Jun 29th

ބަރަކާތްތެރި ރަމަޟާންމަސް ފެށުމާ ގުޅިގެން އަތޮޅުގެ އެންމެހައި ރައްޔިތުންނަށް، އަތޮޅުކައުންސިލްގެ ރައީސް ތަހްނިޔާ ފޮނުއްވައިފި

ތަފްސީލް
Jun 26th

ރޯދަމަހުގެ ތަހްނިޔާ ފޮނުއްވައިފި

1435 ވަނަ އަހަރުގެ ރޯދަމަސް ފެށެން ކައިރިވެފައި ވުމާއެކު، އަތޮޅު ކައުންސިލްގެ ރައީސް ޙުސައިން އާދަމްގެ ފަރާތްޕުޅުން، ރަށްރަށުގެ ކައުންސިލަރުންނަށާއި، އަތޮޅުކައުންސިލާއި ރަށުކައުންސިލްތަކުގެ އިދާރީ މުވައްޒަފުންނަށާއި އަދި އަތޮޅުގެ އެންމެހައި ރައްޔިތުންނަށް، ބަރަކާތްތެރި ރަމަޟާންމަހުގެ ތަހްނިޔާ ފޮނުއްވައިފި އެވެ.

ތަފްސީލް
Jun 26th

މުވައްޒަފުންގެ މާހެފުން 1435 ބާއްވައިފި

ގއ. އަތޮޅުކައުންސިލްގެ އިދާރާގެ މުވައްޒަފުންގެ ފަރާތުން 1435 ވަނަ އަހަރުގެ މާހެފުން ބާއްވައިފި އެވެ. މި ހަފުލާ އޮތީ 25 ޖޫން 2014 ވީ ބުދަ ދުވަހުގެ ރޭ 8:30 ގައި އަތޮޅުގޭގަ އެވެ. މި ހަފުލާގައި މި ވަގުތު އޮފީހަށް ވަޑައިގަންނަވާ ކައުންސިލަރުންނާއި ކައުންސިލްގެ ރައީސް ޙުސައިން އާދަމްގެ އިތުރުން ނާއިބްރައީސް މުޙައްމަދު ޚަލީލް ވެސް ބައިވެރިވެ ވަޑައިގަތެވެ. މި ހަފްލާގެ އެންމެހައި ތައްޔާރީތަކުގެ ޚަރަދާއި މަސައްކަތް ކޮށްފައިވަނީ އަތޮޅުކައުންސިލްގެ އިދާރާގެ އަންހެން މުވައްޒަފުންނެވެ.

ތަފްސީލް
Jun 26th

ގއ. ދިޔަދޫ ނަރުގިސްވިލާގޭގެ ބަދަލުގައި ކޮނޑޭގައި އިމާރާތްކޮށްދޭންޖެހޭ ގެ އިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

2010ވަނަ އަހަރާ ހަމަޔަށް ގއ. ދިޔަދޫގައި ދިރިއުޅެމުން އައި ރައްޔިތުން އެހެން ރަށްރަށަށް ދިރިއުޅުން ބަދަލުކުރި މަރްހަލާގެ ތެރޭގައި، ދާއިމީ ހިޔާވަހިކަން ދައުލަތުން ފޯރުކޮށް ނުދެވި އޮތް، ދިޔަދޫ ނަރުގިސްވިލާ ގޭގައި ދިރިއުޅެމުން އައި މީހުންނަށް ދާއިމީ ހިޔާވަހިކަން ހޯދައިދިނުމަށްޓަކައި ގއ. އަތޮޅުކައުންސިލް މެދުވެރިކޮށް ގއ. ކޮނޑޭގައި ގެއެއް އިމާރާތް ކުރުމަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރުން ހަމަޖެއްސެވުމާ ގުޅިގެން، އެ ގެ އިމާރާތް ކުރުމުގެ އެއްބަސްވުމުގައި ފާސްޓް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއި ގއ. އަތޮޅުކައުންސިލުން [...]

