Jul 24th

އަތޮޅުކައުންސިލްގެ 22 ވަނަ ޢާންމު ބައްދަލުވުން ކެންސަލް ކޮށްފި

މި މަހުގެ 22 ވީ އަންގާރަ ދުވަހު ބޭއްވުމަށް އެޖެންޑާ ކުރެވުނު، އަތޮޅުކައުންސިލްގެ 22 ވަނަ ޢާންމު ބައްދަލުވުން، ކޯރަމް ހަމަނުވުމުގެ ސަބަބުން ކެންސަލް ކޮށްފި އެވެ. އަތޮޅުކައުންސިލްގެ އެ ބައްދަލުވުމަށް ވަޑައިގަތީ ކައުންސިލްގެ ނާއިބްރައީސް މުޙައްމަދު ޚަލީލާއި ކައުންސިލަރ އިބްރާހީމް ޞާބިރާއި ކައުންސިލަރ ސަޢުދު ﷲ ރަޝީދެވެ. ކައުންސިލްގެ ރައީސް ޙުސައިން އާދަމް ޢާއިލީ ޒިންމާގެ ޗުއްޓީއެއްގައި ހުންނެވިއިރު، ކައުންސިލަރ އަޙްމަދު ސަޢީދާއި ކައުންސިލަރ މުޙައްމަދު ސަވާދާ ދެ ކައުންސިލަރުން ތިއްބެވީ ޗުއްޓީގަ އެވެ.

ތަފްސީލް
Jul 24th

އަތޮޅުކައުންސިލްގެ އިދާރާގެ ބައެއް މަޤާމްތަކަށް މުވައްޒަފުން ހޯދުމަށް އިޢުލާން ކޮށްފި

ހުވަދުއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ އިދާރާއިން ހުސްވެފައިވާ ބައެއް މަޤާމްތަކަށް މީހުން ހޯދުމަށް އިޢުލާން ކޮށްފި އެވެ. އިޢުލާން ކޮށްފައިވާ މަޤާމްތަކަކީ، އަތޮޅުދޯނީގެ 2 ފަޅުވެރިންގެ މަޤާމާއި، އަތޮޅު ލޯންޗްގެ ފަޅުވެރިއަކާއި އަތޮޅުލޯންޗްގެ ކެޕްޓަނެއްގެ މަޤާމެވެ. މި މަޤާމްތަކަށް މީހުން ހޯދުމަށް އިޢުލާން ކޮށްފައިވަނީ މި ހިނގާ ޖުލައި މަހުގެ 16 ވަނަ ދުވަހު އެވެ. މި އިޢުލާނުގައިވާ މަޤާމްތަކަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާ ތާރީޚަކީ 7 އޮގަސްޓް 2014 އެވެ.

ތަފްސީލް
Jul 15th

ގއ. އަތޮޅުކައުންސިލްގެ 21 ވަނަ އާންމު ބައްދަލުުވުން ބާއްވައިފި

ހުވަދުއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ 21 ވަނަ އާންމު ބައްދަލުވުން، 15 ޖުލައި 2014 ވީ އަންގާރަ ދުވަހު 11:00 ގައި އަތޮޅުކައުންސިލްގެ އިދާރާގައި ބާއްވައިފި އެވެ. މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ، ކައުންސިލްގެ ރައީސް ޙުސައިން އާދަމާއި ނާއިބްރައީސް މުޙައްމަދު ޚަލީލުގެ އިތުރުން، ވިލިނގިލި ދާއިރާގެ ކައުންސިލަރ ސަޢުދު ﷲ ރަޝީދާއި، ދާންދޫ ދާއިރާގެ ކައުންސިލަރ އިބްރާހީމް ޞާބިރެވެ. ގެމަނަފުށީ ދާއިރާގެ ދެ ކައުންސިލަރުން ކަމުގައިވާ އަޙްމަދު ސަޢީދާއި މުޙައްމަދު ސަވާދު ސަލާމުގައި ތިއްބެވުމުގެ ސަބަބުން މި ބައްދަލުވުމުގައި [...]

ތަފްސީލް
Jul 09th

އަތޮޅު ކައުންސިލްގެ 09 ވަނަ ބައްދަލުވުމުން ނިންމި ކަންތައްތައް

އަތޮޅުކައުންސިލްގެ 09 ވަނަ ބައްދަލުވުން 22 އެޕްރީލް 2014 ވަނަ ދުވަހު އަތޮޅުކައުންސިލްގެ އިދާރާގައި ބޭއްވިފައިވެ އެވެ. މި ބައްދަލުވުމުން ނިންމި ކަންތައްތަކަކީ: 1-ގެމަނަފުށީ ކައުންސިލް އިދާރާއިން އިންތިޒާމްކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ ފުޓްސަލް މުބާރާތަށް އެހީތެރިކަމެއް ފޯރުކޮށްދެއްވުމަށް އެދި ފޮނުއްވާފައިވާ ސިޓިއާއިބެހޭގޮތުން މަޝްވަރާ ކުރުމަށ މިކަން ނިންމެވީ: ގެމަނަފުށީ ކައުންސިލް އިދާރާއިން އިންތިޒާމު ކޮށްގެން ބާއްވާ ފުޓްސަލް މުބާރާތަށް އެހީ އެއްގެ ގޮތުން -/2500 ރުފިޔާ ދިނުމަށާއި، ކައުންސިލްގެ 4ވަނަ ބައްދަލުވުމަށް ހުށަހަޅައިގެން މަޝްވަރާ ކުރެވުނު ގއ. [...]

