Sep 15th

ހުވަދުއަތޮޅުއުތުރުބުރީ 3ވަނަ އަތޮޅު ކައުންސިލްގެ103 ވަނަ ބައްދަލުވުން ބާއްވައިފި

ހުވަދުއަތޮޅުއުތުރުބުރީ އަތޮޅުކައުންސިލަގެ 103 ވަނަ ބައްދަލުވުން   03 ސެޕްޓެމްބަރ 2019 ވީ އަންގާރަ ދުވަހު  ވަނީ ބޭއްވިފައެވެ. މި ބައްދަލުވުން ބޭއްވުނީ ގއ. ދާންދޫ ކައުންސިލްގެ އާ އިމާރާތުގައެވެ.

މި ބައްދަލުވުމުން ނިމުނުކަންތައްތަކަކީ:

 އެޖެންޑާ އައިޓަމް:1

103 ވަނަ ބައްދަލުވުމުގެ އެޖެންޑާ ފާސްކުރުން

ނިންމެވި ގޮތް:           މިބައްދަލުވުމުގެ އެޖެންޑާ ފާސްކުރުމަށް ރިޔާޞަތުން ރައީސް އަޙުމަދު ފުއާދު ހުށަހެޅުއްވުމުން، ކައުންސިލަރ ޙުސައިން އާދަމް ހުށަހެޅުއްވި މަހާސިންތާއަށް ދާންދޫ ކައުންސިލުން ހުށަހެޅުއްވި ބަޖެޓް ފާސްކުރުމާއި، ޒިންމާދާރު ވެރިޔާ މުޙަންމަދު ނަޞީރު ޢަލީ ހުށަހެޅުއްވި، ކައުންސިލް އިދާރާގެ އަންނަ އަހަރު ބަޖެޓާމެދު މަޝްވަރާ ކޮށް ގޮތެއް ކަނޑައެޅުން އެޖެންޑާއަށް އިތުރުކުރުމަށްފަހު، މި ބައްދަލުވުމުގެ އެޖެންޑާ ކައުންސިލަރުންގެ އިއްތިފާގުން ފާސްކުރެވުނެވެ.

 އެޖެންޑާ އައިޓަމް:2

ލޯކަލްކައުންސިލަރސް އެސޯސިއޭޝަނެއް ހަދަން ގއ.އަތޮޅުކައުންސިލުން އިސްވެ މަސައްކަތް ކުރުމާބެހޭ ގޮތުން މަޝްވަރާކުރުން

ނިންމެވި ގޮތް:   ލޯކަލްކައުންސިލަރސް އެސޯސިއޭޝަނެއް ހަދަން ގއ.އަތޮޅުކައުންސިލުން އިސްވެ މަސައްކަތް ކުރުމާބެހޭ ގޮތުން މަޝްވަރާކޮށް ކައުންސިލް ތަކަށް ދިމާވާ އެކި ކަންތައްތަކުގައި އަޑުއުފުލާނެ ބަޔަކު ނެތުމުން ކައުންސިލް ގެ ހައްޤުތައް ގެއްލިގެންދާތީ، ލޯކަލް ކައުންސިލްއެސޯސިއޭޝަނެއް އޮތުމަކީ މުހިންމުކަމަކަށް ފެންނާތީ ރަށްރަށުގެ ރަށުކައުންސިލަރުންނަށް ބާއްވާ އުތުރު ހުވަދޫ މަހާސިންތާގައި ކައުންސިލަރުންނާ މެދުގައި މަޝްވަރާކުރުމަށްފަހު ޖަމްއިއްޔާ ރަޖިސްޓްރީ ކުރުމަށް ފުރުސަތު ހުޅުވާގޮތަށް ކައުންސިލަރުންގެ އިއްތިފާގުން ނިންމެވިއެވެ.

