Oct 12th

ވިލިނގިލީ އަންހެން ވޮލީޓީމު ބަލިކޮށް ކޮނޑޭ އަންހެން ވޮލީޓީމު ކުރިޔަށް ޖެހިލައިފި

މިހާރު ކުރިޔަށް ދާ އެސް.ޓީ.އޯ ނޫފަހި ގއ. އަތޮޅުވޮލީ މުބާރާތުގައި ގއ. ވިލިނގިލީ އަންހެން ޓީމާއި ގއ. ކޮނޑޭ އަންހެން ޓީމު ބައްދަލުކުރި މެޗު ފަސޭހަކަމާއެކު ކާމިޔާބުކޮށް ކޮނޑޭޓީމު ކުރިޔަށް ޖެހިލައިފި އެވެ. މި މުބާރާތުގައި އަންހެން ޓީމުތައް ބައިވެރިކޮށްފައިވަނީ، ގއ. ވިލިނގިއްޔާއި، ކޮނޑެއާއި، ގެމަނަފުށްޓާއި ކަނޑުހުޅުދޫންނެވެ. މި މުބާރާތުގެ ފިރިހެން ގޮފީގެ މެޗްތައް މިހާރު ނިމިފައިވާއިރު، ޗެމްޕިއަންކަން ހޯދާފައިވަނީ ގއ. ގެމަނަފުށީ ފިރިހެން ޓީމެވެ. މިއީ، ގއ. އަތޮޅުކައުންސިލާއި ގއ. ގެމަނަފުށީ ކައުންސިލުން އިސްނަންގަވައިގެން ކުރިޔަށް [...]

ތަފްސީލް
Oct 12th

އެސް.ޓީ.އޯ ނޫފަހި ގއ. އަތޮޅުވޮލިބޯޅަ މުބާރާތުގެ ފިރިހެން ގޮފީގެ ޗެމްޕިއަން ކަން ގެމަނަފުށީ ޓީމު ހޯދައިފި

ގެމަނަފުށީގައި މިހާރު ކުރިޔަށް ދާ، އެސްޓީއޯ ނޫފަހި ގއ. އަތޮޅުކައުންސިލްގެ ވޮލީބޯޅަ މުބާރާތް 2014 ގެ ފިރިހެން ގޮފީގެ ޗެމްޕިއަންކަން ގެމަނަފުށީ ވޮލީ ޓީމުން ހޯދައިފި އެވެ. ޗެމްޕިއަންކަން ހޯދި މެޗްގައި ގެމަނަފުށީ ޓީމު ކުޅެފައިވަނީ ދާންދޫ ޓީމާ ދެކޮޅަށެވެ. މި މުބާރާތް ހުޅުވި މެޗްްގައި ގެމަނަފުށީ ޓީމާ ބައްދަލުކޮށް ސީދާ 3 ސެޓުން ގެމަނަފުށީ ޓީމް ކާމިޔާބު ކުރި ނަމަވެސް، ނިލަންދުއާ ދާންދޫ ކުޅުނު މެޗް ދާންދޫ ޓީމް ވަނީ ފަސޭހަކަމާއެކު ކާމިޔާބުކޮށް، ފައިނަލްގައި ދެވަނަ [...]

ތަފްސީލް
Oct 12th

އެސް.ޓީ.އޯ ނޫފަހި ހުވަދުއަތޮޅުއުތުރުބުރީ އަތޮޅުވޮލީމުބާރާތް 2014 ކުލަގަދަކޮށް ފަށައިފި

ހުވަދުއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލާއި ގެމަނަފުށީ ކައުންސިލް ގުޅިގެން ބާއްވަވަން ހަމަޖައްސަވާފައިވާ، އެސް.ޓީ.އޯ ނޫފަހި ގއ. އަތޮޅުވޮލީބޯޅަ މުބާރާތް 2014 މި އަހަރުގެ  އަޟްޙާ ޢީދާ ގުޅުވައިގެން 5 އޮކްޓޯބަރ 2014 ވަނަ ދުވަހު ފަށައިފި އެވެ. އެ ދުވަހުގެ ހަވީރު 4:00 ގައި ގެމަނަފުށީ ރަސްމީ ވޮލީކޯޓުގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ޓެންޑަރ ބޯޑުގެ ޗެއަރމަން އަލްފާޟިލު އަޙްމަދު މުޖުތަބާ އެވެ. މި ރަސްމިއްޔާތުގައި، އަތޮޅުކައުންސިލްގެ ރައީސް ޙުސައިން [...]

