Jan 18th

ހުވަދުއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ 2012 ވަނަ އަހަރުގެ ބަޖެޓް ފާސްކޮށްފި

ހުވަދުއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ 2012 ވަނަ އަހަރުގެ ބަޖެޓް، 17 ޖެނުއަރީ 2012 ވަނަ ދުވަހު ބޭއްވި އަތޮޅުކައުންސިލްގެ 46 ވަނަ ޖަލްސާއިން ފާސްކޮށްފި އެވެ.

މި ބަޖެޓަކީ 9949354.00 (ނުވަ މިލިއަން ނުވަސަތޭކަ ސާޅީސް ނުވަހާސް ތިންސަތޭކަ ފަންސާސް ހަތަރު ރުފިޔާ) ގެ ބަޖެޓެކެވެ.

މި ބަޖެޓް ގެ ތަފްސީލަށް ބަލާއިރު ސަރުކާރުގެ ހިލޭ އެހީ ( ގްރާންޓް) ގޮތުގައި ހަމަޖެހޭނެކަމަށް ލަފާކުރެވޭ ،5997702.00 ( ފަސް މިލިޔަން ނުވަސަތޭކަ ނުވަދިހަ ހަތްހާސް ހަތްސަތޭކަ ދެ ރުފިޔާ )، އަދި އަތޮޅުކައުންސިލްގެ އާމްދަނީއިން ކަނޑައަޅާ މިންވަރު 1374158.61 (އެއް މިލިޔަން ތިންސަތޭކަ ހަތްދިހަ ހަތަރުހާސް އެއްސަތޭކަ ފަންސާސް އަށް ރުފިޔާ ފަސްދޮޅަސް އެއް ލާރި). 2012 ވަނަ އަހަރު ޖުމްލަ އާމްދަނީގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރެވޭ 7371860.00 ( ހަތް މިލިޔަން ތިންސަތޭކަ ހަތްދިހަ އެއްހާސް އަށްސަތޭކަ ފަސްދޮޅަސް ރުފިޔާ ފަސްދޮޅަސް އެއްލާރި އެވެ. 2012 ވަނަ އަހަރު އެކިއެކި ޕްރޮގްރާމްތަކަށް ކަނޑައެޅިފައިވާ 3951652.00 ( ތިން މިލިޔަން ނުވަސަތޭކަ ފަންސާސް އެއްހާސް ހަސަތޭކަ ފަންސާސް ދެރުފިޔާ ، އަދި އޮފީސް ހިންގުމުގެ ޚަރަދު 5997702.00 ( ފަސްމިލިޔަން ނުވަސަތޭކަ ނުވަދިހަ ހަތްހާސް ހަތްސަތޭކަ ދެ ރުފިޔާ ) އެވެ. މި ބަޖެޓަކީ 2577493.39 (ދެ މިލިޔަން ފަސްސަތޭކަ ހަތްދިހަހަތްހާސް ހަތަރުސަތޭކަ ނުވަދިހަ ތިން ރުފިޔާ ތިރީސް ނުވަ ލާރި) ޑެފިސިޓް ބަޖެކެވެ.