ހުވަދުއަތޮޅުއުތުރުބުރީ ނިލަންދޫ ކައުންސިލް އިދާރާގެ އެކިއެކި މަޤާމުތަކަށް އެދިފައިވާ މީހުންގެ އިންޓަރވިއު ކުރުމަށާއި، އެކައުންސިލްގެ ކައުންސިލަރުންނާއި މުވައްޒަފުންނާއި ބައްދަލުކުރެއްވުމަށްޓަކައި އަތޮޅު ކައުންސިލުން ނިލަންދުއަށް ދަތުރެއް ކުރައްވައިފި
ހުވަދުއަތޮޅުއުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާގެ އެކިއެކި މަޤާމުތަކަށް އެދިފައިވާ މީހުންގެ އިންޓަރވިއު ކުރުމަށާއި، އެކައުންސިލްގެ ކައުންސިލަރުންނާއި މުވައްޒަފުންނާއި ބައްދަލުކުރެއްވުމަށްޓަކައި އަތޮޅު ކައުންސިލުން 12 ފެބްރުވަރީ 2012 ވަނަ ދުވަހު ނިލަންދުއަށް ދަތުރެއް ކުރެވުނެވެ. މި ދަތުރުގައި ނިލަންދުއަށް ވަޑައިގެން ނިލަންދޫ ކައުންސިލްއާއި އެ ކައުންސިލްގެ މުވައްޒަފުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ޓަކައި ބައްދަލުވުމެއް ބޭއްވުނެވެ. މި ބައްދަލުވުމުގައި އެ އިދާރާގެ ކައުންސިލަރުންނާއި މުވައްޒަފުންނާ އަދި ޒިންމާދާރު ވެރިޔާއާއި ދެމެދު ޚިޔާލުތަފާތުވެ އުފެދިފައިވާ މައްސަލާތަކާއިމެދު މަޝްވަރާކުރެވުނެވެ. [...]
