ޤައުމީ ޤުރުޢާން މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ބާއްވާ އަތޮޅު ޤުރުޢާން މުބާރާތް ބާއްވައިފި
27ވަނަ ޤައުމީ ޤުރުޢާން މުބާރާތަށް ތައްޔާރުވުމުގެ ގޮތުން މި އަތޮޅުގައި ބޭއްވުމަށް ހަމަޖެހިފައިވާ އަތޮޅު ޤުރުޢާން މުބާރާތް ފެބުއަރީ 24 ން 26 އަށް މި އަތޮޅު ދާންދޫގައި ބާއްވައިފި އެވެ. މި މުބާރާތުގައި މި އަތޮޅުގެ 07 ރަށަކުން ބައިވެރިވެފައިވެ އެވެ. އެއީ ވިލިނގިލި، ކޮލަމާފުށި، މާމެންދޫ، ދާންދޫ، ދެއްވަދޫ އަދި ގެމަނަފުއްޓެވެ. މި މުބާރާތުގައި މުޅި ޖުމްލަ 84 ކުދިން ބައިވެރިވެފައިވެ އެވެ. އެއީ ޢުމުރުފުރާތަކަށް ބެހިގެން ބަލައިގެން ކިޔެވުމުގެ ގޮފިން 69 ކުދިންނެވެ. [...]
