Oct 02nd

ހުވަދުއަތޮޅުއުތުރުބުރީ 03ވަނަ އަތޮޅު ކައުންސިލްގެ 106ވަނަ ބައްދަލުވުމުން ނިންމި ކަންތައްތައް

ހުވަދުއަތޮޅު އުތުރުބުރީ އަތޮޅުކައުންިސލްގެ  106 ވަނަ ބައްދަލުވުން 24 ސެޕްޓެމްބަރ 2019 ވީ އަންގާރަ ދުވަހު ވަނީ ބޭއްވިފައެވެ. މި ބައްދަލުވުން ބޭއްވުނީ  ގއ. އަތޮޅުކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި . މި ބައްދަލުވުމުން ނިމުނު ކަންތައްތަކަކީ:

އެޖެންޑާ އައިޓަމް:1

101 ވަނަ ބައްދަލުވުމުގެ އެޖެންޑާ ފާސްކުރުން

ނިންމެވި ގޮތް:           މިބައްދަލުވުމުގެ އެޖެންޑާ ފާސްކުރުމަށް ރިޔާޞަތުން ރައީސް އަޙުމަދު ފުއާދު ހުށަހެޅުއްވުމުން އެއްވެސް ކައުންސިލްރަކު އެޖެންޑާއަށް އުނިއިތުރެއް ހުށަހަޅުއްވާފައިނުވާތީ، މިބައްދަލުވުމުގެ އެޖެންޑާ ކައުންސިލަރުންގެ އިއްތިފާގުން ފާސްކުރެވުނެވެ.

އެޖެންޑާ އައިޓަމް:2

ވާރޭފެން ނަގާ ރައްކާކުރާ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫޢުގެ މަސައްކަތާއި ގުޅިގެން މިނިސްޓްރީ އޮފް އެންވަޔަރަމަންޓުން ފޮނުވާފައިވާ ނަންބަރ: 438-WS/241/2019/6 ސިޓީއާ ބެހޭގޮތުން މަޝްވަރާކުރުން

ނިންމެވި ގޮތް:           ވާރޭފެންނަގާ ރައްކާކުރާ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫޢުގެ ދަށުން މިހާރު މި މަޝްރޫޢު ކުރިޔަށްދާ 3 (ތިނެއް) ރަށްކަމުގައިވާ، މިއަތޮޅު މާމެންދޫ، ނިލަންދޫ އަދި ކޮނޑޭގައި ރަށުފެންވަރުގެ ކޮމިޓީތައް އެކުލަވާލައި މިކައުންސިލަށް ފޮނުވުމުން އަތޮޅު ލެވެލްގެ ކޮމިޓީ އެކުލަވާލުމަށް ކައުންސިލަރުންގެ އިއްތިފާގުން ނިންމެވިއެވެ.

                   އަދި، މިމަޝްރޫޢުއަކީ މިދިޔައަހަރު ފަށާފައިވާ މަޝްރޫޢަކަށްވާތީއާއި،އަދި މިމަޝްރޫޢު އެންމެ އެދެވޭގޮތެއްގައި ކުރިޔަށްގޮސްފައިނުވާތީ، މިމަޝްރޫޢު ހިނގާ ނުހިނގާ ގޮތެއް އަތޮޅުކައުންސިލުން ބެއްލެވުމަކީވެސް މުހިއްމު ކަމެއް ކަމުގައި ކައުންސިލަރުންގެ އިއްތިފާގުން ނިންމެވިއެވެ.

އެޖެންޑާ އައިޓަމް:3

މިއަތޮޅު ދާންދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ އަތޮޅުބަށި މުބާރާތުގައި ވިލިނގިލީ އަންހެން ކަނބަލުން ބައިވެރިވެ، އަތޮޅުކައުންސިލުގެ އެހީތެރިކަމެއްވެދެއްވުމަށް އެދިފައިވާތީ އެކަމާމެދު ގޮތެއްނިންމުން

ނިންމެވި ގޮތް:           މިއަތޮޅު ދާންދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ އަތޮޅުބަށި މުބާރާތުގައި ވިލިނގިލީ އަންހެން ކަނބަލުން ބައިވެރިވެ، އަތޮޅުކައުންސިލުގެ އެހީތެރިކަމެއްވެދެއްވުމަށް އެދިފައިވާތީ، މި މުބާރާތުގައި އަތޮޅުގެ އެހެން ރަށްރަށުގެ ޓީމްތައްވެސް ބައިވެރިވެފައިވާކަމަށާއި، އެހެންކަމުން ވލިނިގިލީ އަންހެން ކަނބަލުންނަށް އަތޮޅުކައުންސިލުން އެހީތެރިކަމެއް ފޯރުކޮށްދެއްވައިފިނަމަ ނާއިންސާފްކަމަކަށްވެދާނެތީއާއި، އަދި މިއަހަރުގެ އަތޮޅުކައުންސިލްގެ ޕްރޮގްރާމް ބަޖެޓްގައި މިފަދަ ޕްރޮގްރާމްތަކަށް ޚަރަދުކުރާނެ ކޯޑެއް ހިމަނިފައިނުވާތީ ވިލިނގިލީ އަންހެން ކަނބަލުންނަށް އެހީ ދެވެންނެތްކަމަށް ކައުންސިލަރުންގެ އިއްތިފާގުން ނިންމެވިއެވެ.

އަދި، މިހާރަކަށް އައިސް ރަށު ފެންވަރުގައި ބާއާވާ މުބާރާތްތަކުގައި ރަށުކައުންސިލްތަކުގެ އެއްވެސް ދައުރެއް ހިމެނިފައިނުވާކަން ފާހަގަކުރެއްވޭކަމަށާއި، އެހެންކަމުން ކުލަބު ޖަމްއިއްޔާތަކާއި، އަދި އެހެނިހެން ފަރާތްތަކުންވެސް ރަށު ފެންވަރުގައި ބާއްވާ މުބާރާތްތަކުގައި އަތޮޅުކައުންސިލުގައި އެހީއަށް އެދެންވާނީ ރަށުކައުންސިލްތައް މެދުވެރިގެންކަމަށްވެސް ކައުންސިލަރުންގެ އިއްތިފާގުން ނިންމެވިއެވެ.