Jan 22nd
ހުވަދުއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ ރައީސް އަތޮޅަށް ވަޑައިގެންފި
ހުވަދުއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ ރައީސް އަލްފާޟިލް ހާރޫން ރަޝީދު ޗުއްޓީއެއްގައި މާލެވަޑައިގެން ހުންނެވުމަށްފަހު 21 ޖެނުއަރީ 2012 ވަނަ ދުވަހު އަތޮޅަށް ވަޑައިގެން، 22 ޖެނުއަރީ 2012 ވަނަ ދުވަހު ރަސްމީގޮތުން އިދާރާ ހިންގެވުމާއި ޙަވާލުވެ ވަޑައިގެންފި އެވެ.
އަތޮޅުކައުންސިލްގެ ރައީސް އަލްފާޟިލް ހާރޫން ރަޝީދު ޗުއްޓީއަށް ފެއްޓެވުން އޮފީހާއި ޙަވާލުވެ ވަޑައިގެން ހުންނެވީ އަތޮޅުކައުންސިލްގެ ނާއިބް ރައީސް އަލްފާޟިލް މަސްޢޫދު އަޙުމަދެވެ. އެއަށް ފަހު 14 ޖެނުއަރީ 2012 ވަނަ ދުވަހު ނާއިބްރައީސް އަލްފާޟިލް މަސްޢޫދު އަހުމަދު ޗުއްޓީފެއްޓެވުމުން 21 ޖެނުއަރީ 2012 ވަނަ ދުވަހާ ހަމަޔަށް އިދާރާ ހިންގެވުމާއި ޙަވާލުވެ ހުންނެވީ އަތޮޅުކައުންސިލަރ އަލްފާޟިލް އާމިރު ޢަލީ އެވެ.