  އެޖެންޑާ އައިޓަމް:3

ގއ. ކޮނޑޭ ކައުންސިލްއިދާރާއިން އެ ކައުންސިލްގެ އައު އިދާރީ އޮފީސް ޢިމާރާތްކުރުމަށް ކަނޑައަޅާފައިވާ ބިން ރިވިއުކުރުމާއިބެހޭ ގޮތުން މި ކައުންސިލުގެ ލަފަޔަކަށް އެދި ނަމްބަރ:112-CA/412/241/2019/34  ސިޓީއާއިބެހޭ ގޮތުން މަޝްވަރާކުރުން

ނިންމެވި ގޮތް:   ގއ. ކޮނޑޭ ކައުންސިލްއިދާރާއިން އެކައުންސިލްގެ އައު އިދާރީ އޮފީސް ޢިމާރާތްކުރުމަށް ކަނޑައަޅާފައިވާ ބިން ރިވިއުކުރުމާއިބެހޭ ގޮތުން މި ކައުންސިލުގެ ލަފަޔަކަށް އެދި ނަމްބަރ:112-CA/412/241/2019/34  ސިޓީއާއިބެހޭ ގޮތުން މަޝްވަރާކުރުމަށް ފަހު، ލޯކަލް ޤަވަރމަންޓް އޮތީރިޓީން ވިދާޅުވެފައިވާގޮތަށް  ރައްޔިތުންގެ ލަފާ އާއެއްގޮތަށް ނިންމުމަށް ފެންނަ ކަމަށް ކައުންސިލަރުންގެ އިއްތިފާގުން ނިންމެވިއެވެ.

 އެޖެންޑާ އައިޓަމް:4

އަތޮޅުކައުންސިލަށް މާލެއިން ކުއްޔަށް ހިފާފައިވާ އެޕާރޓްމަންޓް ދޫކޮއްށްލުމާއިބެހޭ ގޮތުން މަޝްވަރާކުރުން

ނިންމެވި ގޮތް:           އަތޮޅުކައުންސިލަށް މާލެއިން ކުއްޔަށް ހިފާފައިވާ އެޕާރޓްމަންޓް ދޫކޮށްލުމާއިބެހޭ ގޮތުން މަޝްވަރާކުރެއްވުމަށްފަހު ، އެޕާރޓްމަންޓް އެގްރީމެންޓްގައި ބުނާގޮތުން އަތޮޅުކައުންސިލުން ދޫކޮށްލެވޭ ގޮތަށް އެ އެގްރީމެންޓްގައި ބަޔާން ކޮށްފައިނުވާތީ، ލޯޔަރެއްގެ ލަފާ ހޯއްދެވުމަށްފަހު ، އަދި ލިލީ ލޯންޗް މަރާމާތުކުރުމަށް މާލެފޮނުވުމަށް ނިންމަވާފައިވާތީ، ލޯންޗް މަރާމާތުގެމަސައްކަތް ނިމެންދެން ނޯޓިސް އެއް ދީ އެ މުއްދަތު ހަމަވުމުން ދޫކޮށްލާގޮތަށް ކައުންސިލަރުންގެ އިއްތިފާގުން ނިންމެވިއެވެ.

އެޖެންޑާ އައިޓަމް:5

އޯކިޑް ލޯންޗް ބަލާ މާލެ ފޮނުވާ މުވައްޒަފުންގެ އެލަވަންސް ދޭނެ މިންވަރާއި ދޭނެ ގޮތެއް ކަނޑައެޅުން

ނިންމެވި ގޮތް:           އޯކިޑް ލޯންޗް ބަލާ މާލެ ފޮނުވާ މުވައްޒަފުންގެ އެލަވަންސް ، ޓިކެޓް ، އިނާޔަތް، ދެކޮޅުން އަޅަންޖެހޭ ތެލުގެ ޚަރަދާމެދު މަޝްވަރާކޮށް ވާހަކަ ދެއްކުމަށްފަހު، މުވައްޒަފުންގެ އެލަވަންސް ކޮއްތު ފައިސާ ދެ ވައްތަރުގެ ތެޔޮގަތުމަށް ޚަރަދުވާ -/20782 (ވިހިހާސް ހަތްސަތޭކަ އަށްޑިހަ ދެ ރުފިޔާ ) ޚަރަދުކުރުމަށް  ކައުންސިލަރުންގެ އިއްތިފާގުން ނިންމެވި އެވެ.

