Feb 16th

ޤައުމީ ޤުރުޢާން މުބާރާތަށް ބައިވެރިން ހޮއްވެވުމަށް ބާއްވާ އަތޮޅު މުބާރާތް ގއ.ދާންދޫގައި ބާއްވާގޮތަށް ހަމަޖައްސައިފި

ދިވެހިރާއްޖޭގެ 27 ވަނަ ޤައުމީ ޤުރުޢާން މުބާރާތަށް ތައްޔާރުވުމަށްޓަކައި ގއ. އަތޮޅުގައިބާއްވާ އަތޮޅު މުބާރާތް މި އަތޮޅު ދާންދޫގައި ބާއްވާގޮތަށް ހަމަޖެހިއްޖެއެވެ. އަތޮޅު މުބާރާތް ބޭއްވުމަށް ބޭނުންފުޅުވާ ކައުންސިލްތަކަށް އަތޮޅުކައުންސިލް އިދާރާއިން ހުޅުވާލި ފުރުޞަތުގައި މި އަތޮޅުގެ 3 ރަށަކުން މުބާރާތް ބޭއްވުމަށް ޝައުޤުވެރިވެ، ޕްރޮޕޯސަލް ހުށަހަޅުއްވާފައިވެ އެވެ. އެއީ މިއަތޮޅު ވިލިނގިލި ކައުންސިލް އިދާރާ، ދެއްވަދޫ ކައުންސިލްގެ އިދާރާ އަދި ދާންދޫ ކައުންސިލްގެ އިދާރާއެވެ. މި 3 ރަށުން ހުށަހަޅުއްވާފައިވާ ޕްރޮޕޯސަލްތަކަށް ބެއްލެވުމަށްފަހު 15 ފެބްރުވަރީ [...]

ތަފްސީލް
Feb 15th

ހުވަދުއަތޮޅުއުތުރުބުރީ އަތޮޅުކައުންސިލްގެ 49 ވަނަ ޖަލްސާ ބާއްވައިފި

14ފެބްރުއަރީ2012 ވަނަ ދުވަހު ގެ ހެނދުނު 11:00 ގައި އަތޮޅުކައުންސިލްގެ 49 ވަނަ ޖަލްސާ ބާއްވައިފި އެވެ. މި ޖަލްސާ ބޭއްވިފައިވަނީ އަތޮޅުކައުންސިލްގެ 49 ވަނަ ޖަލްސާގެ އެޖެންޑާ ފާސްކުރުމާއި، 49 ވަނަ ޖަލްސާގެ އެޖެންޑާގައި ހިމެނޭ ކަންތައްތަކާބެހޭ ގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުމަށެވެ. މި ޖަލްސާގެ އެޖެންޑާގައިވާ ކަންތައްތަކުގެތެރެއިން  10 ކަމެއް މި ޖަލްސާއިން ނިންމާފައިވެ އެވެ. މި ގޮތުން ނިންމި ކަންތައްތަކުގެތެރޭގައި:- ސިވިލްސާރވިސް ކޮމިޝަނުން ގއ އަދި ގދ އަތޮޅަށް އަމާޒުކޮށް ބޭއްވުމަށް ހަމަޖެހިފައިވާ [...]

ތަފްސީލް
Feb 08th

އަތޮޅުކައުންސިލްގެ އިދާރާއިން ރައީސުލް ޖުމްހޫރިއްޔާ ޑޮކްޓަރ މުޙަންމަދު ވަޙީދު ޙަސަންމަނިކަށް މަރުހަބާ ގެ ސިޓީއެއް ފޮނުއްވައިފި

2012ފެބްރުއަރީ07 ވީ އަންގާރަދުވަހު ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް މުޙަންމަދު ނަޝީދު ރައީސުލްޖުމްހޫރިއްޔާ ކަމުގެމަޤާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން، ޤާނޫން އަސާސީގައިވާ ގޮތުގެމަތިން، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމާއި ޑޮކްޓަރ މުޙަންމަދު ވަޙީދު ޙަސަންމަނިކު ޙަވާލުވެ ވަޑައިގެންނެވުމާއި ގުޅިގެން ، ހުވަދުއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ ހުރިހާ އަތޮޅުކައުންސިލަރުންނާއި، ރަށްރަށުގެ ހުރިހާ ރަށު ކައުންސިލަރުންނާ އަދި އަތޮޅުގެ އެންމެހާ ރައްޔިތުންގެ ނަމުގައި އެމަނިކުފާނަށް އިޚްލާސްތެރި ކަމާއެކު މަރްޙަބާއާއި ތަހުނިޔާ ދަންނަވައި ، އަތޮޅުކައުންސިލް އިދާރާއިން 08 ފެބްރުއަރީ 2012 ގައި [...]

