީސް އަޙުމަދު ފުއާދު ހުށަހެޅުއްވުމުން ކައުންސިލަރ ޙުސައިން އާދަމް ހުށަހެޅުއްވި އަތޮޅުކައުންސިލުން މާލޭގައި ކުއްޔަށް ހިފާފައިހުރި އެޕާޓްމަންޓާމެދު ގޮތެއް ނިންމުން އެޖެންޑާއަށް އިތުރުކުރުމަށްފަހު މިބައްދަލުވުމުގެ އެޖެންޑާ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ކައުންސިލަރުންގެ އިއްތިފާގުން ފާސްކުރެވުނެވެ.

އެޖެންޑާއައިޓަމް:2

އަތޮޅުކައުންސިލްގެ 2020ގެ މަސައްކަތު ތާވަލާއިބެހޭ ގޮތުން މަޝްވަރާކުރުން

ނިންމެވި ގޮތް:           އަތޮޅުކައުންސިލްގެ 2020ވަނަ އަހަރުގެ މަސައްކަތު ތާވަލަށް އެއްވެސް އުނިއިތުރެއް ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި ކައުންސިލަރުން ހުށަހަޅުއްވާފައިނުވާތީ އަތޮޅުކައުންސިލްގެ 2020ވަނަ އަހަރުގެ މަސައްކަތު ތާވަލު ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ކައުންސިލަރުންގެ އިއްތިފާގުން ފާސްވިއެވެ.

 އެޖެންޑާ އައިޓަމް:3

މިނިސްޓްރީ އޮފް ފިނޭންސް އިން ފޮނުވާފައިވާ ނަންބަރު: 13-HR/241/2019/9 ސިޓީއާއިބެހޭގޮތުން މަޝްވަރާކުރުން

 

ނިންމެވި ގޮތް:           ފިނޭންސް މިނިސްޓްރީން ދައުލަތުގެ މާލިއްޔަތު ޤަވާއިދާއިގުޅޭ 02 ދުވަހުގެ ތަމްރީނު ޕްރޮގްރާމެއް މިއަތޮޅުގައި ހިންގުމަށް ހަމަޖެހިފައިވާތީ އެމިނިސްޓްރީން އަތޮޅުކައުންސިލުން ކޮށްދެވިދާނެ ކަންތައްތައް ފާހަގަކޮށްދެއްވުމަށް އެދިފައިވާތީ، އެސިޓީއާއެކުވާ ލިސްޓްގައި ހިމެނޭ ބައިވެރިންގެ ދަތުރު ޚަރަދާއި އެހެނިހެން ޚަރަދުތައް ފިނޭންސް މިނިސްޓްރީންކުރުމަށާއި، އަދި އެ މިނިސްޓްރީން އެދިފައިވާ ކަންކަން މިކައުންސިލުން އިންތިޒާމް ކޮށްދެވިދާނެކަމަށް ބައްދަލުވުމުގައި ބައިވެރިވަޑައިގެންނެވި ކައުންސިލަރުންގެ އިއްތިފާގުން ނިންމެވިއެވެ.

 އަދި މިތަމްރީނު ޕްރޮގްރާމްގެ ފޯކަލް ޕޮއިންޓްގެގޮތުގައި މިއިދާރާގެ އެސިސްޓެންޓް ޑިރެކްޓަރ މުޙައްމަދު ޙަސަން ހަމަޖެއްސުމަށްވެސް ބައްދަލުވުމުގައި ބައިވެރިވަޑައިގެންނެވި ކައުންސިލަރުންގެ އިއްތިފާގުން ނިންމެވިއެވެ.

އެޖެންޑާ އައިޓަމް:4

ގއ.އަތޮޅު މަޙާސިންތާގެ ބަޖެޓާމެދު މަޝްވަރާކުރުން

ނިންމެވި ގޮތް:           ގއ. އަތޮޅު މަޙާސިންތާގެ ބަޖެޓް ފައިނަލްކުރުން ކައުންސިލްގެ ދެން އޮންނަ ބައްދަލުވުމަކަށް ފަސްކުރައްވައި، އޮގަސްޓް މަހުގެ 29 އިން 31 އަށް އަތޮޅުކައުންސިލުން ބާއްވަން ނިންމާފައިވާ އަތޮޅު ކައުންސިލްގެ މަހާސިންތާ އަންނަ ސެޕްޓެމްބަރ މަހުގެ 5 އިން 7 އަށް ފަސްކުރުމަށް ބައްދަލުވުމުގައި ބައިވެރިވަޑައިގެންނެވި ކައުންސިލަރުންގެ އިއްތިފާގުން ނިންމެވިއެވެ.

