Jan 31st

ހުވަދުއަތޮޅުއުތުރުބުރީ އަތޮޅުކައުންސިލްގެ 48 ވަނަ ޖަލްސާ ބާއްވައިފި

31ޖަނަވަރީ 2012 ވަނަ ދުވަހު ހެނދުނު 10:00 ގައި ފެށިގެން ކުރިއަށް ގެންދެވުނު މި ޖަލްސާގެ އެޖެންޑާގައިވާ މައްސަލަތަކާމެދު އަތޮޅުކައުންސިލަރުން އެއްބަސް ވެ ވަޑައިނުގެންނެވުމުގެ ސަބަބުން ޖަލްސާ ވަނީ ކެންސަލް ކުރެވިފައެވެ.

މި ޖަލްސާއަށް އަތޮޅުކައުންސިލްގެ ނާއިބް ރައީސް އަލްފާޟިލް މަސްޢޫދު އަޙުމަދު އަދި އަތޮޅުކައުންސިލަރ އަލްފާޟިލް މުޙައްމަދު ސިޔާމު ފިޔަވައި ހުރިހާ ކައުންސިލަރުން ހާޟިރުވެ ވަޑައިގެންނެވި އެވެ.

އަތޮޅުކައުންސިލްގެ ނާއިބް ރައީސް އަލްފާޟިލް މަސްޢޫދު އަޙުމަދު ހުންނެވީ ޗުއްޓީއެއްގައި ރަށުން ބޭރުގައެވެ.  އަތޮޅުކައުންސިލަރ އަލްފާޟިލް މުޙައްމަދު ސިޔާމު ހުންނެވީ އިންސްޓިޓިއުޓް އޮފް ގަވަނަންސް އިން ހިންގާ  ސެޓްފިކެޓް އިން މެނޭޖްމަންޓް ޑިވެލޮޕްމަންޓް  ކޯހުގައި ބަނޑޮހުގައެވެ.