Jan 18th

އަތޮޅު ކައުންސިލްގެ އިދާރާއަށް ކާޑް ޕްރިންޓަރަކާއި، އައިޑީކާޑު ހެދުމަށް ބޭނުންވާ ސޮޔާއި، ފިންގަރޕްރިންޓް ސްކޭން ކުރާ މެޝިން ގަތުމަށް ދެ ވަނަ ފަހަރަށް އިޢުލާން ކޮށްފި

ހުވަދުއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ އިދާރާއިން، ލައިސަންސް ކާޑް ހެދުމުގެ ޚިދްމަތް ދިނުމަށާއި، ހުވަދު އަތޮޅު އުތުރުބުރީގެ ހުރިހާ ރަށްރަށުގެ ރަށު ކައުންސިލްތަކުން، އައިޑެންޓިޓީކާޑު ހެދުމަށް ބޭނުންވާ ސޮޔާއި، ފިންގަރޕްރިންޓް ނެގުމުގެ ޚިދްމަތް ޤާއިމު ކުރުމަށްޓަކައި ކަމާބެހޭ މެޝިނަރީޒް ގަތުމަށް ބޭނުންވެގެން ކުރި އިޢުލާނާ ގުޅިގެން، އެ ތަކެތި ވިއްކުމަށް އެދިފައިވާ ފަރާތްތައް، އެކަށީގެންވާ ވަރަށްވުރެ މަދު ވުމާއެކު، ގަވާއިދުގައިވާ ގޮތުގެމަތިން އެ ކަމަށް ދެވަނަ ފުރުޞަތެއް ހުޅުވައި ލައްވައިފި އެވެ. ހުވަދުއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލުން ފުރަތަމަ ފަހަރަށް [...]

ތަފްސީލް
Jan 13th

އަތޮޅުކައުންސިލްގެ އިދާރާގެ ޑިރެކްޓަރ ކަމުގެ މަޤާމަށް އެދޭ ފަރާތްތަކަށް އެ ކަމުގެ ފުރުޞަތު ހުޅުވައިލައްވައިފި

ހުވަދުއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ އިދާރާގެ ޑިރެކްޓަރ ކަމުގެ މަޤާމަށް އެދޭ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވައިލައްވައި ޢާންމުކޮށް އިޢުލާން ކުރައްވައިފި އެވެ. މި އިޢުލާން ނެރުއްވާފައިވަނީ 11 ޖަނަވަރީ 2012 ގަ އެވެ. މި އިޢުލާންގެ މުއްދަތު ހަމަވާނީ 19 ޖަނަވަރީ 2012 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 3 ޖެހުމުންނެވެ. މި އިޢުލާންގައިވާ ގޮތުން މި ކަމަށް އެދޭ ފަރާތްތަކުން ފޯމާއި އަދި ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހެޅުމަށް ހަމަޖެހިފައިވަނީ، އަތޮޅުކައުންސިލްގެ އިދާރާ އަށެވެ. މި އިޢުލާން [...]

ތަފްސީލް
Jan 13th

އަތޮޅުން ޑޮކްޓަރީ ބޭސް ހުސްވެ ރައްޔިތުންގެ ޝަކުވާ އަތޮޅުކައުންސިލަށް ހުށަހެޅިއްޖެ

ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫން ފުރައިގެން ތިރީހަކަށް މޭލުގެ ކަނޑުދަތުރަކަށްފަހު، އަތޮޅު ހޮސްޕިޓަލަށް ބަލިމީހަކު އަންނަނީ، އެ ހޮސްޕިޓަލަށް އައުމުން އެ ބައްޔަކަށް އެކަށީގެންވާ ފަރުވާއާއި ޞިއްޙީ އެހީތެރިކަން ލިބޭނެކަމުގެ އުއްމީދުގަ އެވެ. ނަމަވެސް، ނަންބަރު ނަގައި ޑޮކްޓަރަށް ދެއްކުމަށްފަހު، ސިޓީ ހިފައިގެން ބޭސް ފިހާރައަށް ދިޔުމުން އެނގެނީ ބޭނުންވާ އެއްވެސް ބޭހެއް ލިބެން ނެތް ކަމެވެ. ބޭހާނުލައި ބަލި ފަސޭހަ ނުވާނެކަން އެނގޭތީއާއި، ހޮސްޕިޓަލަށް ދިޔުމަށްޓަކައި ކުރި ދަތުރާއި އުފުލި ބުރަ އިޙްސާސްތައް ދެން ބަދަލުވަނީ ހިތްނުތަނަވަސް [...]

ތަފްސީލް
Jan 13th

ދާންދޫ ޞިއްޙީ މަރްކަޒުގެ މުވައްޒަފުން، އަތޮޅުކައުންސިލަރުންނާއި، ޤައުމީ އިދާރާގެވެރިޔާއާ ބައްދަލުކޮށްފި

ދާންދޫ ޞިއްޙީ މަރްކަޒުން ރައްޔިތުންނަށް ދެމުން ގެންދާ ޚިދްމަތްތަކަށް މިހާރު ކުރިމަތިވެފައިވާ ދަތިތަކާއި އެ މައްސަލަތައް ޙައްލު ކުރުމަށްޓަކައި، ދާންދޫ ޞިއްޙީ މަރްކަޒުން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްޞީލު ހުށަހެޅުމަށްޓަކައި، އެ މަރްކަޒުގެ މުވައްޒަފުން، އަތޮޅުކައުންސިލަރުންނާއި އަދި ޤައުމީ އިދާރާގެ ވެރިޔާ އާ ބައްދަލު ކޮށްފި އެވެ. މި ބައްދަލުވުން އޮތީ، 12 ޖަނަވަރީ 2012 ވީ ބުރާސްފަތި ދުވަހު ހަވީރު 4 ޖެހިއިރު، ދާންދޫ ޞިއްޙީ މަރްކަޒުގަ އެވެ. އެ މަރްކަޒަށް މިހާރު ކުރިމަތިވެފައިވާ ދަތިތަކުގެ ތެރޭގައި، [...]