އެޖެންޑާ އައިޓަމް:5

އެއްގަމު ލައިސަންސް ޕްރެކްޓިކަލް ހަދާ އެގްޒަމިނަރުންނަށް ދޭންޖެހޭ ފައިސާގެ ރިޕޯޓް ޙިއްސާކުރުން

ނިންމެވި ގޮތް:           އެއްގަމު ލައިސަންސް ޕްރެކްޓިކަލް ހަދާ އެގްޒަމިނަރުންނަށް ދޭންޖެހޭ ފައިސާގެ ރިޕޯޓްގައި މައްސަލަތަކެއްހުރުމާއެކު އެރިޕޯޓް އަލުން މުރާޖާކޮށް ކައުންސިލްގެ ދެންއޮންނަ ބައްދަލުވުމަކަށް ހުށަހެޅުއްވުމަށާއި، ޓްރާންސްޕޯޓް މިނިސްޓްރީން އެގްޒާމިނަރުންނާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވެފައިވާތީ، އެ އެއްބަސްވުން މިމަހުގެ ނިޔަލަށް އާކުރައްވައި، އެއްބަސްވުމުގެ މުއްދަތު އިތުރުކުރާނަމަ އަލުން އިޢުލާނުކުރުމަށާއި، އެގްޒަމިނަރުންނަށް ދޭންޖެހޭ ފައިސާ އެފަރާތްތަކަށް ދޭނެގޮތެއް ހަމަޖެއްސުމަށް ޓްރާންސްޕޯޓް މިނިސްޓްރީގައި ދެންނެވުމަށް ބައްދަލުވުމުގައި ބައިވެރިވަޑައިގެންނެވި ކައުންސިލަރުންގެ އިއްތިފާގުން ނިންމެވިއެވެ

އެޖެންޑާ އައިޓަމް:6

އަތޮޅުކައުންސިލާއި ކޮލަމާފުށީ ސްކައި ޖަމްއިއްޔާއާއި ގުޅިގެން ބޭއްވި ފުޓުސަލް މުބާރާތް “ޖަޒީރާ ކަޕް2019″ ނިންމުމަށް ހިނގާ ޖުމުލަ ޚަރަދު ހިއްސާކުރުމަށް އަތޮޅުކައުންސިލުގެ 100 ވަނަ ބައްދަލުވުމުން ނިންމާފައިވާތީ އެ ޚަރަދުތައް ކައުންސިލާއި ޙިއްސާ ކުރުން

 

 

ނިންމެވި ގޮތް:           އަތޮޅުކައުންސިލާއި ކޮލަމާފުށީ ސްކައި ޖަމްއިއްޔާއާއި ގުޅިގެން ބޭއްވި ފުޓުސަލް މުބާރާތް “ޖަޒީރާ ކަޕް2019″ ގެ ރަނަރަޕް ޓީމަށް ދޭންޖެހޭ -/25000 ރުފިޔާއާއި، މުބާރާތުގެ ރެފްރީންގެ އެލަވަންސް -/10000 ރުފިޔާ ހޯދުމަށް ސްކައި ޖަމްއިއްޔާއިން މިކައުންސިލުގައި އެދިފައިވާތީ، އެފައިސާ ދިނުމަށް ފެނިވަޑައިގަންނަވާކަމަށާއި، އެހެންނަމަވެސް މިފައިސާ ދިނުމުގެ ކުރިން މުބާރާތާއި ގުޅުންހުރި ހުރިހާ ލިޔެކިއުންތަކާއި، ޚަރަދުތަކުގެ ތަފްސީލު ކޮލަމާފުށީ ކައުންސިލުން ހޯދައި މުބާރާތުގެ ރަނަރަޕް ޓީމަށް ދޭންޖެހޭ -/25000 ރުފިޔާ އަތޮޅުކައުންސިލުން ރަނަރަޕް ޓީމާއި ޙަވާލުކުރުމަށާއި، ރެފްރީންގެ އެލަވަންސް -/10000 ކޮލަމާފުށީކައުންސިލް މެދުވެރިކޮށް ސްކައި ޖަމްއިއްޔާއި ޙަވާލުކުރުމަށް ބައްދަލުވުމުގައި ބައިވެރިވަޑައިގެންނެވި ކައުންސިލަރުންގެ އިއްތިފާގުން ނިންމެވިއެވެ.

