Aug 29th

ގއ.ކޫއްޑޫގައި ޢިމާރާތް ކުރެވެމުންދާ އެއަރޕޯޓުގެ މަސައްކަތް ނިމެމުންދަނީ

ހުވަދުއަތޮޅު އުތުރުބުރީ ކޫއްޑުގައި ޢިމާރާތްކުރެވެމުންދާ އެއާރޕޯޓުގެ މަސައްކަތް މިހާރު ނިމުމަކާހަމަޔަށް އަތުވެއްޖެ އެވެ. އެއަރޕޯޓެއް ތަރައްޤީކޮށް، ވައިގެ މަގުން އުދުހުމުގެ ޚިދްމަތް ގއ. އަތޮޅުގައި ޤާއިމުވެގެން ދިއުމަކީ އަތޮޅުގެ އިޤްޞާދު ތަރައްޤީވެ، އިޖްތިމާޢީ ގޮތުން ވަރަށް ބޮޑު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމެއްކަމަށް ވާތީ، މި އެއަރޕޯޓް ހުޅުވުމުގެ ރަސްމިއްޔާތު ކުލަގަދަގޮތެއްގައި ފާހަގަކުރުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް އަތޮޅުކައުންސިލްގެ އިދާރާއިން ކުރުމަށްޓަކައި އެކަމާބެހޭ މަޝްވަރާތައް ދަނީ ކުރެވެމުންނެވެ. އެހެންކަމުން ކޫއްޑޫގައި މަސައްކަތްކުރައްވާ މުވައްޒަފުންނާއި، ބައްދަލުކުރެއްވުމަށްޓަކައި އަތޮޅުކައުންސިލްގެ ފަރާތުން 28 އޯގަސްޓް [...]

ތަފްސީލް
Aug 29th

ގއ.އަތޮޅުގެ މާސްޓަރ ޕްލޭން ހެދުމަށްބޭނުންވާ ސާރވޭތައް ކުރުމަށްޓަކައި ޓީމެއް ވަޑައިގެންފި

ހުވަދުއަތޮޅު އުތުރުބުރީ ގެ މާސްޓަރ ޕްލޭން ހެދުމަށް ކޮމާރސް ޑިވެލޮޕްމަންޓް އެންޑް އެންވަޔަރަންމަންޓް ޕްރައިވެޓް ލިމިޓެޑް (ސީ.ޑީ.އީ) އާއި އަތޮޅުކައުންސިލްގެ އިދާރާއާއި ދެމެދު ވެވިފައިވާ އެއްބަސްވުމުގެ ދަށުން ، 28 އޯގަސްޓް 2012 ވަނަ ދުވަހު އަތޮޅުގެ މާސްޓަރ ޕްލޭން ހެދުމަށްޓަކައި ކުރަންޖެހޭ ސާރވޭތައް ކުރައްވައި ރަށްރަށާއިބެހޭ މަޢުލޫމާތު އެއްކުރެއްވުމަށްޓަކައި ސީ.ޑީ.އީ ގެ ޓީމެއް ގއ. އަތޮޅަށް ވަޑައިގެންފި އެވެ. މި ޓީމުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ، ސީ.ޑީ.އީ ގެ ޑރ.ސިމާދު ސަޢީދު، އަލްފާޟިލާ ހަފީޒާ ޢަބުދުﷲ، އަލްފާޟިލާ [...]

ތަފްސީލް
Aug 28th

ހުވަދުއަތޮޅުއުތުރުބުރީ އަތޮޅުކައުންސިލްގެ 71 ވަނަ ޖަލްސާ ބާއްވައިފި

ހުވަދުއަތޮޅުއުތުރުބުރީ އަތޮޅުކައުންސިލްގެ 71 ވަނަ ޖަލްސާ  ބާއްވައިފި ހުވަދުއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ 71 ވަނަ ޖަލްސާ  27 އޯގަސްޓް 2012 ވަނަ ދުވަހުގެ ހެނދުނު 13:30 ގައި އަތޮޅުކައުންސިލްގެ އިދާރާގައި ބާއްވައިފި އެވެ. މި ޖަލްސާ ބޭއްވިފައިވަނީ އަތޮޅުކައުންސިލްގެ 71 ވަނަ ޖަލްސާގެ އެޖެންޑާ ފާސްކުރުމާއި، 71 ޖަލްސާގެ އެޖެންޑާގައި ހިމެނޭ ކަންތައްތަކާބެހޭ ގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުމަށެވެ. މި ޖަލްސާގެ އެޖެންޑާގައިވާ ކަންތައްތަކާމެދު މަޝްވަރާކޮށް، އެ ކަންތައްތަކުގެ ތެރެއިން 6 ކަމެއް މި ޖަލްސާއިން ނިންމާފައިވެ [...]

ތަފްސީލް
Aug 09th

ހުވަދުއަތޮޅުއުތުރުބުރީ އަތޮޅުކައުންސިލްގެ 69 ވަނަ ޖަލްސާ ބާއްވައިފި

ހުވަދުއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ 69 ވަނަ ޖަލްސާ  07 އޯގަސްޓް 2012 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި އަތޮޅުކައުންސިލްގެ އިދާރާގައި ބާއްވައިފި އެވެ. މި ޖަލްސާ ބޭއްވިފައިވަނީ އަތޮޅުކައުންސިލްގެ 69 ވަނަ ޖަލްސާގެ އެޖެންޑާ ފާސްކުރުމާއި،65،66،67،68 ޔައުމިއްޔާ ފާސްކުރުމާއި، 69 ޖަލްސާގެ އެޖެންޑާގައި ހިމެނޭ ކަންތައްތަކާބެހޭ ގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުމަށެވެ. މި ޖަލްސާގެ އެޖެންޑާގައިވާ ކަންތައްތަކާމެދު މަޝްވަރާކޮށް، އެ ކަންތައްތަކުގެ ތެރެއިން 6 ކަމެއް މި ޖަލްސާއިން ނިންމާފައިވެ އެވެ. މި ގޮތުން ނިންމި [...]

ތަފްސީލް
Aug 01st

ހުވަދުއަތޮޅުއުތުރުބުރީ އަތޮޅުކައުންސިލްގެ 68 ވަނަ ޖަލްސާ ބާއްވައިފި

ހުވަދުއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ 68 ވަނަ ޖަލްސާ  31 ޖުލައި 2012 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި އަތޮޅުކައުންސިލްގެ އިދާރާގައި ބާއްވައިފި އެވެ. މި ޖަލްސާ ބޭއްވިފައިވަނީ އަތޮޅުކައުންސިލްގެ 68 ވަނަ ޖަލްސާގެ އެޖެންޑާ ފާސްކުރުމާއި، މި ޖަލްސާގެ އެޖެންޑާގައި ހިމެނޭ ކަންތައްތަކާބެހޭ ގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުމަށެވެ. މި ޖަލްސާގެ އެޖެންޑާގައިވާ ކަންތައްތަކާމެދު މަޝްވަރާކޮށް، އެ ކަންތައްތަކުގެ ތެރެއިން 5 ކަމެއް މި ޖަލްސާއިން ނިންމާފައިވެ އެވެ. މި ގޮތުން ނިންމި ކަންތައްތަކަކީ:- 1-      [...]

ތަފްސީލް