Jan 31st

ހުވަދުއަތޮޅުއުތުރުބުރީ އަތޮޅުކައުންސިލްގެ 48 ވަނަ ޖަލްސާ ބާއްވައިފި

31ޖަނަވަރީ 2012 ވަނަ ދުވަހު ހެނދުނު 10:00 ގައި ފެށިގެން ކުރިއަށް ގެންދެވުނު މި ޖަލްސާގެ އެޖެންޑާގައިވާ މައްސަލަތަކާމެދު އަތޮޅުކައުންސިލަރުން އެއްބަސް ވެ ވަޑައިނުގެންނެވުމުގެ ސަބަބުން ޖަލްސާ ވަނީ ކެންސަލް ކުރެވިފައެވެ. މި ޖަލްސާއަށް އަތޮޅުކައުންސިލްގެ ނާއިބް ރައީސް އަލްފާޟިލް މަސްޢޫދު އަޙުމަދު އަދި އަތޮޅުކައުންސިލަރ އަލްފާޟިލް މުޙައްމަދު ސިޔާމު ފިޔަވައި ހުރިހާ ކައުންސިލަރުން ހާޟިރުވެ ވަޑައިގެންނެވި އެވެ. އަތޮޅުކައުންސިލްގެ ނާއިބް ރައީސް އަލްފާޟިލް މަސްޢޫދު އަޙުމަދު ހުންނެވީ ޗުއްޓީއެއްގައި ރަށުން ބޭރުގައެވެ.  އަތޮޅުކައުންސިލަރ އަލްފާޟިލް މުޙައްމަދު [...]

ތަފްސީލް
Jan 26th

ސިވިލްސަރވިސްގެ މުވައްޒަފުންގެ ޕާރފޯމަންސް އެޕްރައިޒަލް ފޯމް ފުރުމާބެހޭ ގޮތުން މަޢުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވައިފި.

މި އަތޮޅުގައި ތިބި ސިވިލް ސަރވިސްގެ ހުރިހާ މުވައްޒަފުންގެ ޕާރފޯމަންސް އެޕްރައިޒަލް ފޯމް ފުރުމަށާއި، 01 ފެބްރުއަރީ 2012 ން 31 ޖަނަވަރީ 2013 އަށް މުވައްޒަފުން ކުރާނޭ މަސައްކަތްތަކާއި، ލަނޑުދަނޑިތައް ކަނޑައަޅައި ނިންމުމަށް ޤަސްދުކޮށް، ކައުންސިލް އިދާރާތަކުގައި މުވައްޒަފުންގެ ކަންތައްތައް ބެލެހެއްޓުމުގައި އިސްވެ ތިއްބެވި ބޭފުޅުންނަށް އެކަމާބެހޭ މަޢުލޫމާތު އެރުވުމަށްޓަކައި މި އަތޮޅުގެ ހުރިހާ ރަށުކައުންސިލްގެ ޒިންމާދާރުވެރިންނަށާއި، ރަށްރަށުގެ ސްކޫލް ތަކުން އިސްކޮށް ހަރަކާތްތެރިވާ ބޭފުޅަކާއި، ރަށްރަށުގެ ހިއުމަންރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީގެ މަދުވެގެން [...]

ތަފްސީލް
Jan 25th

ޤައުމީ ދުވަހާއިގުޅިގެން ދިދަ ނެގުމުގެ ޚާއްޞަ ރަސްމިއްޔާތު ބާއްވައިފި.

69 ވަނަ ޤައުމީ ދުވަހާ ގުޅިގެން ދިދަނެގުމުގެ ޚާއްޞަ ރަސްމިއްޔާތު 24 ޖަނަވަރީ 2012 ގައި އަތޮޅުކައުންސިލްގެ އިދާރާގައި ބޭއްވުނެވެ. މި ރަސްމިއްޔާތު ގައި ދިދަ ނަންގަވައިދެއްވީ އަތޮޅުކައުންސިލަރ އަލްފާޟިލް އިބްރާހީމް ޞާބިރެވެ. މި ރަސްމިއްޔާތުގައި ވިލިނގިލީގެ ބައެއް އިދާރާތަކުގެ މުވައްޒަފުންނާއި،  އާންމުންގެ ތެރެއިން ބައެއް މީހުން ބައިވެރިވިއެވެ.

ތަފްސީލް
Jan 22nd

ހުވަދުއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ ރައީސް އަތޮޅަށް ވަޑައިގެންފި

ހުވަދުއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ ރައީސް އަލްފާޟިލް ހާރޫން ރަޝީދު ޗުއްޓީއެއްގައި މާލެވަޑައިގެން ހުންނެވުމަށްފަހު 21 ޖެނުއަރީ 2012 ވަނަ ދުވަހު އަތޮޅަށް ވަޑައިގެން، 22 ޖެނުއަރީ 2012 ވަނަ ދުވަހު ރަސްމީގޮތުން އިދާރާ ހިންގެވުމާއި ޙަވާލުވެ ވަޑައިގެންފި އެވެ. އަތޮޅުކައުންސިލްގެ ރައީސް އަލްފާޟިލް ހާރޫން ރަޝީދު ޗުއްޓީއަށް ފެއްޓެވުން އޮފީހާއި ޙަވާލުވެ ވަޑައިގެން ހުންނެވީ އަތޮޅުކައުންސިލްގެ ނާއިބް ރައީސް އަލްފާޟިލް މަސްޢޫދު އަޙުމަދެވެ. އެއަށް ފަހު 14 ޖެނުއަރީ 2012 ވަނަ ދުވަހު ނާއިބްރައީސް އަލްފާޟިލް މަސްޢޫދު [...]