އެޖެންޑާ އައިޓަމް:6

ކައުންސިލްގެ ރައީސް މާލެއަށް ކުރެއްވި ދަތުރުރާބެހޭ ގޮތުން މަޝްވަރާކުރެއްވުން

 ނންމެވި ގޮތް:           ކައުންސިލްގެ ރައީސް މާލެއަށް ކުރެއްވި ދަތުރުގައި މިނިސްޓްރީ އޮފް ޕަބްލިކްވާރކްސް އަދި މޯލްޑިވްސް އިސްލާމިކް  ބޭންކް، އެމް.ޓީ.ޓީ ސީސީ އާއެކު ބޭއްވުނު ބައްދަލުވުން ތަކުގައި މަޝްވަރާކުރެވުނު ކަންތައްތައް ހުރިހާ ކައުންސިލަރުންނާ ރައީސް ހިއްސާކުރެއްވި އެވެ

އެޖެންޑާ އައިޓަމް:7

އަތޮޅު ވޮލީ މުބާރާތް ބޭއްވުމާއި ބެހޭ ގޮތުން މަޝްވަރާކުރެއްވުން

ނިންމެވި ގޮތް:           އަތޮޅު ވޮލީ މުބާރާތް ބޭއްވުމާއި ބެހޭ ގޮތުން މަޝްވަރާކުރެއްވުމަށްފަހު ، މަހާސިންތާގައި ތެރޭން ވޮލީމުބާރާތް ބާއްވާނެކަން އިޢުލާން ކުރުމަށްފަހު، އަންނަ އޮކްޓޯބަރ މަހުގެ  18 ވަނަ ދުވަހު މުބާރާތް ބާއްވާ ގޮތަށް އިޢުލާން ކުރެއްވުމަށް ކައުންސިލަރުންގެ އިއްތިފާގުން ނިންމެވި އެވެ.

އެޖެންޑާ އައިޓަމް:8

މަހާސިންތާއަށް ދާންދޫ ކައުންސިލުން ހުށަހެޅުއްވި ބަޖެޓް ފާސްކުރުން 

ނިންމެވި ގޮތް:           މަހާސިންތާއަށް ދާންދޫ އިން ހުށަހެޅުއްވި ބަޖެޓްގެ ބައެއް ކުޑަކުރުމަށްފަހު، -/99،980 (ނުވަދިހަ ނުވަހާސް ނުވަސަތޭކަ އަށްޑިހަ ރުފިޔާ) ޚަރަދު ކުރުމަށް ކައުންސިލަރުންގެ އިއްތިފާގުން ނިންމެވި އެވެ.

އެޖެންޑާ އައިޓަމް:9

2020 ވަނަ އަހަރުގެ ބަޖެޓާ މެދު މަޝްވަރާކުރުން

ނިންމެވި ގޮތް:           2020 ވަނަ އަހަރަށް ލަފާކުރާ ބަޖެޓް ތައްޔާރު ކޮށް ، އެ ބަޖެޓް ގެ މަޢުލޫމާތު އ.ޑިރެކްޓަރ އަޙުމަދު ޙަސަންދީދީ ކައުންސިލަރުނާއި ހިއްސާކުރެއްވި އެވެ. އެ ގޮތުން ހުށަހެޅުނު  މުޅި ބަޖެޓް ގެ ޖުމްލަ އަދަދަކީ  16,496,151/-(ސޯޅަ މިލިޔަން ހަތަރުލައްކަ ނުވަދިހަ ހަހާސް އެއްސަތޭކަ ފަންސާސް އެއް ރުފިޔާ )  އެވެ. މި ބަޖެޓްގެ ތަފްސީލު ދެން އޮނަން ބައްދަލުވުމެއްގައި ތަފްސީލްކޮށް ދެއްވާނެ ކަމަށް ބަޖެޓް ސެކްޝަނުން ވިދާޅުވުމުން ދެން ބާއްވާ ކައުންސިލް މީޓީންގައި މަޝްވަރާކުރާ ގޮތަށް ނިންމުނެވެ.

 އެޖެންޑާ އައިޓަމް:10

އިދާރާއަށް ލިބިފައިވާ ބިލްތަކަށް ފާސްކުރުން

ނިންމެވި ގޮތް:            އަތޮޅު ކައުންސިލް އިދާރާއަށް  އެކިފަރާތްތަކުން ފައިސާ  ހޯދުމަށް  އެދި ހުށަހަޅުއްވާފައިވާ ބިލްތަކަށް ދައްކަންޖެހޭ 530,302.26 (ފަސްލައްކަތިރީސްހާސް ތިންސަތޭކަ ދެރުފިޔާ / ސައްބީސްލާރީ) ދިނުމަށް ބައްދަލުވުމުގައި ބައިވެރިވަޑައި ގެންނެވި ކައުންސިލަރުންގެ އިއްތިފާގުން ނިންމެވިއެވެ.