Oct 02nd

ހުވަދުއަތޮޅުއުތުރުބުރީ 03ވަނަ އަތޮޅު ކައުންސިލްގެ 107ވަނަ ބައްދަލުވުމުން ނިންމި ކަންތައްތައް

ހުވަދުއަތޮޅު އުތުރުބުރީ އަތޮޅުކައުންިސިލްގެ 107 ވަނަ ބައްދަލުވުން 01 އޮކްޓޯބަރ 2019 ވީ އަންގާރަ ދުވަހު ވަނީ ބޭއްވިފައެވެ. މި ބައްދަލުވުން ބޭއްވުނީ ގއ.އަތޮޅުކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި

 އެޖެންޑާ އައިޓަމް:1

107 ވަނަ ބައްދަލުވުމުގެ އެޖެންޑާ ފާސްކުރުން

ނިންމެވި ގޮތް:           މިބައްދަލުވުމުގެ އެޖެންޑާ ފާސްކުރުމަށް ރިޔާޞަތުން ރައީސް އަޙުމަދު ފުއާދު ހުށަހެޅުއްވައި ކައުންސިލްގެ 103ވަނަ ބައްދަލުވުމުން ނިންމާފައިވާ އަތޮޅުކައުންސިލުގެ ބޭނުމަށް މާލޭގައި ކުއްޔަށް ހިފާފައިވާ އެޕާޓްމަންޓް ދޫކޮށްލުމާބެހޭގޮތުން ގޮތެއް ނިންމުމާއި، ކައުންސިލްގެ ރައީސް އަހުމަދު ފުއާދާއި، ކައުންސިލަރ ޙުސައިން އާދަމް ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން އިފްތިތާޙް ކުރުމުގެ ރަސްމިއްޔާތަށް މާލެވަޑައިގަތުމަށްކުރައްވާ ދަތުރު ޚަރަދު ފާސްކުރުން އެޖެންޑާއަށް އިތުރުކުރުމަށްފަހު މިބައްދަލުވުމުގެ އެޖެންޑާ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ކައުންސިލަރުންގެ އިއްތިފާގުން ފާސްކުރެވުނެވެ.

 އެޖެންޑާ އައިޓަމް:2

ގެމަނަފުށީ ސިއްޙީމަރުކަޒުން ފޮނުވާފައިވާ ނަންބަރު: P09-HC/2019/33 ސިޓީއާބެހޭ ގޮތުން މަޝްވަރާކުރުން

ނިންމެވި ގޮތް:           ގެމަނަފުށީ ސިއްޙީމަރުކަޒުގެ ޕޯޓިކޯގެ ކުރިމަތިން ދޮރެއްކަނޑައި ވޯކްވޭ ހެދުމަށް ކައުންސިލްގެ ރައިސާއި، ނާއިބްރައީސް ގެމަނަފުއްޓަށް ކުރެއްވި ދަތުރުގައި ވައުދުވެފައިވާތީ، ގެމަނަފުށީ ސިއްޙީ މަރުކަޒުން އެމަސައްކަތްކުރުމަށް ހޯދާފައިވާ 3 ކޯޓޭޝަންތަކުގެ ތެރެއިން އެންމެ ކުޑައަގު ހުށަހަޅުއްވާފައިވާ ލައިކަންސް އިންވެސްޓްމަންޓް (ހުށަހަޅާފައިވާ އަގު: 11870.00) އާ ޙަވާލުކޮށް މިކައުންސިލުން އެގްރީމެންޓްކޮށްގެން ކުރިޔަށް ގެންދެވުމަށް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ކައުންސިލަރުންގެ އިއްތިފާގުން ނިންމެވިއެވެ.

 އައިޓަމް:3

ގއ.އަތޮޅުކައުންސިލްގެ ފެރީ ޚިދުމަތަށް ދޭނެ ނަމަކާބެހޭގޮތުން މަޝްވަރާކުރުން

 ންމެވި ގޮތް:           ގއ.އަތޮޅުކައުންސިލްގެ ފެރީގެ ޚިދުމަތަށް “ގއ.އަތޮޅު އަވަސް ފެރީ” މިނަން ކިޔުމަށް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ކައުންސިލަރުންގެ އިއްތިފާގުން ނިންމެވިއެވެ. އަދި އެ ނަން ބަދަލުކުރާނަމަ އިތުރު ޚިދުމަތްތަކާއެކު ނަން ރީބްރޭންޑްކުރުމަށްވެސް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ކައުންސިލަރުންގެ އިއްތިފާގުން ނިންމެވިއެވެ.

އެޖެންޑާ އައިޓަމް:4

ސްޓާފް އޮފް ދަ މަންތް ފައިނަލް ކުރުން

 ނިންމެވި ގޮތް:           ސްޓާފް އޮފް ދަ މަންތް ފައިނަލްކުރުން ކައުންސިލްގެ ދެންއޮންނަ ބައްދަލުވުމަކަށް ފަސްކުރެއްވުމަށް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ކައުންސިލަރުންގެ އިއްތިފާގުން ނިންމެވިއެވެ.

 އެޖެންޑާ އައިޓަމް:5

މޯލްޑިވްސް ލޯކަލް ކައުންސިލް އެސޯސިއޭޝަންގެ ހިންގާ ޤަވާއިދު ފާސްކުރުން

 ނިންމެވި ގޮތް:           މޯލްޑިވްސް ލޯކަލް ކައުންސިލް އެސޯސިއޭޝަންގެ ހިންގާ ޤަވާއިދު ފާސްކުރުމަށާއި، އަދި އެ ޤަވާއިދު ރާއްޖޭގެ ހުރިހާ ކައުންސިލްތަކަށް ފޮނުވުމަށް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ކައުންސިލަރުންގެ އިއްތިފާގުން ނިންމެވިއެވެ.

