Sep 10th

އުތުރު ހުވަދޫ މަހާސިންތާ ބާއްވައިފި

އަތޮޅުކައުންސިލްގެ 2019 އަހަރުގެ އަހަރީ މަސައްކަތު ތާވަލުގައި ހިމެނޭ ކައުންސިލްތަކުގެ އަހަރީ މަހާސިންތާ “އުތުރުހުވަދޫ މަހާސިންތާ” ސެޕްޓެމްބަރ  މަހުގެ 5-7 އަށް މިއަތޮޅު ދާންދޫގައިވަނީ ބޭއްވިފައި.

މި މަހާސިންތާއަކީ ، ހުވަދުއަތޮޅު އުތުރުބުރީ ރަށްރަށުގެ ރަށުކައުންސިލްތައް ހިންގުމުގައި ދިމާވެފައިވާ ދަތިތައް ދެނެގަނެ ކައުންސިލުން ދެމުންގެންދާ ޚިދްމަތްތައް ހަރުދަނާ ކޮށް، ހަލުއިކުރުމަށްޓަކައި ކުރެވެންހުރި މަސައްކަތްތައް ކުރުމާއި، ދާއިރާތަކާއި ގުޅިގެން މަސައްކަތްކުރުމުގައި ދިމާވާ ގޮންޖެހުނުތައް ފާހަގަކޮށް، އެކަންކަން ހައްލުކުރުމަށް މަސައްކަތް ކުރުމާއި، ކައުންސިލްތަކުގެ އަމާޒަށް ވާސިލުވުމުގައި ގުޅިގެން މަސައްކަތް ކުރުމުގެ ރޫޙު އުފެއްދުމުގެ މަޤުޞަދުގައި ބާއްވާ މަހާސިންތާއެއް.

5 ސެޕްޓެމްބަރ 2019 އިން 07 ސެޕްޓެމްބަރ 2019 އަށް ގއ. ދާންދޫގައި ކުރިއަށް ގެންދިޔަ މި މަހާސިންތާއަށް ރަށުކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުން 46 ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި.

މި މަހާސިންތާގައި  ސިވިލްސަރވިސް ކޮމިޝަނާއި ، މިނިސްޓްރީ އޮގް ފިޝަރީޒް އެންޑް މެރިން ރޮސީސަސް ،  ޖެންޑަރ މިނިސްޓްރީ ، ޔޫތު މިނިސްޓްރީ،  އެންވަޔަރަން މަންޓަލް ޕްރޮޓެކްޝަން އެޖެންސީ ، ޓްރާންސް ޕޭރަންސީ މޯލްޑިވްސް އިން ފެސިލިޓޭޓަރުން ވަޑައިގެން މަޢުލޫމާތު ދެއްވާފައިވޭ