Sep 24th

ކައުންސިލްތަކުގެ ހިންގުން ހަރުދަނާކުރުމަށްޓަކައި ޕްރޮކިއުމެންޓާބެހޭ ގޮތުން ހިންގާ ޓްރޭނިން ޕްރޮގްރާމެއް ފަށައިފި

ކައުންސިލްތަކުގެ ހިންގުން ހަރުދާނާކޮށް ކުރިއެރުވުމުގެ ބޭނުމުގައި ލޯކަލްޤަވަރމަންޓް އޮޓޯރިޓީން ހިންގާ ޓްރެއިނިންގތަކުގެ ތެރެއިން ޕްރޮކިއުމެންޓާބެހޭގޮތުން “ލޯކަލް ކައުންސިލްސް ޕްރޮކިއުމެންޓް” ގެ ނަމުގައި ސެޕްޓެމްބަރ މަހުގެ 22 ން 25 އަށް ވިލިނގިލީގައި  ބާއްވާ ޓްރެއިނިން ޕްރޮގްރާމް 22 ސެޕްޓެމްބަރ 2012 ވަނަ ދުވަހު ފަށައިގެން ކުރިއަށް އެބަދެއެވެ.  މި ޓްރެއިނިންގ ޕްރޮގްރާމް ހިންގަމުންދަނީ އަތޮޅުކައުންސިލްގެ އިދާރާގައެވެ. މި ޓްރެއިނިނގް ޕްރޮގްރާމަކީ އަތޮޅުގެ ކޮންމެ ކައުންސިލަކުން ކައުންސިލްގެ ރައީސް އަދި ޒިންމާދާރުވެރިޔާ ހިމެނޭގޮތަށް  ކޮންމެ ކައުންސިލަކުން 2 ބޭފުޅުން [...]

ތަފްސީލް
Sep 17th

ހުވަދުއަތޮޅުއުތުރުބުރީ އަތޮޅުކައުންސިލްގެ 72 ވަނަ ޖަލްސާ ބާއްވައިފި

ހުވަދުއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ 72 ވަނަ ޖަލްސާ  13 ސެޕްޓެމްބަރ 2012 ވަނަ ދުވަހުގެ ހެނދުނު 10:30 ގައި އަތޮޅުކައުންސިލްގެ އިދާރާގައި ބާއްވައިފި އެވެ. މި ޖަލްސާ ބޭއްވިފައިވަނީ އަތޮޅުކައުންސިލްގެ 72 ވަނަ ޖަލްސާގެ އެޖެންޑާ ފާސްކުރުމާއި، 70،71 ވަނަ ޖަލްސާގެ ޔައުމިއްޔާ ފާސްކުރުމާއި، 72 ޖަލްސާގެ އެޖެންޑާގައި ހިމެނޭ ކަންތައްތަކާބެހޭ ގޮތުން މަޝްވަރާކޮށް ގޮތެއް ނިންމުމަށެވެ. މި ޖަލްސާގެ އެޖެންޑާގައިވާ ކަންތައްތަކާމެދު މަޝްވަރާކޮށް، އެ ކަންތައްތަކުގެ ތެރެއިން 8 ކަމެއް މި ޖަލްސާއިން ނިންމާފައިވެ އެވެ. [...]

ތަފްސީލް
Sep 17th

ރައީސުލްޖުމްހޫރިއްޔާ ގއ. ކޮލަމާފުއްޓަށް ވަޑައިގެން ކޮލަމާފުށީ ރައްޔިތުންނާއި ބައްދަލުކުރައްވައިފި

ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަޙީދު ޙަސަން މަނިކު ހުވަދުއަތޮޅަށް ކުރައްވާ ދަތުރުފުޅެއްގައި 15 ސެޕްޓެމްބަރ 2012 ގައި ކޮލަމާފުއްޓަށް ވަޑައިގެންނެވި އެވެ. އެމަނިކުފާނު ކޮލަމާފުއްޓަށް ވަޑައިގެން ކޮލަމާފުށީ ރައްޔިތުންނާއި ބައްދަލުކުރެއްވި އެވެ. މި ބައްދަލުވުމުގައި ރައްޔިތުންނާއި މުޚާޠަބުކޮށް ރައީސް ދެއްކެވި ވާހަކަ ފުޅުގައި އެމަނިކުފާނު ވިދާޅުވީ ކޮލަމާފުށީގެ ޕްލިސް ސްޓޭޝަންގެ ޚިދްމަތް މެދުކެނޑިފައިވާތީ މިމަސް ނިމުމުގެ ކުރިން އެތަނުގެ ޚިދްމަތް ލިބޭވަރު ވާނެ ކަމަށާއި، ކޮލަމާފުށީގެ ނަރުދަމާގެ މަސައްކަތް މިއަންނަ އަހަރު ފެއްޓޭވަރުވާނެ ކަމަށެވެ. އަދި [...]