އެޖެންޑާ އައިޓަމް:6

އަތޮޅުކައުންސިލް އިދާރާގެ ޓްރޮފީތައް ހެދުމާބެހޭ ގޮތުން ގޮތެއް ނިންމުން

ނިންމެވި ގޮތް:           އަތޮޅުކައުންސިލް އިދާރާގައި ހިންގާ އެކި ކަންކަމުގައި ބޭނުންކުރުމަށް 500 ޓްރޮފީ ހެދުމަށް މިކައުންސިލުން ދޭ ނަމޫނާއާ އެއްގޮތަށް ޓްރޮފީތައް ހެދުމަށް އިއުލާންކުރުމުން ބިޑު ހުށަހަޅާފައިވާ 2 ފަރާތުގެ ތެރެއިން ބިޑް ފުރިހަމަނުވާ ފަރާތުގެ ބިޑް ބާތިލުކޮށް، ދެވަނައަށް ބިޑް ހުށަހަޅާފައިވާ ފަރާތްކަމުގައިވާ ޕްރިންޓްރޯނިކްސް އާ ޙަވާލުކުރުމަށް ބިޑް ކޮމިޓީން ނިންމާފައިވީނަމަވެސް، ބިޑް ބާތިލުވި ފަރާތުން މިކައުންސިލަށް އެމައްސަލަ ބެލުމަށް ހުށަހަޅާފައިވާތީ، ބިޑް ކަމިޔާބުކޮށްފައިވާ ޕްރިންޓްރޯނިކްސް އާ މަސައްކަތް ޙަވާލުކުރުމާމެދު ގޮތެއް ނިންމެވުމަށް އެންޓިކޮރަޕްޝަން ކޮމިޝަނުގެ ލަފައަކަށް އެދިވަޑައިގަތުމަށް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ކައުންސިލަރުންގެ އިއްތިފާގުން ނިންމެވިއެވެ.

 އެޖެންޑާ އައިޓަމް:7

އަތޮޅުކައުންސިލްގެ 103ވަނަ ބައްދަލުވުމުން ނިންމާފައިވާ އަތޮޅުކައުންސިލުން މާލޭގައި ހިފާފައިވާ އެޕާޓްމަންޓް ދޫކޮށްލުމާބެހޭގޮތުން ގޮތެއް ނިންމުން

ނިންމެވި ގޮތް:           އަތޮޅު ކައުންސިލްގެ 103ވަނަ ބައްދަލުވުމުން ނިންމާފައިވާ އަތޮޅުކައުންސިލުގެ ބޭނުމަށް މާލޭގައި ކުއްޔަށް ހިފާފައިވާ ( މ.މަޝްރޫމްގެ) އެޕާޓްމަންޓްގެ އެގްރީމެންޓް 01 އޮކްޓޯބަރ 2019 އިން ފެށިގެން މީލާދީން 1މަސްދުވަސް ހަމަވާ ތާރީޚްކަމަށްވާ 1 ނޮވެމްބަރ 2019އަށް އުވާލުމަށާއި، ހިނގަމުންމިދާ މަހުގެ ކުލި އެޑްވާންސްގެ ގޮތުގައި ދައްކާފައިވާ ފައިސާއިން ހަމަޖެއްސުމަށާއި، އަދި ހުސްވިމަހުގެ ކުލި އެގްރީމެންޓްގައި ވާގޮތުގެ މަތިން ދޫކުރުމަށް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ކައުންސިލަރުންގެ އިއްތިފާގުން ނިންމެވިއެވެ.

އެޖެންޑާ އައިޓަމް:8

ކައުންސިލްގެ ރައީސް އަހުމަދު ފުއާދާއި، ކައުންސިލަރ ޙުސައިން އާދަމް ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން އިފްތިތާޙް ކުރުމުގެ ރަސްމިއްޔާތަށް މާލެވަޑައިގަތުމަށްކުރައްވާ ދަތުރު ޚަރަދު ފާސްކުރުން

ނިންމެވި ގޮތް:           ކައުންސިލްގެ ރައީސް އަހުމަދު ފުއާދާއި، ކައުންސިލަރ ޙުސައިން އާދަމް ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭން އިފްތިތާޙް ކުރުމުގެ ރަސްމިއްޔާތަށް މާލެވަޑައިގަތުމަށްކުރައްވާ ދަތުރު ޚަރަދު 2 ބޭފުޅުންނަށް -/3844 (ތިންހާސް އަށްސަތޭކަ ސާޅީސްހަތަރު ރުފިޔާ)ގެ ރޭޓުން ޖުމުލަ -/7688 (ހަތްހާސް ހަސަތޭކަ އަށްޑިހައަށްރުފިޔާ) ފާސްކުރެއްވުމަށް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ކައުންސިލަރުންގެ އިއްތިފާގުން ނިންމެވިއެވެ.

އެޖެންޑާ އައިޓަމް:9

އިދާރާއަށް ލިބިފައިވާ ބިލްތަކަށް ފާސްކުރުން

ނިންމެވި ގޮތް:            އަތޮޅު ކައުންސިލް އިދާރާއަށް  އެކިފަރާތްތަކުން ފައިސާ  ހޯދުމަށް  އެދި ހުށަހަޅުއްވާފައިވާ ބިލްތަކަށް ދައްކަންޖެހޭ -/62588 (ފަސްދޮޅަށްދެހާސް ފަސްސަތޭކަ އަށްޑިހައަށްރުފިޔާ) ދިނުމަށް ބައްދަލުވުމުގައި ބައިވެރިވަޑައި ގެންނެވި ކައުންސިލަރުންގެ އިއްތިފާގުން ނިންމެވިއެވެ.