Jan 13th

ދާންދޫ ކައުންސިލްގެ އިދާރީ މުވައްޒަފުންނާއި ކައުންސިލަރުންނާއި އަތޮޅުކައުންސިލަރުން ބައްދަލު ކުރައްވައިފި

ދާންދޫ ކައުންސިލުން ރައްޔިތުންނަށް ދެމުން ގެންދާ ޚިދްމަތްތައް އިތުރަށް ހަރުދަނާ ކުރެއްވުމަށާއި، އިދާރީ މުވައްޒަފުންނާއި ކައުންސިލަރުންނާ އޮންނަންވާ ގުޅުންތަކުގެމައްޗަށް ވާހަކަ ދައްކައި މަޝްވަރާ ކުރުމަށްޓަކައި، އެ އިދާރާގެ މުވައްޒަފުންނާއި ދާންދޫ ކައުންސިލަރުންނާއެކު، 12 ޖަނަވަރީ 2012 ވީ ބުރާސްފަތި ދުވަހު މެންދުރު 2 ޖެހިއިރު، ދާންދޫ ކައުންސިލްގެ އިދާރާގައި ބައްދަލުވުމެއް ބާއްވަވައިފި އެވެ. މި ބައްދަލުވުމުގައި މަތިދެކުނު ސަރަޙައްދުގެ ޤައުމީ އިދާރާގެ ވެރިޔާ މުޙަންމަދު ޝަރީފު ވެސް ބައިވެރިވެ ވަޑައިގަތެވެ. މި ބައްދަލުވުމުގައި، މި ވަގުތު އެ [...]

ތަފްސީލް
Dec 27th

އަތޮޅުގެ ރައްޔިތުންނަށް އައިޑެންޓިޓީ ކާޑު ހަދައިދިނުމަށް ޚާއްޞަ މަސައްކަތެއް އަތޮޅުކައުންސިލުން ފަށައިފި

އަތޮޅުގެ ރައްޔިތުންގެ ތެރެއިން މިހާތަނަށް އައިޑެންޓިޓީ ކާޑު ހައްދާފައި ނުވާ ފަރާތްތައް ފާހަގަކޮށް އެ ފަރާތްތަކަށް އައިޑެންޓިޓީ ކާޑު ހެއްދުމުގެ ޚާއްޞަ މަސައްކަތެއް އަތޮޅުކައުންސިލުން ފަށައިފި އެވެ. މި ފަހަރު ޚާއްޞަ ގޮތެއްގައި މި މަސައްކަތް ފަށާފައި މި ވަނީ ޤައުމީ ޞިއްޙީ ޚިދްމަތުގެ ނިޒާމުގައި ރާއްޖޭގެ ހުރިހާ ރައްޔިތުން ބައިވެރި ކުރުމަށް ސަރުކާރުން ހަމަޖައްސަވާފައިވާތީ، އެ ފުރުޞަތު، ވީހައި ގިނަ ބަޔަކަށް ވީހައި އަވަހަށް، ފަހިކޮށްދެއްވުމުގެ މަޤްޞަދުގަ އެވެ. މި ފެށި އާ މަސައްަކަތުގެ ދަށުން، [...]

ތަފްސީލް
Dec 26th

ހުވަދުއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ ވެބްސައިޓަށް މަރްޙަބާ

ހުވަދުއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ ވެބްސައިޓް އަލުން ފަރުމާކޮށް މިހާރު މިވަނީ އަޖުމަ ބެލުމަށްޓަކައި އަޕްލޯޑް ކޮށްފަ އެވެ. އެހެންކަމުން، މި ސައިޓް އިތުރަށް ފުރިހަމަ ކުރުމަށްޓަކައި ހުރިހާ ފަރާތެއްގެ އުފެއްދުންތެރި ޚިޔާލުތަކަށާއި މަޝްވަރާތަކަށް މި ސައިޓުން މަރްޙަބާ ދަންނަވަމެވެ.

ތަފްސީލް