ތަފްސީލް
Jun 26th

އެމް.އައި ކޮލެޖުން، ގއ. ވިލިނގިލީގައި ކެމްޕަހެއް ހުޅުވުމާބެހޭ ގޮތުން އަތޮޅުކައުންސިލާ މަޝްވަރާ ކުރައްވައިފި

އެމް.އައި ކޮލެޖްގެ ކެމްޕަހެއް، ގއ. އަތޮޅުގައި ހުޅުވައި، އެކި ދާއިރާތަކުން ސެޓްފިކެޓް ލެވެލް 3 އިން ފެށިގެން އެސޯސިއޭޓް ޑިގްރީއާ ހަމަޔަށް އެ ކެމްޕަހުގައި ކޯސްތައް ހިންގުމަށް އެ ކޮލެޖުން ރާވައިފައިވާ ޕްލޭނަކާ ބެހޭ ގޮތުން އެ ކޮލެޖްގެ ފަރާތުން އަތޮޅުކައުންސިލާ ބައްދަލުކޮށް މަޝްވަރާ ކޮށްފި އެވެ. ކޮލެޖްގެ ފަރާތުން އަލްފާޟިލާ ޢާދިލާ ރުޝްދީ އަތޮޅުކައުންސިލާ ބައްދަލުކުރައްވައި މަޢުލޫމާތު ދެއްވި ގޮތުގައި ވިލިނގިލިން އިމާރާތެއް ލިބިވަޑައިގަތްހައި އަވަހަކަށް އެ ކޮލެޖްގެ ކޯސްތައް ވިލިނގިލީގައި ހިންގަވަން ފަށްޓަވާނެ އެވެ. [...]

ތަފްސީލް
Jun 25th

އެމް.އެން.ޑީ.އެފުން ހުވަދުއަތޮޅު ސަރަޙައްދަށް ކަނޑައަޅުއްވާފައި ހުންނަވާ ކޮމާންޑަރ، އަތޮޅުކައުންސިލާ ބައްދަލު ކުރައްވައިފި

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އިން ހުވަދުއަތޮޅު ސަރަޙައްދަށް ކަނޑައަޅުއްވާފައި ހުންނަވާ ކޮމާންޑަރ ފަސްޓްލެފްޓިނެންޓް ޙުސައިން ޝަރީފް، އަތޮޅުކައުންސިލާ ބައްދަލުކުރައްވައި، އެމް.އެން.ޑީ.އެފް ގެ ދާއިރާއިން އަތޮޅުގެ ރަށްރަށުގައި ކުރައްވަން ހަމަޖައްސަވާފައިވާ ކަންތައްތަކާއި، އެ ކަންކަމުގައި އަތޮޅުކައުންސިލާއި ރަށްރަށުގެ ކައުންސިލްތަކުގެ އިތުރުން، ރަށްރަށުގައި އުފެދިފައިވާ ކްލަބް، ޖަމްޢިއްޔާތަކާއި އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ރަށްރަށުގެ ސްކޫލް މަދަރުސާތަކާއި އަތޮޅުގެ ރެޑްކްރެސެންޓްގެ ގޮފިން އެއްބާރުލައިގެން ކުރެވެންހުރި ކަންތައްތަކުގެ މައްޗަށް ވާހަކަ ދައްކަވައި މަޝްވަރާ ކުރައްވައިފި އެވެ. މި ބައްދަލުކުރެއްވުން [...]

ތަފްސީލް
Jun 25th

އަތޮޅުގެ ޞިއްޙީ ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާމެދު، ހެލްތު މިނިސްޓަރާއި އަތޮޅުކައުންސިލަރުން މަޝްވަރާ ކުރައްވައިފި

ހުވަދުއަތޮޅު އުތުރުބުރީގެ ރަށްތަކުގައި މި ވަގުތު  ދެމުން ގެންދާ ޞިއްޙީ ޚިދްމަތް ދިނުމުގައި ދިމާވެފައިވާ ގޮންޖެހުންތަކުގެ މައްޗަށާއި އެ ގޮންޖެހުންތަކުން އަރައިގަނެވޭނެ ގޮތްތަކާމެދު، މިނިސްޓަރ އޮފް ހެލްތު އެންޑް ޖެންޑަރ ޑޮކްޓަރ މަރިޔަމް ޝަކީލާއާއި އަތޮޅުކައުންސިލުން މަޝްވަރާ ކުރައްވައިފި އެވެ. މި މަޝްވަރާތައް ބޭއްވުނީ 24 ޖޫން 2014 ގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބްގެ އަރިހުގައި އެ ކަމަނާ ގއ. ވިލިނގިއްޔަށް ވަޑައިގަތުމުން ގއ. އަތޮޅުގޭގަ އެވެ. މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތް އަތޮޅުކައުންސިލަރުން، އަތޮޅުގެ ޞިއްޙީ ދާއިރާގައި ހުރި [...]

