Jan 13th

ދާންދޫ ޞިއްޙީ މަރްކަޒުގެ މުވައްޒަފުން، އަތޮޅުކައުންސިލަރުންނާއި، ޤައުމީ އިދާރާގެވެރިޔާއާ ބައްދަލުކޮށްފި

ދާންދޫ ޞިއްޙީ މަރްކަޒުން ރައްޔިތުންނަށް ދެމުން ގެންދާ ޚިދްމަތްތަކަށް މިހާރު ކުރިމަތިވެފައިވާ ދަތިތަކާއި އެ މައްސަލަތައް ޙައްލު ކުރުމަށްޓަކައި، ދާންދޫ ޞިއްޙީ މަރްކަޒުން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްޞީލު ހުށަހެޅުމަށްޓަކައި، އެ މަރްކަޒުގެ މުވައްޒަފުން، އަތޮޅުކައުންސިލަރުންނާއި އަދި ޤައުމީ އިދާރާގެ ވެރިޔާ އާ ބައްދަލު ކޮށްފި އެވެ. މި ބައްދަލުވުން އޮތީ، 12 ޖަނަވަރީ 2012 ވީ ބުރާސްފަތި ދުވަހު ހަވީރު 4 ޖެހިއިރު، ދާންދޫ ޞިއްޙީ މަރްކަޒުގަ އެވެ. އެ މަރްކަޒަށް މިހާރު ކުރިމަތިވެފައިވާ ދަތިތަކުގެ ތެރޭގައި، [...]

ތަފްސީލް
Jan 13th

ދާންދޫ ކައުންސިލްގެ އިދާރީ މުވައްޒަފުންނާއި ކައުންސިލަރުންނާއި އަތޮޅުކައުންސިލަރުން ބައްދަލު ކުރައްވައިފި

ދާންދޫ ކައުންސިލުން ރައްޔިތުންނަށް ދެމުން ގެންދާ ޚިދްމަތްތައް އިތުރަށް ހަރުދަނާ ކުރެއްވުމަށާއި، އިދާރީ މުވައްޒަފުންނާއި ކައުންސިލަރުންނާ އޮންނަންވާ ގުޅުންތަކުގެމައްޗަށް ވާހަކަ ދައްކައި މަޝްވަރާ ކުރުމަށްޓަކައި، އެ އިދާރާގެ މުވައްޒަފުންނާއި ދާންދޫ ކައުންސިލަރުންނާއެކު، 12 ޖަނަވަރީ 2012 ވީ ބުރާސްފަތި ދުވަހު މެންދުރު 2 ޖެހިއިރު، ދާންދޫ ކައުންސިލްގެ އިދާރާގައި ބައްދަލުވުމެއް ބާއްވަވައިފި އެވެ. މި ބައްދަލުވުމުގައި މަތިދެކުނު ސަރަޙައްދުގެ ޤައުމީ އިދާރާގެ ވެރިޔާ މުޙަންމަދު ޝަރީފު ވެސް ބައިވެރިވެ ވަޑައިގަތެވެ. މި ބައްދަލުވުމުގައި، މި ވަގުތު އެ [...]

ތަފްސީލް
Jan 13th

އަތޮޅުކައުންސިލްގެ 45 ވަނަ ބައްދަލުވުން، ކުއްލި ބައްދަލުވުމެއްގެ ގޮތުގައި ބާއްވަވައިފި

