އަތޮޅު ކައުންސިލްގެ އިދާރާއަށް ކާޑް ޕްރިންޓަރަކާއި، އައިޑީކާޑު ހެދުމަށް ބޭނުންވާ ސޮޔާއި، ފިންގަރޕްރިންޓް ސްކޭން ކުރާ މެޝިން ގަތުމަށް ދެ ވަނަ ފަހަރަށް އިޢުލާން ކޮށްފި
ހުވަދުއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ އިދާރާއިން، ލައިސަންސް ކާޑް ހެދުމުގެ ޚިދްމަތް ދިނުމަށާއި، ހުވަދު އަތޮޅު އުތުރުބުރީގެ ހުރިހާ ރަށްރަށުގެ ރަށު ކައުންސިލްތަކުން، އައިޑެންޓިޓީކާޑު ހެދުމަށް ބޭނުންވާ ސޮޔާއި، ފިންގަރޕްރިންޓް ނެގުމުގެ ޚިދްމަތް ޤާއިމު ކުރުމަށްޓަކައި ކަމާބެހޭ މެޝިނަރީޒް ގަތުމަށް ބޭނުންވެގެން ކުރި އިޢުލާނާ ގުޅިގެން، އެ ތަކެތި ވިއްކުމަށް އެދިފައިވާ ފަރާތްތައް، އެކަށީގެންވާ ވަރަށްވުރެ މަދު ވުމާއެކު، ގަވާއިދުގައިވާ ގޮތުގެމަތިން އެ ކަމަށް ދެވަނަ ފުރުޞަތެއް ހުޅުވައި ލައްވައިފި އެވެ.
ހުވަދުއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލުން ފުރަތަމަ ފަހަރަށް މި ކަމާބެހޭ ގޮތުން ކުރި ދެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކޮށްފައިވަނީ 18 ޖަނަވަރީ 2012 ގަ އެވެ. މި ދެ ޢިޢުލާން މި ސައިޓްގެ ޑައުންލޯޑްސް ގެ ތެރޭގައި ހިމެނިފައި ވާނެ އެވެ.
