Dec 29th

ގެމަނަފުށީ ކައުންސިލްގެ އިދާރާގައި ދިރިއުޅެން ފެށުމަށް ދިޔަ ޢާއިލާ ހިތްހަމަޖެހުމާއެކު އެނބުރި ހިނގައްޖެ

ދިޔަދޫން ގެމަނަފުށްޓަށް ބަދަލުވި ޢާއިލާތަކުގެ ތެރެއިން މިހައިތަނަށް ގެމަނަފުށިން ބޯހިޔާވަހިކަން ހަމަޖެހިފައިނުވާ 5 ޢާއިލާ، އެކި ތަންތާނގައި ދިރިއުޅެމުން ގެންދަނިކޮށް އޭގެ ތެރެއިން އެއް ޢާއިލާގެ 7 މެމްބަރުން މި އަދު ގެމަނަފުށީ ކައުންސިލްގެ އިދާރާއަށް ގޮސް، އެ ޢާއިލާއަށް ގެމަނަފުށިން ލިބެންޖެހޭ ގެ ލިބެންދެން ދިރިއުޅޭނީ ގެމަނަފުށީ ކައުންސިލްގެ އިދާރާގައި ކަމަށް ބުނެ އެ ގޮތަށް ޢަމަލު ކުރަމުން ގެންގޮސްފައި ވެއެވެ. މި ކަމާގުޅިގެން، ގެމަނަފުށީ ކައުންސިލާއި އަތޮޅުކައުންސިލުން ގުޅިވަޑައިގެން އެ މައްސަލަ މަތިދެކުނު ސަރަޙައްދުގެ [...]

ތަފްސީލް
Dec 29th

އަތޮޅު ތަރައްޤީގެ މާސްޓަރޕްލޭން ހެދުމަށް ހަވާލުކުރާނެ ފަންނީ ފަރާތެއް އަތޮޅުކައުންސިލުން ކަނޑައަޅުއްވައިފި

ހުވަދުއަތޮޅު އުތުރުބުރީ އަތޮޅުތަރައްޤީގެ މާސްޓަރޕްލޭން ހެދުމަށް ސީޑީއީ ކުންފުންޏާ ހަވާލުކުރުމަށް، އަތޮޅުކައުންސިލުން ކަނޑައަޅުއްވައިފި އެވެ. މި ގޮތަށް މި ކަން ކަނޑައެޅުއްވީ، 27 ޑިސެމްބަރ 2011 ވީ އަންގާރަ ދުވަހު ބޭއްވެވި އަތޮޅުކައުންސިލްގެ ޢާންމު ބައްދަލުވުމުގައި، މަޝްވަރާ ކުރެއްވުމަށްފަހުގަ އެވެ. އަތޮޅުކައުންސިލުން މި ގޮތަށް މި ކަން ނިންމެވުމާ ގުޅިގެން، 27 ޑިސެމްބަރ 2011 ވަނަ ދުވަހުގެ ރޭ އެ ކުންފުނީގެ ފަރާތުން އެ މަސައްކަތާ އިސްވެ ޙަވާލުވެވަޑައިގަތް ކޮންސަލްޓެންޓް ޑރ. ސިމާދު ސަޢީދާއި، އަދި އަތޮޅުކައުންސިލުން [...]

ތަފްސީލް
Dec 27th

އަތޮޅުގެ ރައްޔިތުންނަށް އައިޑެންޓިޓީ ކާޑު ހަދައިދިނުމަށް ޚާއްޞަ މަސައްކަތެއް އަތޮޅުކައުންސިލުން ފަށައިފި

އަތޮޅުގެ ރައްޔިތުންގެ ތެރެއިން މިހާތަނަށް އައިޑެންޓިޓީ ކާޑު ހައްދާފައި ނުވާ ފަރާތްތައް ފާހަގަކޮށް އެ ފަރާތްތަކަށް އައިޑެންޓިޓީ ކާޑު ހެއްދުމުގެ ޚާއްޞަ މަސައްކަތެއް އަތޮޅުކައުންސިލުން ފަށައިފި އެވެ. މި ފަހަރު ޚާއްޞަ ގޮތެއްގައި މި މަސައްކަތް ފަށާފައި މި ވަނީ ޤައުމީ ޞިއްޙީ ޚިދްމަތުގެ ނިޒާމުގައި ރާއްޖޭގެ ހުރިހާ ރައްޔިތުން ބައިވެރި ކުރުމަށް ސަރުކާރުން ހަމަޖައްސަވާފައިވާތީ، އެ ފުރުޞަތު، ވީހައި ގިނަ ބަޔަކަށް ވީހައި އަވަހަށް، ފަހިކޮށްދެއްވުމުގެ މަޤްޞަދުގަ އެވެ. މި ފެށި އާ މަސައްަކަތުގެ ދަށުން، [...]