ވަރަށް އަވަހަށް ނިންމަވަންޖެހޭ ކަންތައްތަކެއް ހުރުމާއެކު، އެ ކަންތައްތައް ނިންމެވުމަށްޓަކައި، އަތޮޅުކައުންސިލްގެ 45 ވަނަ ބައްދަލުވުން، ކުއްލި ބައްދަލުވުމެއްގެ ގޮތުގައި، 12 ޖަނަވަރީ 2012 ވީ ބުރާސްފަތި ދުވަހުގެ މެންދުރު 11 ޖެހިއިރު، އަތޮޅުކައުންސިލްގެ އިދާރާގެ ލާމަރްކަޒީ މާލަމުގައި ބާއްވައިފި އެވެ. މި ބައްދަލުވުމުގައި ނިންމެވި ކަންތައްތަކުގެ ތެރޭގައި، އަތޮޅުކައުންސިލްގެ ރައީސް ޗުއްޓީއެއްގައި ހުންނަވަނިކޮށް، ނާއިބްރައީސް ވެސް ޗުއްޓީއެއް ނަންގަވަން ޖެހިވަޑައިގަތުމާ ގުޅިގެން އެ ދެބޭފުޅުންކުރެ ބޭފުޅަކުން އެނބުރި ވަޑައިގަންނަވަންދެން، އަތޮޅުކައުންސިލްގެ އިދާރާ ވަގުތީ ގޮތުން ހިންގަވާނެ [...]

ތަފްސީލް
Jan 11th

ޕްރޮޖެކްޓް ސައިކަލް މެނޭޖްމަންޓް ވޯކްޝޮޕްގެ ނަމުގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީން ވިލިނގިލީގައި ވޯކްޝޮޕެއް ބާއްވަވަނީ

ހުވަދުއަތޮޅު އުތުބުރީގެ ރަށު ކައުންސިލްތަކާއި އަތޮޅުކައުންސިލްގެ މުވައްޒަފުންނާއި ކައުންސިލަރުންނަށް އަމާޒުކޮށްގެން، ޕްރޮޖެކްޓް ސައިކަލް މެނެޖްމަންޓްގެ ނަމުގައި 3 ދުވަހުގެ ވޯކްޝޮޕެއް ބޭއްވެވުމަށް ލޯކަލް ގަވަރންމަންޓް އޮތޯރިޓީން ހަމަޖައްސަވައިފި އެވެ. މި ވޯކްޝޮޕް ބާއްވަވަނީ، 2012 ޖަނަވަރީ 12 ން 14 ގެ ނިޔަލަށް އަތޮޅުކައުންސިލްގެ މާލަމުގަ އެވެ. މި ބައްދަލުވުމަށް ބޭނުންވާ މައިގަނޑު އިންތިޒާމުތައް ހަމަޖައްސަވަނީ ވިލިނގިލީ ކައުންސިލްގެ އިދާރާއިން ނެވެ. އެ ކަމާގުޅޭގޮތުން އަތޮޅުކައުންސިލަރުންނާއި ވިލިނގިލީ ކައުންސިލަރުންގެ މެދުގައި ބޭއްވުނު ބައްދަލުވުމެއް 11 ޖަނަވަރީ 2011 [...]

ތަފްސީލް
Jan 06th

ވިލިނގިލީ ކައުންސިލަރުން ސަރުކާރުގެ އިސްބޭފުޅުންނާ ބައްދަލުކޮށްފި

ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީގެ ތަރައްޤީއާބެހޭ ކަންކަމުގައި، ސަރުކާރުން ހަމަޖައްސަވާފައިވާ ކަންތައްތަކާއި ސިޔާސަތުތައް ދެނެގަތުމަށާއި، ވިލިނގިލީ ރައްޔިތުންގެ ފަރާތުން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅުއްވަން ބޭނުންފުޅުވާ ކަންތައްތައް ހުށަހެޅުއްވުމަށްޓަކައި، އެ ރަށު ކައުންސިލަރުންގެ ވަފުދެއް މާލެ ގޮސް ސަރުކާރުގެ ބައެއް މިނިސްޓަރުންނާއި، ބައެއް އޮފީސްތަކުގެ ވެރިންނާ ބައްދަލު ކޮށްފި އެވެ. ވިލިނގިލީ ކައުންސިލްގެ ރައީސް އަލްފާޟިލު ސަޢުދު ޙުސައިން އިސްވެ ހުންނަވައިގެން މި ވަފުދުގެ ބޭފުޅުން މާލެއަށް ކުރެއްވި ދަތުރުފުޅު އޮތީ ހުސްވި ޑިސެމްބަރ މަހުގެ 22 ން [...]

ތަފްސީލް