Sep 10th

އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ އޮޑިޓް ޓީމެއް ވަޑައިގެންފި.

2018 ވަނަ އަހަރުން ފެށިގެން މިހާތަނަށް އަތޮޅުކައުންސިލްގެ މުދަލާއި ފައިސާގެ ހިސާބްތައް އޮޑިޓް ކުރުމަށްޓަކައި އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ޓީމެއް މިއަދު ( 10 ސެޕްޓެމްބަރ 2019 ) ގައި ވަޑައިގެންފި.  މި ޓީމުގައި  ހިމެނެނީ އޮޑިޓަރ ވިޝާލް ވަޙީދު، އަދި އ.އޮޑިޓަރ ޢަބުދުﷲ ޝަފަތު ޝަރީފް.

2 ބޭފުޅުންގެ މައްޗަށް އެކުލެވޭ މިޓީމުގެ ފަރާތުން އެހެން އަހަރުތަކެކޭވެސް އެއްފަދައިން އަތޮޅުކައުންސިލްގެ މުދަލާއި ފައިސާގެ ހިސާބްތައް އޮޑިޓް ކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާނެ. މީގެ އިތުރުން މިޓީމުގެ ފަރާތުން ވިލިނގިލީގެ ބައެއް ސެކްޓަރ ތަކުގެ މުދަލާއި ފައިސާގެ ހިސާބްތައް އޮޑިޓް ކުރުމުގެ މަސައްކަތްވެސް ކުރިޔަށް ގެންދަވާނެ ކަމަށް މައުލޫމާތު ލިބިފައިވޭ.