Sep 10th

ގއ. އަތޮޅަށް ލިބުނު 750 ހައުސިންގ ޔުނިޓް ރަށްރަށަށް ބަހާނެ ގޮތަކާއިމެދު އެއްބަސްވުމަކަށް އައުން

ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން ސަރުކާރުން މިއަތޮޅުގައި އަޅުއްވަން ހަމަޖައްސަވަފާއިވާ 750 ހައުސިންގ ޔުނިޓް ރަށްރަށަށް ބަހާނެގޮތަކާއިމެދު މަޝްވަރާކޮށް ބަހާނެގޮތް ކަނޑައަޅަފި. މިކަން ކުރިޔަށް ދިޔައީ 5 ސެޕްޓެމްބަރ 2019 އިން 7 ސެޕްޓެމްބަރ 2019 ގެ ނިޔަލަށް ގއ. ދާންދޫގައި ބޭއްވުނު އުތުރު ހުވަދޫ މަހާސިންތާގައި ރަށްރަށުގެ ކައުންސިލްތަކުން މިކަމާއިބެހޭގޮތުން ގޮތެއް ނިންމުމަށް ބޭއްވުނު ޚާއްޞަ ބައްދަލުވުމެއްގަ. ރަށްރަށުން އެއްބަސްވެފައިވަނީ އެންމެ ބޮޑު އާބާދީއެއް ދިރިއުޅޭ 3 ރަށަށް ވަކި އަދަދު ތަކައް ހަމަޖައްސާ ކުދި އާބާދީ ދިރިއުޅޭ 6 ރަށަށް އާބާދީގެ ނިސްބަތުން ހައުސިންގ ޔުނިޓްތައް ބަހާލުމަށް

ކައުންސިލްތަކުން މަޝްވަރާކޮށް ނިންމެވި ނިންމެވުމުގައި ވާގޮތުން ވިލިނގިލީގައި 315 ހައުސިންގ ޔުނިޓް ދާންދޫގައި 118 ހައުސިންގ ޔުނިޓް އަދި ގެމަނަފުށީގައި 107 ހައުސިންގ ޔުނިޓް ހަމައްޖައްސަން ނިންމަވާފައިވޭ. އަދި ކޮލަމާފުށީގައި 37 އަދި މާމެންދޫގައި 36 ނިލަންދޫގައި 36  ދެއްވަދޫގައި 36 އަދި ކޮނޑޭގައި 32 އަދި ކަނޑުހުޅުދޫގައި 34 ހައުސިންގ ޔުނިޓް ކަމަށް ރަށްރަށުން ކަނޑައަޅާފަވޭ

ބޯހިޔާވަހިކަމުގެ މަޝްރޫއާޢި ގުޅިގެން ރަށްރަށުން ބޭނުންވާ ޖުމްލަ އަދަދީ 1350 ހައުސިންގ ޔުނިޓް ކަމަށްވިޔަސް މިފަހަރު އެއަދަދަށް ހައުސިންގ ޔުނިޓްނުލިބުނަސް ދެވަނަ ބުރުގައި އަތޮޅަށް ބޭނުންވާ އަދަދަށް ހައުސިންގ ޔުނިޓް ލިބެގެންދާނެކަމަށް އުއްމީދު ކުރައްވާކަމަށާއި އެކަމަށްޓަކައި މަސައްކަތް ކުރައްވަމުންގެންދަވާކަމަށް ކައުންސިލްގެ ރައީސްވަނީ ވިދާޅުވެފަ

ރަށްރަށުގެ ކައުންސިލްތަކުގެ ފަރާތުން ފަސްޓްއެއިޑް ކިޓްތަކާއި ހަވާލުވެފައިވަނީ ކައުންސިލްތަކުގެ ރައީސުން .