ތަފްސީލް
Jul 09th

އަތޮޅު ކައުންސިލްގެ 08 ވަނަ ބައްދަލުވުމުން ނިންމި ކަންތައްތައް

އަތޮޅުކައުންސިލްގެ 8 ވަނަ ބައްދަލުވުން 15އެޕްރީލް 2014 ވަނަ ދުވަހު އަތޮޅުކައުންސިލްގެ އިދާރާގައި ބޭއްވިފައިވެއެވެ. މި ބައްދަލުމުން ނިންމި ކަންތައްތަކަކީ:- 1-ކޮންފިސްކޭޓް ކުރާ ދިރޭތަކެއްޗާއިބެހޭ ގަވާއިދަށް އިތުރުކުރުމަށް މިއިދާރާއިން ފެންނަ އިސްލާހާއި މެދު ގޮތެއް ނިންމުން. މިކަން ނިންމެވީ: ކޮންފިސްކޭޓް ކުރާ ދިރޭތަކެއްޗާއިބެހޭ ގަވާއިދަށް އިތުރުކުރުމަށް ތިރީގައި މިދަންނަވާ އިސްލާހުތައް ގެނައުމަށްފަހު އެންވަޔަރަންޓްމަންޓް މިނިސްޓްރީއަށް ފޮނުވުމަށް ކައުންސިލްގެ އިއްތިފާގުން ނިންމެވި. – ނުރައްކާތެރި ޖަނަވާރުކަމަށްބެލެވޭ ވިހަ، ހަމަލާދޭ ބަލިފެތުރޭ، ދަތްއަޅާ، ވިހަލާ ކަށީޖަހާ އަދި އާދަޔާ ޚިލާފަށް [...]

ތަފްސީލް
Jul 09th

އަތޮޅު ކައުންސިލްގެ 07 ވަނަ ބައްދަލުވުމުން ނިންމި ކަންތައްތައް

އަތޮޅުކައުންސިލްގެ އިދާރާގެ 07 ވަނަ ބައްދަލުވުން 08 އެޕްރީލް 2014 ގައި އަތޮޅުކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައި ބޭއްވިފައިވެ އެވެ. 1-ސަރުކާރުގެ އެކިއެކި މިނިސްޓްރީތަކާ ބައްދަލުކުރުމަށްޓަކާ އަތޮޅު ކައުންސިލަރުން މާލެއަށް ކުރުމަށް ހަމަޖެހިފައިވާ ދަތުރާބެހޭ ގޮތުން މަޝްވަރާ ކުރުމަށް. މިކަން ނިންމެވީ: ސަރުކާރުގެ އެކިއެކި މިނިސްޓްރީތަކާއި، ރައީސުލްޖުމުހޫރިއްޔާއާ ބައްދަލުކުރުމަށް މާލެއަށް ކުރުމަށް ހަމަޖެހިފައިވާ ދަތުރަށް ތައްޔާރުވުމަށްޓަކައި ކައުންސިލަރުން އަތޮޅުގެ ރަށްތަކަށް ކުރި ދަތުރުގައި ކައުންސިލްތަކުން ހުށަހަޅުއްވާފައިވާ ކަންތައްތައް ކޮމިޓީތަކުން ފާހަގަކޮށް ރިޕޯޓެއްގެ ސިފައިގައި އެކުލަވާލުމަށް ނިންމުނެވެ. އަދި [...]

ތަފްސީލް
Jul 06th

ވިލިނގިލީ ކައުންސިލުން ބަލަހައްޓަވަމުން ގެންދަވާ، ކުރީގެ އަތޮޅުގޭގެ އިމާރާތާބެހޭ ގޮތުން މަޝްވަރާ ކޮށްފި

ވިލިނގިލީ ކައުންސިލްގެ ފަރާތުން ބަލަހައްޓަވަމުން ގެންދަވާ، ކުރީގެ އަތޮޅުގެ ހިންގި އިމާރާތާބެހޭ ގޮތުން އަތޮޅު ކައުންސިލްގެ ރައީސާއި ވިލިނގިލީ ކައުންސިލްގެ ބައެއް ކައުންސިލަރުން މަޝްވަރާ ކުރައްވައިފި އެވެ. މި މަޝްވަރާތައް އޮތީ، 6 ޖުލައި 2014 ވީ އާދީއްތަ ދުވަހު، އަތޮޅުކައުންސިލްގެ އިދާރާގަ އެވެ. މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނީ، ކުރީގައި އަތޮޅުގެ ހިންގި އިމާރާތުގައި ދެމުން ގެންދާ މަތީ ތަޢުލީމްގެ ފުރުޞަތު އިތުރު ކުރުމުގެ ގޮތުން ބައެއް ފަރާތްތަކުން ހުށަހަޅާފައިވާ ހުށަހެޅުންތަކާމެދު ދެ ކައުންސިލްގެ ދެމެދުގައި [...]