ތަފްސީލް
Jan 13th

ދާންދޫ ކައުންސިލްގެ އިދާރީ މުވައްޒަފުންނާއި ކައުންސިލަރުންނާއި އަތޮޅުކައުންސިލަރުން ބައްދަލު ކުރައްވައިފި

ދާންދޫ ކައުންސިލުން ރައްޔިތުންނަށް ދެމުން ގެންދާ ޚިދްމަތްތައް އިތުރަށް ހަރުދަނާ ކުރެއްވުމަށާއި، އިދާރީ މުވައްޒަފުންނާއި ކައުންސިލަރުންނާ އޮންނަންވާ ގުޅުންތަކުގެމައްޗަށް ވާހަކަ ދައްކައި މަޝްވަރާ ކުރުމަށްޓަކައި، އެ އިދާރާގެ މުވައްޒަފުންނާއި ދާންދޫ ކައުންސިލަރުންނާއެކު، 12 ޖަނަވަރީ 2012 ވީ ބުރާސްފަތި ދުވަހު މެންދުރު 2 ޖެހިއިރު، ދާންދޫ ކައުންސިލްގެ އިދާރާގައި ބައްދަލުވުމެއް ބާއްވަވައިފި އެވެ. މި ބައްދަލުވުމުގައި މަތިދެކުނު ސަރަޙައްދުގެ ޤައުމީ އިދާރާގެ ވެރިޔާ މުޙަންމަދު ޝަރީފު ވެސް ބައިވެރިވެ ވަޑައިގަތެވެ. މި ބައްދަލުވުމުގައި، މި ވަގުތު އެ [...]

ތަފްސީލް
Jan 11th

ޕްރޮޖެކްޓް ސައިކަލް މެނޭޖްމަންޓް ވޯކްޝޮޕްގެ ނަމުގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީން ވިލިނގިލީގައި ވޯކްޝޮޕެއް ބާއްވަވަނީ

ހުވަދުއަތޮޅު އުތުބުރީގެ ރަށު ކައުންސިލްތަކާއި އަތޮޅުކައުންސިލްގެ މުވައްޒަފުންނާއި ކައުންސިލަރުންނަށް އަމާޒުކޮށްގެން، ޕްރޮޖެކްޓް ސައިކަލް މެނެޖްމަންޓްގެ ނަމުގައި 3 ދުވަހުގެ ވޯކްޝޮޕެއް ބޭއްވެވުމަށް ލޯކަލް ގަވަރންމަންޓް އޮތޯރިޓީން ހަމަޖައްސަވައިފި އެވެ. މި ވޯކްޝޮޕް ބާއްވަވަނީ، 2012 ޖަނަވަރީ 12 ން 14 ގެ ނިޔަލަށް އަތޮޅުކައުންސިލްގެ މާލަމުގަ އެވެ. މި ބައްދަލުވުމަށް ބޭނުންވާ މައިގަނޑު އިންތިޒާމުތައް ހަމަޖައްސަވަނީ ވިލިނގިލީ ކައުންސިލްގެ އިދާރާއިން ނެވެ. އެ ކަމާގުޅޭގޮތުން އަތޮޅުކައުންސިލަރުންނާއި ވިލިނގިލީ ކައުންސިލަރުންގެ މެދުގައި ބޭއްވުނު ބައްދަލުވުމެއް 11 ޖަނަވަރީ 2011 [...]

ތަފްސީލް
Dec 26th

އަތޮޅުކައުންސިލްގެ 42 ވަނަ ޖަލްސާ، 27 ޑިސެމްބަރ 2011 ގައި ބާއްވާނެ

ހުވަދުއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ 42 ވަނަ ޢާންމު ބައްދަލުވުން، 27 ޑިސެމްބަރ 2011 ވާ އަންގާރަ ދުވަހު ހެނދުނު 10:00 ގައި، އަތޮޅުކައުންސިލްގެ އިދާރާގައި ބާއްވަވާ ގޮތަށް، އަތޮޅުކައުންސިލްގެ އިދާރާއިން ހަމަޖައްސަވައިފި އެވެ. މި ބައްދަލުވުމުގައި، ބައިވެރިވެ ވަޑައިގަންނަވާނީ،  މިހާރު އަތޮޅުގައި ތިއްބެވި 5 ކައުންސިލަރުންނެވެ. އަތޮޅުގައި މި ވަގުތު ވަޑައިގެން ނެތީ، މިހާރު ޗުއްޓީގައި ހުންނެވި، އަތޮޅުކައުންސިލްގެ ރައީސް އަލްފާޟިލު ހާރޫން ރަޝީދެވެ. އަތޮޅުކައުންސިލްގެ ރައީސް ޗުއްޓީގައި ހުންނެވުމުން، އިދާރާ ހިންގެވުމާ މި ވަގުތު ޙަވާލުވެ [...]

ތަފްސީލް