މާމެންދޫ ކައުންސިލް މޮނިޓަރ ކުރުމުގެ މަސައްކަތް ފެށިއްޖެ.
މިއަތޮޅު މާމެންދޫ ކައުންސިލް މޮނިޓަރ ކުރުމުގެ މަސައްކަތް 8 ނޮވެމްބަރ 2017 ގައި ފެށިއްޖެ އެވެ. މޮނިޓަރ ކުރުމުގެ މި ދަތުރުގައި ބައިވެރިވެ ވަޑައިގެންނެވީ ކައުންސިލްގެ ނާއިބް ރައީސް އަޙުމަދު ނަޒްމީން ، ޑިރެކްޓަރ މުޙަންމަދު ނަޞީރު ޢަލީ، އެސިސްޓެންޓް ޑިރެކްޓަރ މުޙަންމަދު ޙަސަން، ލީގަލް އެސިސްޓެންޓް ޢަބުދުލްޙަމީދު ނާޞިރު، އ.ރިސާރޗް އޮފިސަރ ޢަލީ އިބްރާހީމް، އެސިސްޓެންޓް ކޮމްޕިއުޓަރ ޓެކްނީޝަން ޙަސަން ޙަނީފް އެވެ. މޮނިޓަރިން ފެށުމުގެ ކުރިން މާމެންދޫ ކައުންސިލްގެ މެމްބަރުންނާއެކު ބައްދަލުވުމެއް ބޭއްވިފައިވެ އެވެ. [...]