ތަފްސީލް
Jun 25th

ރައީސުލްޖުމްހޫރިއްޔާގެ ނާއިބް، ގއ. އަތޮޅުގެ ދެ ރަށަކަށް ޒިޔާރަތް ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ނާއިބް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު މި އަތޮޅު ގެމަނަފުށްޓަށާއި ވިލިނގިއްޔަށް ޒިޔާރަތް ކުރައްވައިފި އެވެ. އެ މަނިކުފާނުގެ މި ދަތުރުފުޅަކީ ރަށްރަށުގެ ރައްޔިތުންނަށް ސަރުކާރުން ފޯރުކޮށްދޭ ޚިދްމަތްތައް ފޯރުކޮށްދެވޭ ގޮތް ބައްލަވައި އެ ކަންކަން އިތުރަށް ރަނގަޅު ކުރުމަށް ކުރެވެންހުރި ކަންތައްތައް ބައްލަވައި ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ކޮށްލެއްވުމަށް ކުރެއްވި ދަތުރުފުޅެކެވެ. 24 ޖޫން 2014 ގައި އެ މަނިކުފާނު، މި އަތޮޅުގެ މި ދެންނެވި ދެ ރަށަށް ވަޑައިގެން ބެއްލެވި ކަންތައްތަކުގެ ތެރެއިން [...]

ތަފްސީލް
Jun 24th

އަތޮޅު ކައުންސިލްގެ 03 ވަނަ ޖަލްސާއިން ނިންމި ކަންތައްތައް

އަތޮޅުކައުންސިލްގެ 03 ވަނަ ޖަލްސާ 13 ފެބްރުއަރީ 2014 ވަނަ ދުވަހު އަތޮޅުކައުންސިލްގެ އިދާރާގައި ބާއްވައިފި އެވެ. މި ޖަލްސާއިން ނިންމި ކަންތައްތަކަކީ:- 1- 3 ވަނަ ޖަލްސާގެ އެޖެންޑާ ފާސްކުރުން. މިކަން ނިންމެވީ: އެޖެންޑާ ފާސްކުރުމަށް ރިޔާސަތުން ހުށަހެޅުމުން އިންތިޚާބުތަކާއި ދިމާކޮށް ސަރުކާރުގެ އެކިއެކި ކުންފުނިން ތަކުން މުވައްޒަފުން ވަޒީފާއިން ވަކިކޮށް، މުވައްޒަފުންނަށް ވަޒީފާގެ ބިރުދައްކަމުން ގެންދާތީ އެކަމާއި ބެހޭގޮތުން މަޝްވަރާ ކުރުމަށާއި، އަތޮޅުކައުންސިލް އިދާރާގެ ތެރޭގައި ހިނގާކަންތައްތައް ނާއިބު ރައީސާއި އަދި ކައުންސިލަރުންނާއި ހިއްސާކުރުމާ [...]

ތަފްސީލް
Jun 24th

އަތޮޅު ކައުންސިލްގެ 02 ވަނަ ޖަލްސާއިން ނިންމި ކަންތައްތައް

އަތޮޅުކައުންސިލްގެ 02 ވަނަ ޖަލްސާ 06 ފެބްރުއަރީ 2014 ވަނަ ދުވަހު އަތޮޅުކައުންސިލްގެ އިދާރާގައި ބާއްވައިފި އެވެ. މި ޖަލްސާއިން ނިންމި ކަންތައްތަކަކީ:- 1- 02 ވަނަ ޖަލްސާގެ އެޖެންޑާ ފާސްކުރުން. މިކަން ނިންމެވީ: އެޖެންޑާ ފާސްކުރުމަށް ރިޔާސަތުން ހުށަހެޅުމުން އަތޮޅުކައުންސިލް އިދާރާއާއިބެހޭ ގޮތުން މަޝްވަރާ ކުރުމަށާއި، އަތޮޅު ތަރައްޤީގެ މާސްޓަރ ޕްލޭނާއި ބެހޭގޮތުން މަޝްވަރާ ކުރުމަށާއި، އަދި އަތޮޅުގެ ރަށްތަކަށް އަތޮޅު ކައުންސިލަރުން ދަތުރުކުރުމާއިބެހޭ ގޮތުން މަޝްވަރާ ކުރުމަށް ކައުންސިލަރ އިބުރާހިމް ޞާބިރު ހުށަހަޅުއްވާފައިވާތީ އެކަން [...]

ތަފްސީލް