Sep 02nd

އުތުރު ހުވަދޫ ޤުރުއާން މުބާރާތް ގއ. ނިލަންދޫގައި ބާއްވައިފި

އުތުރު ހުވަދޫ ޤުރުޢާން މުބާރާތް 08 އޯގަސްޓް 2019 ގައި މި އަތޮޅު ނިލަންދޫގައިވަނީ ފެށިފައި. މި މުބާރަތް ބޭއްވިފައިވަނީ ނިލަންދޫ ސްކޫލްގެ ހޯލުގައި. މި މުބާރާތް ފެއްޓުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް ގެ ރީޖަނަލްމެނޭޖަރ  އިބްރާހީމް ޞާބިރު.

މި މުބާރާތުގައި ބައިވެރިވެފައިވަނީ ކޮލަމާފުށި، ވިލިނގިލި، ނިލަންދޫ، ދާންދޫ، ގެމަނަފުށި .

މި ރަސްމިއްޔާތުގައި ކައުންސިލްގެ ރައީސް އަޙުމަދު ފުއާދު ބައިވެރިވެ ވަޑައިގެންނެވި . މީގެ އިތުރުން މުބާރާތުގައި ބައިވެރިވި ރަށްރަށުގެ ކައުންސިލްތަކުގެ ކައުންސިލަރުންވެސް ބައިވެރިވެ ވަޑައިގެންނެވި .  ރަށްރަށުން އައި ޓީމްތަކަށް ނިލަންދޫ އިން ވަރަށް ހޫނު މަރުހަބާއެއް ދެންނެވި