Jan 13th

އަތޮޅުކައުންސިލްގެ އިދާރާގެ ޑިރެކްޓަރ ކަމުގެ މަޤާމަށް އެދޭ ފަރާތްތަކަށް އެ ކަމުގެ ފުރުޞަތު ހުޅުވައިލައްވައިފި

ހުވަދުއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ އިދާރާގެ ޑިރެކްޓަރ ކަމުގެ މަޤާމަށް އެދޭ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވައިލައްވައި ޢާންމުކޮށް އިޢުލާން ކުރައްވައިފި އެވެ. މި އިޢުލާން ނެރުއްވާފައިވަނީ 11 ޖަނަވަރީ 2012 ގަ އެވެ. މި އިޢުލާންގެ މުއްދަތު ހަމަވާނީ 19 ޖަނަވަރީ 2012 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 3 ޖެހުމުންނެވެ. މި އިޢުލާންގައިވާ ގޮތުން މި ކަމަށް އެދޭ ފަރާތްތަކުން ފޯމާއި އަދި ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހެޅުމަށް ހަމަޖެހިފައިވަނީ، އަތޮޅުކައުންސިލްގެ އިދާރާ އަށެވެ. މި އިޢުލާން މި ވެބްސައިޓްގެ ޑައުންލޯޑްސްގައި ހިމަނާފައިވާނެ އެވެ. އަދި މި ކަމަށް އެދޭ ފޯމު ވެސް އެ ބައިން ޑައުންލޯޑް ކުރެވެން ހުންނާނެ އެވެ.