ތަފްސީލް
Sep 12th

ގއ. މާމެންދޫގައި ތިން މަޝްރޫޢުއެއް ރައީސުލް ޖުމްހޫރިއްޔާ ފައްޓަވައިދެއްވައިފި

ގއ. އަތޮޅަށް ރައީސުލް ޖުމްހޫރިއްޔާ ޑރ.މުޙަންމަދު ވަޙީދު ޙަސަންމަނިކު ކުރއްވަމަން ގެންދަވާ ރަސްމީ ދަތުރުފުޅުގައި 11 ސެޕްޓެމްބަރ 2012 ވަނަ ދުވަހު ގއ. މާމެންދުއަށް ވަޑައިގެން އެރަށުގައި ހިންގަން ހަމަޖެހިފައިވާ ތިން މަޝްރޫއެއް ފައްޓަވައި ދެއްވި އެވެ. މި ގޮތުން އެމަނިކުފާނު އެރަށުން އެންމެ ފުރަތަމަ ބިންގާ އަޅުއްވައި ދެއްވީ ސަރުކާރުގެ ޚަރަދުގައި އެ ރަށުގައި ޢިމާރާތް ކުރެވޭ މިސްކިތުގައެވެ. މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ ހެނދުނު  10:30 ގައި ރައީސް ޑރ. މުޙަންމަދު ވަޙީދު ޙަސަން މަނިކެވެ. [...]

ތަފްސީލް
Sep 11th

ގއ. އަތޮޅު ފަޅުމާފުށީ ރިސޯޓް “ދަ ރެސިޑެންސް މޯލްޑިވްސް ” ހުޅުވައިފި

ގއ. ފަޅުމާފުށީގައި ހަދާފައިވާ ” ދަ ރެސިޑެންސް މޯލްޑިވްސް” ރިސޯރޓް 10 ސެޕްޓެމްބަރ 2012 ވަނަ ދުވަހުގެ ހަވީރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަޙީދު ޙަސަން މަނިކު ހުޅުއްވައި ދެއްވައިފި އެވެ. ސިންގަޕޫރުގެ ބޮނަވިސްޓާ އިން ތަރައްގީކޮށްފައިވާ އެ ރިސޯޓް ހުޅުވުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ސަރުކާރުގެ އިސްވެރިނާއި ބޮނަވިސްޓާގެ އިސްވެރިން ބައިވެރިވެރިވެވަޑައިގެންނެވި އެވެ. އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. ވަހީދު ވިދާޅުވީ އެ ރިސޯޓަކީ ވަރަށް ހިތްގައިމު ރީތި ރިސޯޓެއް ކަމަށާއި ބޮނަވިސްޓާ [...]

ތަފްސީލް
Sep 11th

ގއ. ވިލިނގިލީ ރިސޯސް ރިކަވަރީ އެންޑް ވޭސްޓް މެނޭޖްމަންޓް ސެންޓަރު ހުޅުވައިފި

ރާއްޖެއާއި ރާއްޖޭން ބޭރުގައި ގިނަ އަދަދެއްގެ ރިސޯޓްތައް ހަދަމުން ގެންދާ ދިވެހި ކުންފުންޏެއް ކަމަށްވާ ކޭ.އެޗް.އޭ ރިސޯޓްސް އެންޑް ހޮޓެލްސް ކޮންސްޓްރަކްޝަންގެ ޗެއާމަން މުހައްމަދު އަލީ ޖަނާހުގެ އަމިއްލަ ހަރަދުގައި، ކުނި ނައްތާލާ ނިޒާމެއް ވިލިނގިލީގައި ގާއިމްކޮށްދީފައިވެ އެވެ. ވިލިނގިލި ރިސޯސް ރިކަވަރީ އެންޑް ވޭސްޓް މެނޭޖްމަންޓް ސެންޓަރު 10 ސެޕްޓެމްބަރ 2012 ވަނަ ދުވަހުގެ ހަވީރު 2:30 ހާއިރު ހުޅުއްވައި ދެއްވީ ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ޙަސަން މަނިކު އެވެ. މި ކުނިކޮށި [...]

ތަފްސީލް
Sep 11th

ގއ.އަތޮޅުގައި ޤާއިމުކުރެވުނު ގއ.ކޫއްޑޫ އެއަރޕޯޓް ހުޅުވައިފި

ގއ. ކޫއްޑޫގައި ޤާއިމުކުރެވުނު އެއަރޕޯޓް ހުޅުވުމުގެ ގޮތުން ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙަންމަދު ވަޙީދު ޙަސަންމަނިކު ވަޑައިގެންނެވި ފްލައިޓް ކޫއްޑޫ އެއަރޕޯރޓަށް ޖައްސާފައިވަނީ 10 ސެޕްޓެމްބަރ 2012 ވަނަ ދުވަހު 10:53 ގަ އެވެ. މި ފްލައިޓް ގއ. ކޫއްޑޫ އެއަރޕޯޓަށް ޖެއްސުމާ ގުޅިގެން ސަގާފީ ކުޅިވަރުގެ އައިޓަމަކާއެކު، ގއ. އަތޮޅު ތަޢުލީމީ މަރިކަޒްގެ  ދަރިވަރުންގެ ނެށުމުގެ އައިޓަމެއް ބޭއްވިފައިއެވެ. މި އެއަރޕޯޓް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙަންމަދު ވަޙީދު ޙަސަންމަނިކު އެވެ. ކޫއްޑޫ އެއަރޕޯޓަކީ ރާއްޖޭގައި ހަ [...]

ތަފްސީލް