Mar 22nd

ހުވަދުއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ ރައީސް އަތޮޅަށް ވަޑައިގެންފި

ހުވަދުއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ ރައީސް އަލްފާޟިލް ހާރޫން ރަޝީދު ޗުއްޓީއެއްގައި މާލެވަޑައިގެން އުޅުއްވުމަށްފަހު 20 މާރޗް 2012 ވަނަ ދުވަހު އަތޮޅަށް ވަޑައިގެން 21 މާރޗް 2012 ވަނަ ދުވަހު ރަސްމީގޮތުން އިދާރާ ހިންގުމާއި ޙަވާލުވެ ވަޑައިގެންފި އެވެ. އަތޮޅުކައުންސިލްގެ ރައީސް އަލްފާޟިލް ހާރޫން ރަޝީދު 28 ފެބްރުވަރީ 2012 ގައި ޗުއްޓީއަށް ފެއްޓެވުމާއި ގުޅިގެން، އެ ދުވަހުން ފެށިގެން 20 މާރޗް 2012 ވަނަ ދުވަހާ ހަމަޔަށް އިދާރާއާއި ޙަވާލުވެ ވަޑައިގެން ހުންނެވީ އަތޮޅުކައުންސިލްގެ ނާއިބް [...]

ތަފްސީލް
Mar 21st

ސިވިލްސާރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން “ހިއުމަންރިސޯސް މެނޭޖްމަންޓް” ގެ ނަމުގައި ވޯރކްޝޮޕެއް ބާއްވައިފި

ސިވިލްސާރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން “ހިއުމަންރިސޯސް މެނޭޖްމަންޓް” ގެ ނަމުގައި ގއ. އަތޮޅަށް އަމާޒްކޮށް 2 ދުވަހުގެ މުއްދަތަށް ވިލިނގިލީގައި ހިންގޭ ވޯރކްޝޮޕެއް 19 މާރިޗް 2012 ވަނަ ދުވަހުގެ ހެނދުނު ފަށައިގެން ކުރިއަށް ގެންދެވިފައިވެ އެވެ.  މި ވޯރކްޝޮޕް ބޭއްވިފައިވަނީ ހުވަދުއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލް އިދާރާގެ ބައްދަލުވުން ބާއްވާ ހޯލުގައެވެ. މި ވޯރކްޝޮޕަކީ ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ ކައުންސިލްގެ އިދާރާއިން އިސްނަންގަވައިގެން ކުރިއަށް ގެންދެވޭ ވާރކްޝޮޕެކެވެ. މި ވޯރކް ޝޮޕްގައި އަތޮޅުގެ ކޮންމެ ރަށަކުން ރަށުކައުންސިލްގެ ޒިންމާދާރުވެރިޔާއާއި، [...]

ތަފްސީލް
Mar 13th

ހުވަދުއަތޮޅުއުތުރުބުރީ އަތޮޅުކައުންސިލްގެ 54 ވަނަ ޖަލްސާ ބާއްވައިފި

12މާރޗް2012 ވަނަ ދުވަހުގެ ރޭ 21:50 ގައި އަތޮޅުކައުންސިލްގެ 54 ވަނަ ޖަލްސާ ބާއްވައިފި އެވެ. މި ޖަލްސާ ބޭއްވިފައިވަނީ އަތޮޅުކައުންސިލްގެ 54 ވަނަ ޖަލްސާގެ އެޖެންޑާ ފާސްކުރުމާއި، 52 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުމާއި،  54 ވަނަ ޖަލްސާގެ އެޖެންޑާގައި ހިމެނޭ ކަންތައްތަކާބެހޭ ގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުމަށެވެ. މި ޖަލްސާގެ އެޖެންޑާގައިވާ ކަންތައްތަކުގެތެރެއިން 06 ކަމެއް މި ޖަލްސާއިން ނިންމާފައިވެ އެވެ. މި ގޮތުން ނިންމި ކަންތައްތަކުގެތެރޭގައި:-   1-      ވިލިނގިލީގައި ހުންނަ ޒުވާނުންނާއި [...]

ތަފްސީލް
Mar 13th

ހުވަދުއަތޮޅުއުތުރުބުރީ ނިލަންދޫ ކައުންސިލް އިދާރާގެ އެކިއެކި މަޤާމުތަކަށް އެދިފައިވާ މީހުންގެ އިންޓަރވިއު ކުރުމަށާއި، އެކައުންސިލްގެ ކައުންސިލަރުންނާއި މުވައްޒަފުންނާއި ބައްދަލުކުރެއްވުމަށްޓަކައި އަތޮޅު ކައުންސިލުން ނިލަންދުއަށް ދަތުރެއް ކުރައްވައިފި

ހުވަދުއަތޮޅުއުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާގެ އެކިއެކި މަޤާމުތަކަށް އެދިފައިވާ މީހުންގެ އިންޓަރވިއު  ކުރުމަށާއި، އެކައުންސިލްގެ ކައުންސިލަރުންނާއި މުވައްޒަފުންނާއި ބައްދަލުކުރެއްވުމަށްޓަކައި އަތޮޅު ކައުންސިލުން 12 ފެބްރުވަރީ 2012 ވަނަ ދުވަހު ނިލަންދުއަށް ދަތުރެއް ކުރެވުނެވެ. މި ދަތުރުގައި ނިލަންދުއަށް ވަޑައިގެން ނިލަންދޫ ކައުންސިލްއާއި އެ ކައުންސިލްގެ މުވައްޒަފުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ޓަކައި ބައްދަލުވުމެއް ބޭއްވުނެވެ. މި ބައްދަލުވުމުގައި އެ އިދާރާގެ ކައުންސިލަރުންނާއި މުވައްޒަފުންނާ އަދި ޒިންމާދާރު ވެރިޔާއާއި ދެމެދު ޚިޔާލުތަފާތުވެ އުފެދިފައިވާ މައްސަލާތަކާއިމެދު މަޝްވަރާކުރެވުނެވެ. [...]

ތަފްސީލް
Mar 07th

ހުވަދުއަތޮޅުއުތުރުބުރީ އަތޮޅުކައުންސިލްގެ 53 ވަނަ ޖަލްސާ ބާއްވައިފި

06މާރޗް2012 ވަނަ ދުވަހު ގެ މެންދުރުފަހު 01:15 ގައި އަތޮޅުކައުންސިލްގެ 53 ވަނަ ޖަލްސާ ބާއްވައިފި އެވެ. މި ޖަލްސާ ބޭއްވިފައިވަނީ އަތޮޅުކައުންސިލްގެ 53 ވަނަ ޖަލްސާގެ އެޖެންޑާ ފާސްކުރުމާއި، 51 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުމާއި،  53 ވަނަ ޖަލްސާގެ އެޖެންޑާގައި ހިމެނޭ ކަންތައްތަކާބެހޭ ގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުމަށެވެ. މި ޖަލްސާގެ އެޖެންޑާގައިވާ ކަންތައްތަކުގެތެރެއިން 05 ކަމެއް މި ޖަލްސާއިން ނިންމާފައިވެ އެވެ. މި ގޮތުން ނިންމި ކަންތައްތަކުގެތެރޭގައި:-   1-      ކޫއްޑޫގައި ހިނގަމުންދިޔަ [...]

ތަފްސީލް
Mar 06th

ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް ލިމިޓެޑްގެ މުވައްޒަފުން ކުރަމުންގެންދިޔަ މުޒާހަރާ ސުލްޙަވެރިކަމާއެކު ހުއްޓާލައިފި

ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް ލިމިޓެޑްގެ މެނޭޖްމަންޓްގައި ހުރި މައްސަލަތަކަކާއި ގުޅިގެން ގިނަ އަދަދެއްގެ މުވައްޒަފުން މެނޭޖްމަންޓާމެދު ހިތްހަމަނުޖެހި 03 މާރިޗް 2012 ވީ ހޮނިހިރު ދުވަހުން ފެށިގެން ކުރިއަށް ގެންދިޔަ މުޒާހަރާތައް ހުއްޓާނުލައި ކުރިއަށް ގެންދަމުންދާތީ، އެ ކަން އަތޮޅުކައުންސިލްގެ ސަމާލުކަމަށް ގެނެސް މުޒާހަރާ ގެ ކަންތައްތައް ހުއްޓުވުމަށްޓަކައި މަޝްވަރާކުރެއްވުމަށް 05 މާރިޗް 2012 ވީ ހޯމަދުވަހު އަތޮޅުކައުންސިލްގެ ފަރާތުން ޓީމެއް ކޫއްޑުއަށް ވަޑައިގެންނެވި އެވެ. މި ޓީމުގެ ބޭފުޅުން ކޫއްޑުއަށް ވަޑައިގެން، މުޒާހަރާ ކުރަމުން ގެންދިޔަ [...]

ތަފްސީލް
Mar 05th

ހުވަދުއަތޮޅުއުތުރުބުރީ އަތޮޅުކައުންސިލްގެ 52 ވަނަ ޖަލްސާ ބާއްވައިފި

29ފެބްރުއަރީ2012 ވަނަ ދުވަހު ގެ ހެނދުނު 10:00 ގައި އަތޮޅުކައުންސިލްގެ 52 ވަނަ ޖަލްސާ ބާއްވައިފި އެވެ. މި ޖަލްސާ ބޭއްވިފައިވަނީ އަތޮޅުކައުންސިލްގެ 52 ވަނަ ޖަލްސާގެ އެޖެންޑާ ފާސްކުރުމާއި، 50 ވަނަ ޖހަލްސާގެ ޔައުމިއްޔާ ފާސްކުރުމާއި،  52 ވަނަ ޖަލްސާގެ އެޖެންޑާގައި ހިމެނޭ ކަންތައްތަކާބެހޭ ގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުމަށެވެ. މި ޖަލްސާގެ އެޖެންޑާގައިވާ ކަންތައްތަކުގެތެރެއިން  08 ކަމެއް މި ޖަލްސާއިން ނިންމާފައިވެ އެވެ. މި ގޮތުން ނިންމި ކަންތައްތަކުގެތެރޭގައި:- 1-      ގއ. ކޮނޑޭ މެޖިސްޓްރޭޓް [...]

ތަފްސީލް