ތަފްސީލް
Feb 06th

ހުވަދުއަތޮޅުއުތުރުބުރީ ކަނޑުހުޅުދޫ އަދި ދާންދޫ ގައި އަލަށް ޢިމާރާތްކުރާ ދެ މިސްކިތެއްގެ ބިންގާ އަޅައިފި

04ފެބްރުއަރީ2012 ވަނަ ދުވަހު މި އަތޮޅު ކަނޑުހުޅުދޫ އަދި ދާންދޫގައި އަލަށް ޢިމާރާތްކުރާ ދެ މިސްކިތުގެ ބިންގާ އަޅައިފި އެވެ. މި ދެރަށުގެ ދެ މިސްކިތުގެ ވެސް ބިންގާ އަޅުއްވައިދެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާރޒް ޑރ. ޢަބުދުލްމަޖީދު ޢަބުދުލް ބާރީ އެވެ. ކަނޑުހުޅުދޫ މިސްކިތުގެ ބިންގާއެޅުމުގެ ރަސްމިއްޔާތުގައި  މިނިސްޓަރ އޮފް އިސްލާމިކް އެފެއާރޒް ޑރ. ޢަބުދުލްމަޖީދު އަބުދުލްބާރީ ރައްޔިތުންނާއި ބައްދަލުކޮށް ވާހަކަފުޅު ދެއްކެވި އެވެ. އަދި މީގެ އިތުރުން އަތޮޅުކައުންސިލްގެ ރައީސް ހާރޫންރަޝީދު އަދި އަތޮޅުކައުންސިލަރ [...]

ތަފްސީލް
Feb 05th

ހުވަދުއަތޮޅުއުތުރުބުރީ އަތޮޅުކައުންސިލްގެ 48 ވަނަ ޖަލްސާ ދެވަނަ ފަހަރަށް ބާއްވައިފި

01ފެބްރުއަރީ2012 ވަނަ ދުވަހު ރޭ 09:00 ގައި އަތޮޅުކައުންސިލްގެ 48 ވަނަ ޖަލްސާ ދެވަނަ ފަހަރަށް ބާއްވައިފި އެވެ. މި ޖަލްސާ ބޭއްވިފައިވަނީ އަތޮޅުކައުންސިލްގެ 48 ވަނަ ޖަލްސާގެ އެޖެންޑާ ފާސްކުރުމާއި، 47 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުމާއި، 48 ވަނަ ޖަލްސާގެ އެޖެންޑާގައި ހިމެނޭ ކަންތައްތަކާބެހޭ ގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުމަށެވެ. މި ޖަލްސާގެ އެޖެންޑާގައިވާ ކަންތައްތަކުގެތެރެއިން  12 ކަމެއް މި ޖަލްސާއިން ނިންމާފައިވެ އެވެ. މި ގޮތުން ނިންމި ކަންތައްތަކުގެތެރޭގައި:- ގެމަނަފުށީގައި ހަދަމުންގެންދާ 18 [...]

ތަފްސީލް
Jan 31st

ހުވަދުއަތޮޅުއުތުރުބުރީ އަތޮޅުކައުންސިލްގެ 48 ވަނަ ޖަލްސާ ބާއްވައިފި

31ޖަނަވަރީ 2012 ވަނަ ދުވަހު ހެނދުނު 10:00 ގައި ފެށިގެން ކުރިއަށް ގެންދެވުނު މި ޖަލްސާގެ އެޖެންޑާގައިވާ މައްސަލަތަކާމެދު އަތޮޅުކައުންސިލަރުން އެއްބަސް ވެ ވަޑައިނުގެންނެވުމުގެ ސަބަބުން ޖަލްސާ ވަނީ ކެންސަލް ކުރެވިފައެވެ. މި ޖަލްސާއަށް އަތޮޅުކައުންސިލްގެ ނާއިބް ރައީސް އަލްފާޟިލް މަސްޢޫދު އަޙުމަދު އަދި އަތޮޅުކައުންސިލަރ އަލްފާޟިލް މުޙައްމަދު ސިޔާމު ފިޔަވައި ހުރިހާ ކައުންސިލަރުން ހާޟިރުވެ ވަޑައިގެންނެވި އެވެ. އަތޮޅުކައުންސިލްގެ ނާއިބް ރައީސް އަލްފާޟިލް މަސްޢޫދު އަޙުމަދު ހުންނެވީ ޗުއްޓީއެއްގައި ރަށުން ބޭރުގައެވެ.  އަތޮޅުކައުންސިލަރ އަލްފާޟިލް މުޙައްމަދު [...]

ތަފްސީލް
Jan 26th

ސިވިލްސަރވިސްގެ މުވައްޒަފުންގެ ޕާރފޯމަންސް އެޕްރައިޒަލް ފޯމް ފުރުމާބެހޭ ގޮތުން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވައިފި.