ތަފްސީލް
Jan 18th

އަތޮޅުކައުންސިލް އިދާރާގެ ޙަވާލުގައިހުރި ފަޅުރަށްރަށުގެ ތެރެއިން ދެ ފަޅުރަށެއް ކުއްޔަށް ދޫކުރުމަށް ކައުންސިލުން ނިންމައިފި

އަތޮޅުކައުންސިލްގެ އިދާރާގެ ހަވާލުގައި ހުރި ބައެއް ފަޅުރަށްރަށް ކުއްޔަށް ދޫކުރުމާބެހޭ ގޮތުން 09 ޖެނުއަރީ 2012 ގައި ކުރެއްވި އިޢުލާނަކާއި ގުޅިގެން ދެފަރާތަކުން ދެ ރަށަކަށް އެދިފައިވާތީ، ދެ ފަޅުރަށް ކުއްޔަށް ދޫކުރާގޮތަށް 17 ޖެނުއަރީ 2012 ގައި ބޭއްވުނު އަތޮޅުކައުންސިލްގެ 46 ވަނަ ޖަލްސާއިން ވަނީ ނިންމާފައެވެ. އެއީ މިއަތޮޅު ބަކެއްތާއާއި މާގަހުއްޓާ އެވެ.  2000.00 ރުފިޔާގެ ކުއްޔަކަށް ބަކެއްތާ ދޫކުރަންހަމަޖެހިފައިވަނީ މިއަތޮޅު ދާންދޫ އަންޑާޕޫލްގޭ މުޙަންމަދު އިސްމާޢީލް އަށެވެ. އަދި މާގެހުއްޓާ ދޫކުރުމަށް ހަމަޖެހިފައިވަނީ [...]

ތަފްސީލް
Jan 18th

ހުވަދުއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ 2012 ވަނަ އަހަރުގެ ބަޖެޓް ފާސްކޮށްފި

ހުވަދުއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ 2012 ވަނަ އަހަރުގެ ބަޖެޓް، 17 ޖެނުއަރީ 2012 ވަނަ ދުވަހު ބޭއްވި އަތޮޅުކައުންސިލްގެ 46 ވަނަ ޖަލްސާއިން ފާސްކޮށްފި އެވެ. މި ބަޖެޓަކީ 9949354.00 (ނުވަ މިލިއަން ނުވަސަތޭކަ ސާޅީސް ނުވަހާސް ތިންސަތޭކަ ފަންސާސް ހަތަރު ރުފިޔާ) ގެ ބަޖެޓެކެވެ. މި ބަޖެޓް ގެ ތަފްސީލަށް ބަލާއިރު ސަރުކާރުގެ ހިލޭ އެހީ ( ގްރާންޓް) ގޮތުގައި ހަމަޖެހޭނެކަމަށް ލަފާކުރެވޭ ،5997702.00 ( ފަސް މިލިޔަން ނުވަސަތޭކަ ނުވަދިހަ ހަތްހާސް ހަތްސަތޭކަ ދެ [...]

ތަފްސީލް
Jan 18th

އަތޮޅު ކައުންސިލްގެ އިދާރާއަށް ކާޑް ޕްރިންޓަރަކާއި، އައިޑީކާޑު ހެދުމަށް ބޭނުންވާ ސޮޔާއި، ފިންގަރޕްރިންޓް ސްކޭން ކުރާ މެޝިން ގަތުމަށް ދެ ވަނަ ފަހަރަށް އިޢުލާން ކޮށްފި

ހުވަދުއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ އިދާރާއިން، ލައިސަންސް ކާޑް ހެދުމުގެ ޚިދްމަތް ދިނުމަށާއި، ހުވަދު އަތޮޅު އުތުރުބުރީގެ ހުރިހާ ރަށްރަށުގެ ރަށު ކައުންސިލްތަކުން، އައިޑެންޓިޓީކާޑު ހެދުމަށް ބޭނުންވާ ސޮޔާއި، ފިންގަރޕްރިންޓް ނެގުމުގެ ޚިދްމަތް ޤާއިމު ކުރުމަށްޓަކައި ކަމާބެހޭ މެޝިނަރީޒް ގަތުމަށް ބޭނުންވެގެން ކުރި އިޢުލާނާ ގުޅިގެން، އެ ތަކެތި ވިއްކުމަށް އެދިފައިވާ ފަރާތްތައް، އެކަށީގެންވާ ވަރަށްވުރެ މަދު ވުމާއެކު، ގަވާއިދުގައިވާ ގޮތުގެމަތިން އެ ކަމަށް ދެވަނަ ފުރުޞަތެއް ހުޅުވައި ލައްވައިފި އެވެ. ހުވަދުއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލުން ފުރަތަމަ ފަހަރަށް [...]

