Jan 18th
އަތޮޅުކައުންސިލް އިދާރާގެ ޙަވާލުގައިހުރި ފަޅުރަށްރަށުގެ ތެރެއިން ދެ ފަޅުރަށެއް ކުއްޔަށް ދޫކުރުމަށް ކައުންސިލުން ނިންމައިފި
އަތޮޅުކައުންސިލްގެ އިދާރާގެ ހަވާލުގައި ހުރި ބައެއް ފަޅުރަށްރަށް ކުއްޔަށް ދޫކުރުމާބެހޭ ގޮތުން 09 ޖެނުއަރީ 2012 ގައި ކުރެއްވި އިޢުލާނަކާއި ގުޅިގެން ދެފަރާތަކުން ދެ ރަށަކަށް އެދިފައިވާތީ، ދެ ފަޅުރަށް ކުއްޔަށް ދޫކުރާގޮތަށް 17 ޖެނުއަރީ 2012 ގައި ބޭއްވުނު އަތޮޅުކައުންސިލްގެ 46 ވަނަ ޖަލްސާއިން ވަނީ ނިންމާފައެވެ. އެއީ މިއަތޮޅު ބަކެއްތާއާއި މާގަހުއްޓާ އެވެ. 2000.00 ރުފިޔާގެ ކުއްޔަކަށް ބަކެއްތާ ދޫކުރަންހަމަޖެހިފައިވަނީ މިއަތޮޅު ދާންދޫ އަންޑާޕޫލްގޭ މުޙަންމަދު އިސްމާޢީލް އަށެވެ. އަދި މާގެހުއްޓާ ދޫކުރުމަށް ހަމަޖެހިފައިވަނީ 2600.00 ރުފިޔާގެ ކުއްޔަކަށް މިއަތޮޅު ގެމަނަފުށީ ވައިޓްރޯސް އަޙްމަދު މުޙަންމަދު ދީދީ އަށެވެ.