މި އަތޮޅުގައި ތިބި ސިވިލް ސަރވިސްގެ ހުރިހާ މުވައްޒަފުންގެ ޕާރފޯމަންސް އެޕްރައިޒަލް ފޯމް ފުރުމަށާއި، 01 ފެބްރުއަރީ 2012 ން 31 ޖަނަވަރީ 2013 އަށް މުވައްޒަފުން ކުރާނޭ މަސައްކަތްތަކާއި، ލަނޑުދަނޑިތައް ކަނޑައަޅައި ނިންމުމަށް ޤަސްދުކޮށް، ކައުންސިލް އިދާރާތަކުގައި މުވައްޒަފުންގެ ކަންތައްތައް ބެލެހެއްޓުމުގައި އިސްވެ ތިއްބެވި ބޭފުޅުންނަށް އެކަމާބެހޭ މަޢުލޫމާތު އެރުވުމަށްޓަކައި މި އަތޮޅުގެ ހުރިހާ ރަށުކައުންސިލްގެ ޒިންމާދާރުވެރިންނަށާއި، ރަށްރަށުގެ ސްކޫލް ތަކުން އިސްކޮށް ހަރަކާތްތެރިވާ ބޭފުޅަކާއި، ރަށްރަށުގެ ހިއުމަންރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީގެ މަދުވެގެން [...]

ތަފްސީލް
Jan 25th

ޤައުމީ ދުވަހާއިގުޅިގެން ދިދަ ނެގުމުގެ ޚާއްޞަ ރަސްމިއްޔާތު ބާއްވައިފި.

69 ވަނަ ޤައުމީ ދުވަހާ ގުޅިގެން ދިދަނެގުމުގެ ޚާއްޞަ ރަސްމިއްޔާތު 24 ޖަނަވަރީ 2012 ގައި އަތޮޅުކައުންސިލްގެ އިދާރާގައި ބޭއްވުނެވެ. މި ރަސްމިއްޔާތު ގައި ދިދަ ނަންގަވައިދެއްވީ އަތޮޅުކައުންސިލަރ އަލްފާޟިލް އިބްރާހީމް ޞާބިރެވެ. މި ރަސްމިއްޔާތުގައި ވިލިނގިލީގެ ބައެއް އިދާރާތަކުގެ މުވައްޒަފުންނާއި،  އާންމުންގެ ތެރެއިން ބައެއް މީހުން ބައިވެރިވިއެވެ.

ތަފްސީލް
Jan 22nd

ހުވަދުއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ ރައީސް އަތޮޅަށް ވަޑައިގެންފި

ހުވަދުއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ ރައީސް އަލްފާޟިލް ހާރޫން ރަޝީދު ޗުއްޓީއެއްގައި މާލެވަޑައިގެން ހުންނެވުމަށްފަހު 21 ޖެނުއަރީ 2012 ވަނަ ދުވަހު އަތޮޅަށް ވަޑައިގެން، 22 ޖެނުއަރީ 2012 ވަނަ ދުވަހު ރަސްމީގޮތުން އިދާރާ ހިންގެވުމާއި ޙަވާލުވެ ވަޑައިގެންފި އެވެ. އަތޮޅުކައުންސިލްގެ ރައީސް އަލްފާޟިލް ހާރޫން ރަޝީދު ޗުއްޓީއަށް ފެއްޓެވުން އޮފީހާއި ޙަވާލުވެ ވަޑައިގެން ހުންނެވީ އަތޮޅުކައުންސިލްގެ ނާއިބް ރައީސް އަލްފާޟިލް މަސްޢޫދު އަޙުމަދެވެ. އެއަށް ފަހު 14 ޖެނުއަރީ 2012 ވަނަ ދުވަހު ނާއިބްރައީސް އަލްފާޟިލް މަސްޢޫދު [...]

ތަފްސީލް
Jan 18th

އަތޮޅުކައުންސިލް އިދާރާގެ ޙަވާލުގައިހުރި ފަޅުރަށްރަށުގެ ތެރެއިން ދެ ފަޅުރަށެއް ކުއްޔަށް ދޫކުރުމަށް ކައުންސިލުން ނިންމައިފި

އަތޮޅުކައުންސިލްގެ އިދާރާގެ ހަވާލުގައި ހުރި ބައެއް ފަޅުރަށްރަށް ކުއްޔަށް ދޫކުރުމާބެހޭ ގޮތުން 09 ޖެނުއަރީ 2012 ގައި ކުރެއްވި އިޢުލާނަކާއި ގުޅިގެން ދެފަރާތަކުން ދެ ރަށަކަށް އެދިފައިވާތީ، ދެ ފަޅުރަށް ކުއްޔަށް ދޫކުރާގޮތަށް 17 ޖެނުއަރީ 2012 ގައި ބޭއްވުނު އަތޮޅުކައުންސިލްގެ 46 ވަނަ ޖަލްސާއިން ވަނީ ނިންމާފައެވެ. އެއީ މިއަތޮޅު ބަކެއްތާއާއި މާގަހުއްޓާ އެވެ.  2000.00 ރުފިޔާގެ ކުއްޔަކަށް ބަކެއްތާ ދޫކުރަންހަމަޖެހިފައިވަނީ މިއަތޮޅު ދާންދޫ އަންޑާޕޫލްގޭ މުޙަންމަދު އިސްމާޢީލް އަށެވެ. އަދި މާގެހުއްޓާ ދޫކުރުމަށް ހަމަޖެހިފައިވަނީ [...]

ތަފްސީލް