ތަފްސީލް
Dec 26th

އަތޮޅުގެ ބައެއް ފަޅުރަށްތަކަށް އެކިފަރާތްތަކުން ދީފައިވާ ގެއްލުންތައް އަތޮޅުކައުންސިލުން ބައްލަވައިފި

އަތޮޅުގެ ބައެއް ފަޅުރަށްތަކަށް އެކި ފަހަރުމަތިން އެކި ފަރާތްތަކުން ދީފައިވާ ގެއްލުންތައް، އަތޮޅުކައުންސިލުން ބައްލަވައިފި އެވެ. މި ގޮތުން މި ފަހަރު ބައްލަވާފައިވަނީ، ގއ. ބިހުރެހާ، ކުދެބޮންޑެއްޔާ، އުހެރެހާ، އިދިމާ އަދި ބޮޑެހުއްޓާ އެވެ. މި ރަށްރަށަށް އެކި ފަރާތްތަކުން ދީފައިވާ ގެއްލުންތައް ބައްލަވައި އެ ތަންތަނުގެ ފޮޓޯއާއި މަޢުލޫމާތު މި ދަތުރުގައި އެއްކުރެވިފައި ވެއެވެ. އަތޮޅުކައުންސިލުން ، ފުލުހުންނާ ގުޅިގެން މި ކަން ބެއްލެވި މައިގަނޑު މަޤްޞަދަކީ، އަތޮޅުގައި ހުރި މި ބާވަތުގެ ޤުދުރަތީ ވަސީލަތްތަކަށް [...]

ތަފްސީލް
Dec 26th

އަތޮޅުކައުންސިލްގެ 42 ވަނަ ޖަލްސާ، 27 ޑިސެމްބަރ 2011 ގައި ބާއްވާނެ

ހުވަދުއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ 42 ވަނަ ޢާންމު ބައްދަލުވުން، 27 ޑިސެމްބަރ 2011 ވާ އަންގާރަ ދުވަހު ހެނދުނު 10:00 ގައި، އަތޮޅުކައުންސިލްގެ އިދާރާގައި ބާއްވަވާ ގޮތަށް، އަތޮޅުކައުންސިލްގެ އިދާރާއިން ހަމަޖައްސަވައިފި އެވެ. މި ބައްދަލުވުމުގައި، ބައިވެރިވެ ވަޑައިގަންނަވާނީ،  މިހާރު އަތޮޅުގައި ތިއްބެވި 5 ކައުންސިލަރުންނެވެ. އަތޮޅުގައި މި ވަގުތު ވަޑައިގެން ނެތީ، މިހާރު ޗުއްޓީގައި ހުންނެވި، އަތޮޅުކައުންސިލްގެ ރައީސް އަލްފާޟިލު ހާރޫން ރަޝީދެވެ. އަތޮޅުކައުންސިލްގެ ރައީސް ޗުއްޓީގައި ހުންނެވުމުން، އިދާރާ ހިންގެވުމާ މި ވަގުތު ޙަވާލުވެ [...]

ތަފްސީލް
Dec 26th

ހުވަދުއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ ވެބްސައިޓަށް މަރްޙަބާ

ހުވަދުއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ ވެބްސައިޓް އަލުން ފަރުމާކޮށް މިހާރު މިވަނީ އަޖުމަ ބެލުމަށްޓަކައި އަޕްލޯޑް ކޮށްފަ އެވެ. އެހެންކަމުން، މި ސައިޓް އިތުރަށް ފުރިހަމަ ކުރުމަށްޓަކައި ހުރިހާ ފަރާތެއްގެ އުފެއްދުންތެރި ޚިޔާލުތަކަށާއި މަޝްވަރާތަކަށް މި ސައިޓުން މަރްޙަބާ ދަންނަވަމެވެ.

ތަފްސީލް