ތަފްސީލް
Jul 06th

ގއ. އަތޮޅުކައުންސިލްގައި ގިނަ ދުވަހު ޚިދްމަތްކުރި މުވައްޒަފުންނަށް ހަނދާނީ ފިލައާއި ލިޔުން ދީފި

ގއ. އަތޮޅުއޮފީހާއި އަދި ގއ. އަތޮޅުކައުންސިލްގެ އިދާރާގައި ގިނަ ދުވަހު މަސައްކަތްކުރި މުވައްޒަފުންގެ ޚިދްމަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން އެ މުވައްޒަފުންނަށް ހަނދާނީ ލިޔުން ދީފި އެވެ. މި ކަން އޮތީ، 1435 ވަނަ އަހަރުގެ ރަމަޟާން މަހަށް މަރްޙަބާ ކިޔުމުގެ ގޮތުން 25 ޖޫން 2014 ވީ ބުދަ ދުވަހުގެ ރޭ ގއ. އަތޮޅުގޭގައި ބޭއްވުނު މާހެފުމުގެ ހަފްލާގެ ތެރޭގަ އެވެ. މުވައްޒަފުންނާއި ހަނދާނީ ލިޔުން ހަވާލުކޮށް ދެއްވީ އެ ހަފުލާގައި ބައިވެރިވެވަޑައިގަތް ކައުންސިލަރުންނެވެ. [...]

ތަފްސީލް
Jul 03rd

އަތޮޅު ކައުންސިލްގެ 06 ވަނަ ބައްދަލުވުމުން ނިންމި ކަންތައްތައް

އަތޮޅުކައުންސިލްގެ 06 ވަނަ ބައްދަލުވުން 01 އެޕްރީލް 2014 ވަނަ ދުވަހު އަތޮޅުކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައި ބޭއްވިފައިވެއެވެ. މި ބައްދަލުވުމުން ނިމުނުކަންތައްތަކަކީ:- 1-ފާސްޓް ކޮންސްޓްރަކްޝަނުން އަތޮޅުގޭގައި ކުރަމުންދާ މަސައްކަތާ ބެހޭގޮތުން މަޝްވަރާ ކުރުން މިކަން ނިންމެވީ:                އަތޮޅު ކައުންސިލްގެ 115 ވަނަ ބައްދަލުވުމުން ފާސްކޮށްފައިވާ ގޮތަށް ފާސްޓް ކޮންސްޓްރަކްޝަނަށް އަތޮޅުގޭގެ މަސައްކަތް ނިންމުމަށްޓަކާ އިތުރަށް ދީފައިވާ މުއްދަތަށް މަސައްކަތް ނިމިފައިނުވާތީ، މަސައްކަތުގެ އެގްރިމެންޓް ބާޠިލްކޮށް، އެގްރިމެންޓްގައި ކުރުމަށް ހަވާލުކޮށްފައިވާ މަސައްކަތުގެ ތެރެއިން މިހާތަނަށް ކޮށް [...]

ތަފްސީލް
Jul 03rd

އަތޮޅު ކައުންސިލްގެ 05 ވަނަ ބައްދަލުވުމުން ނިންމި ކަންތައްތައް

އަތޮޅުކައުންސިލްގެ އިދާރާގެ 05 ވަނަ ބައްދަލުވުން 27 މާރޗް 2014 ވަނަ ދުވަހު އަތޮޅުކައުންސިލްގެ އިދާރާގައި ބޭއްވިފައިވެ އެވެ. މި ބައްދަލުވުމުން ނިމުނު ކައްނތައްތަކަކީ؛- 1-އަތޮޅު ޤުރުޢާން މުބާރާތް ބާއްވާނެ ތަނެއް ކަނޑައެޅުން މިކަން ނިންމެވީ:          މީގެ ކުރިން އަތޮޅުގެ ރަށްރަށުގައި އަތޮޅު ޤުރުއާން މުބާރާތް ބާއްވަމުން ގެންދެވި އުޞޫލުން އަތޮޅުކައުންސިލްގެ އެހީއަކާނުލައި ބާއްވަން ގެމަނަފުށީ ކައުންސިލުން ބޭނުންފުޅުވާނަމަ ގެމަނަފުށީ ގައި އެމުބާރާތް ބޭއްވުމަށް. އަދި އެގޮތަށް ބާއްވަން ގެމަނަފުށީ ކައުންސިލުން އެއްބަސްނުވާނަމަ އަލުން އަތޮޅުގައި އިޢުލާންކޮށް [...]

ތަފްސީލް