                   އަދި، މިމުބާރާތާއި ގުޅިގެން ކުރަންޖެހޭ އިތުރު ޚަރަދެއް ނޯންނާނެކަމަށާއި، އަދި އެއިން ޚަރަދަކަށް މިކައުންސިލުން ޒިންމާ ނަގަންނުޖެހޭނެކަމުގެ ލިޔުމެއް ސްކައި ޖަމްއިއްޔާއިން ހޯދުމަށްވެސް ބައްދަލުވުމުގައި ބައިވެރިވަޑައިގެންނެވި ކައުންސިލަރުންގެ އިއްތިފާގުން ނިންމެވިއެވެ.

އެޖެންޑާ އައިޓަމް:7

ރައީސް އަޙުމަދު ފުއާދުއަށް ޗުއްޓީދިނުމާމެދު ގޮތެއް ނިންމުން

ނިންމެވި ގޮތް:           ރައީސް އަޙުމަދު ފުއާދު އޮގަސްޓްމަހުގެ 21 އިން 31 އަށް މާލެއަށް ކުރައްވާ ދަތުރު ރަސްމީ ދަތުރެއްގެ ގޮތުގައި ހަމަޖެއްސުމަށާއި، އޭގެތެރެއިން މިމަހުގެ 22 އިން 23 އަށް ރައީސް ބައިވެރިވެވަޑައިގަންނަވާ އެމްޑީޕީގެ އިވެންޓް އޮންނަ ދުވަސްތައް ޗުއްޓީގެ ގޮތުގައި ހަމަޖެއްސުމަށް ބައްދަލުވުމުގައި ބައިވެރިވަޑައިގެންނެވި ކައުންސިލަރުންގެ އިއްތިފާގުން ނިންމެވިއެވެ.

އެޖެންޑާ އައިޓަމް:8

އަތޮޅުކައުންސިލުން މާލޭގައި ކުއްޔަށް ހިފާފައިހުރި އެޕާޓްމަންޓާމެދު ގޮތެއް ނިންމުން

ނިންމެވި ގޮތް:           އަތޮޅުކައުންސިލުން މާލޭގައި ކުއްޔަށް ހިފާފައިހުރި އެޕާޓްމަންޓާމެދު ގޮތެއް ނިންމެވުމަށް ހުރިހާ ކައުންސިލަރުންނާއެކު އެއްމޭޒެއްގައި ދިރާސާކޮށް އެ އެޕާޓްމަންޓާމެދު ގޮތެއް ނިންމަވައި ކައުންސިލްގެ ދެން އޮންނަ ބައްދަލުވުމަކަށް އެމައްސަލަ އެޖެންޑާކުރުމަށް ބައްދަލުވުމުގައި ބައިވެރިވަޑައިގެންނެވި ކައުންސިލަރުންގެ އިއްތިފާގުން ނިންމެވިއެވެ.

އެޖެންޑާ އައިޓަމް:9

އިދާރާއަށް ލިބިފައިވާ ބިލްތަކަށް ފާސްކުރުން

ނިންމެވި ގޮތް:            އަތޮޅު ކައުންސިލް އިދާރާއަށް  އެކިފަރާތްތަކުން ފައިސާ  ހޯދުމަށް  އެދި ހުށަހަޅުއްވާފައިވާ ބިލްތަކަށް ދައްކަންޖެހޭ -/14734 (ސާދަހާސް ހަތްސަތޭކަ ތިރީސް ހަތަރު ރުފިޔާ) ދިނުމަށް ބައްދަލުވުމުގައި ބައިވެރިވަޑައި ގެންނެވި ކައުންސިލަރުންގެ އިއްތިފާގުން ނިންމެވިއެވެ.