Sep 10th

ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތައް ހިންގުމުގެ ފަހުމްނާމާގައި ސޮއިކޮށްފި

މި އަތޮޅުގެ ރަށްރަށުގެ ކައުންސިލްތަކުން އެރަށްރަށުގައި ރަށުކައުންސިލާއި އަތޮޅުކައުންސިލް ގުޅިގެން ހިންގަން ބޭނުންވާ ޕްރޮޖެކްޓްތައް ހިންގުމަށްޓަކައި ކަމާއިބެހޭ މެމޮރަންޑަމްއޮފް އަންޑަސްޓޭންޑިން ( ފަހުމް ނާމާ ) ގައި 6 ސެޕްޓެމްބަރ 2019 ގައި ސޮއިކުރެވިއްޖެ. މިކަން ކުރިޔަށް ގެންދެވިފައިވަނީ 5 ސެޕްޓެމްބަރ 2019 އިން 7 ސެޕްޓެމްބަރ 2019 ގެ ނިޔަލަށް ގއ. ދާންދޫގައި ބޭއްވުނު އުތުރު ހުވަދޫ މަހާސިންތާގައި .

މިގޮތުން އަތޮޅުކައުންސިލްގެ އެހީގައި ކޮލަމާފުށްޓާއި ނިލަންދޫގައި މަލްޓިޕާރޕަސް ހޯލެއް އެޅުމާއި ، ދާންދޫ ބަދަނރު އުތުރުފަރާތު ހުރަސްތޮށިން ބޭރުތޮށްޓަށް ދެވޭނެ ގޮތް ހެދުމަށް ފާލަމެއް އެޅުމާއި ، ދެއްވަދޫ ބަދަނރު ސަރަހައްދުގައި މޮނިއުމެންޓެއް ހެދުމާއި ، މާމެންދޫގައި ހަޓެއް އެޅުމާއި ގެމަނަފުށީ ރަސްމީ ފާލަން ހެދުމާއި ކޮނޑޭ ކުޑަކުދިންގެ ޕާކަށް ބޭނުންވާ ތަކެތި ހޯދުމުގެ ޕްރޮޖެކްޓް ފާހަގަކޮށްލެވޭ . އަދި ކަނޑުހުޅުދޫ ފެރީޓާމިނަލް އިމާރާތް ކުރުމާއި ، ވިލިނގިލީ ގައި އައު ހިނަވާގެއެއް އިމާރާތް ކުރުމުގެ ޕްރޮޖެކްޓްވެސް ފާހަގަ ކުރެވޭ.