ތަފްސީލް
Jan 16th

ޕްރޮޖެކްޓް ސައިކަލް މެނެޖްމަންޓް (ޕީ.ސީ.އެމް) ވޯކްޝޮޕް، ވިލިނގިލީގައި ފަށައިފި

ހުވަދުއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލާއި ރަށުކައުންސިލްތަކުގެ ބައެއް ކައުންސިލަރުންނާއި، ކައުންސިލްގެ އިދާރާތަކުގެ ބައެއް މުވައްޒަފުންނާ އެކު ޖުމްލަ 37 މީހުން ބައިވެރިކޮށްގެން، ޕްރޮޖެކްޓް ސައިކަލް މެނެޖްމަންޓް ވޯކްޝޮޕްގެ ނަމުގައި، ލޯކަލް ގަވަރންމަންޓް އޮތޯރިޓީން 3 ދުވަހުގެ މަސައްކަތު ބައްދަލުވުމެއް، ފަށައިފި އެވެ. މި ބައްދަލުވުމުގައި މަޢުލޫމާތު ދެއްވަނީ، އެ އޮތޯރިޓީގެ 4 ބޭފުޅެކެވެ. 14 ޖަނަވަރީ 2012 ވީ ހޮނިހިރު ދުވަހު މެންދުރު 2 ޖެހިއިރު ފެށި މި މަސައްކަތު ބައްދަލުވުމުގައި، ތަރައްޤީގެ ޕްރޮގްރާމްތަކާއި ޕްރޮޖެކްޓްތައް ރޭވުމަށްޓަކައި ރަށްރަށުގެ [...]

ތަފްސީލް
Jan 13th

އަތޮޅުކައުންސިލްގެ އިދާރާގެ ޑިރެކްޓަރ ކަމުގެ މަޤާމަށް އެދޭ ފަރާތްތަކަށް އެ ކަމުގެ ފުރުޞަތު ހުޅުވައިލައްވައިފި

ހުވަދުއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ އިދާރާގެ ޑިރެކްޓަރ ކަމުގެ މަޤާމަށް އެދޭ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވައިލައްވައި ޢާންމުކޮށް އިޢުލާން ކުރައްވައިފި އެވެ. މި އިޢުލާން ނެރުއްވާފައިވަނީ 11 ޖަނަވަރީ 2012 ގަ އެވެ. މި އިޢުލާންގެ މުއްދަތު ހަމަވާނީ 19 ޖަނަވަރީ 2012 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 3 ޖެހުމުންނެވެ. މި އިޢުލާންގައިވާ ގޮތުން މި ކަމަށް އެދޭ ފަރާތްތަކުން ފޯމާއި އަދި ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހެޅުމަށް ހަމަޖެހިފައިވަނީ، އަތޮޅުކައުންސިލްގެ އިދާރާ އަށެވެ. މި އިޢުލާން [...]

ތަފްސީލް
Jan 13th

އަތޮޅުން ޑޮކްޓަރީ ބޭސް ހުސްވެ ރައްޔިތުންގެ ޝަކުވާ އަތޮޅުކައުންސިލަށް ހުށަހެޅިއްޖެ

ހުވަދުއަތޮޅު އުތުރުބުރީ ކަނޑުހުޅުދޫން ފުރައިގެން ތިރީހަކަށް މޭލުގެ ކަނޑުދަތުރަކަށްފަހު، އަތޮޅު ހޮސްޕިޓަލަށް ބަލިމީހަކު އަންނަނީ، އެ ހޮސްޕިޓަލަށް އައުމުން އެ ބައްޔަކަށް އެކަށީގެންވާ ފަރުވާއާއި ޞިއްޙީ އެހީތެރިކަން ލިބޭނެކަމުގެ އުއްމީދުގަ އެވެ. ނަމަވެސް، ނަންބަރު ނަގައި ޑޮކްޓަރަށް ދެއްކުމަށްފަހު، ސިޓީ ހިފައިގެން ބޭސް ފިހާރައަށް ދިޔުމުން އެނގެނީ ބޭނުންވާ އެއްވެސް ބޭހެއް ލިބެން ނެތް ކަމެވެ. ބޭހާނުލައި ބަލި ފަސޭހަ ނުވާނެކަން އެނގޭތީއާއި، ހޮސްޕިޓަލަށް ދިޔުމަށްޓަކައި ކުރި ދަތުރާއި އުފުލި ބުރަ އިޙްސާސްތައް ދެން ބަދަލުވަނީ ހިތްނުތަނަވަސް [...]

ތަފްސީލް