ތަފްސީލް
Oct 02nd

އެސް.ޓީ.އޯ ނޫފަހި އަތޮޅު ވޮލީމުބާރާތުގެ ޓީމްތަކުގެ މެދުގައި ގުރުއަތުލުން ބާއްވައިފި

އެސް.ޓީ.އޯ ނޫފަހި އަތޮޅު ވޮލީ މުބާރާތުގެ ޓީމްތަކުގެ މެދުގައި ގުރުޢަތުލުން މިއަދު ބާއްވައިފި އެވެ. ގުރުޢަތުލުން ބޭއްވިފައިވަނީ އަތޮޅުގޭގައެވެ.   މެޗް ގައި ބައިވެރިވާ ރަށްތައް މެޗްގެ ޝެޑިއުލް

ތަފްސީލް
Aug 21st

ދިވެހިބަހުގެ އެކެޑަމީގެ މެމްބަރުންނާއި އަދި އެ އިދާރާގެ އިސްބޭފުޅުން އަތޮޅުކައުންސިލަރުންނާ ބައްދަލުކުރައްވައިފި

ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީގައި ދިވެހި އަދަބީ ޢީދެއް ފާހަގަ ކުރުމާބެހޭ ގޮތުން މަޝްވަރާ ކުރުމަށްޓަކައި، ދިވެހި ބަހުގެ އެކެޑަމީގެ މެމްބަރުންނާއި އެ އިދާރާގެ އިސްބޭފުޅުން އަތޮޅުކައުންސިލަރުންނާ ބައްދަލު ކުރައްވައިފި އެވެ. މި ބައްދަލުކުރެއްވުން އޮތީ، 2014 އޯގަސްޓް 18 ވީ ހޯމަ ދުވަހު މެންދުރު 2 ޖެހިއިރު، ދިވެހިބަހުގެ އެކެޑަމީ ހިނގަމުންދާ ހ. ސޯސަންގޭ ގަ އެވެ. މި ބައްދަލުކުރެއްވުމުގައި ދިވެހި ބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް ޢަލީއާއި ނާއިބް ރައީސާއާއި އަދި އެ އެކެޑަމީގެ މެމްބަރުންގެ [...]

ތަފްސީލް
Jan 13th

ދާންދޫ ކައުންސިލްގެ އިދާރީ މުވައްޒަފުންނާއި ކައުންސިލަރުންނާއި އަތޮޅުކައުންސިލަރުން ބައްދަލު ކުރައްވައިފި

ދާންދޫ ކައުންސިލުން ރައްޔިތުންނަށް ދެމުން ގެންދާ ޚިދްމަތްތައް އިތުރަށް ހަރުދަނާ ކުރެއްވުމަށާއި، އިދާރީ މުވައްޒަފުންނާއި ކައުންސިލަރުންނާ އޮންނަންވާ ގުޅުންތަކުގެމައްޗަށް ވާހަކަ ދައްކައި މަޝްވަރާ ކުރުމަށްޓަކައި، އެ އިދާރާގެ މުވައްޒަފުންނާއި ދާންދޫ ކައުންސިލަރުންނާއެކު، 12 ޖަނަވަރީ 2012 ވީ ބުރާސްފަތި ދުވަހު މެންދުރު 2 ޖެހިއިރު، ދާންދޫ ކައުންސިލްގެ އިދާރާގައި ބައްދަލުވުމެއް ބާއްވަވައިފި އެވެ. މި ބައްދަލުވުމުގައި މަތިދެކުނު ސަރަޙައްދުގެ ޤައުމީ އިދާރާގެ ވެރިޔާ މުޙަންމަދު ޝަރީފު ވެސް ބައިވެރިވެ ވަޑައިގަތެވެ. މި ބައްދަލުވުމުގައި، މި ވަގުތު އެ [...]

ތަފްސީލް
Dec 27th

އަތޮޅުގެ ރައްޔިތުންނަށް އައިޑެންޓިޓީ ކާޑު ހަދައިދިނުމަށް ޚާއްޞަ މަސައްކަތެއް އަތޮޅުކައުންސިލުން ފަށައިފި

އަތޮޅުގެ ރައްޔިތުންގެ ތެރެއިން މިހާތަނަށް އައިޑެންޓިޓީ ކާޑު ހައްދާފައި ނުވާ ފަރާތްތައް ފާހަގަކޮށް އެ ފަރާތްތަކަށް އައިޑެންޓިޓީ ކާޑު ހެއްދުމުގެ ޚާއްޞަ މަސައްކަތެއް އަތޮޅުކައުންސިލުން ފަށައިފި އެވެ. މި ފަހަރު ޚާއްޞަ ގޮތެއްގައި މި މަސައްކަތް ފަށާފައި މި ވަނީ ޤައުމީ ޞިއްޙީ ޚިދްމަތުގެ ނިޒާމުގައި ރާއްޖޭގެ ހުރިހާ ރައްޔިތުން ބައިވެރި ކުރުމަށް ސަރުކާރުން ހަމަޖައްސަވާފައިވާތީ، އެ ފުރުޞަތު، ވީހައި ގިނަ ބަޔަކަށް ވީހައި އަވަހަށް، ފަހިކޮށްދެއްވުމުގެ މަޤްޞަދުގަ އެވެ. މި ފެށި އާ މަސައްަކަތުގެ ދަށުން، [...]

ތަފްސީލް