Aug 23rd

އަތޮޅުފެރީގެ ނިޒާމް ހަރުދަނާކުރުމާބެހޭ ގޮތުން އަތޮޅުކައުންސިލަރުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާ މަޝްވަރާކުރައްވައިފި

އަތޮޅުގެ ރައްޔިތުންނަށް ދެމުންގެންދާ އަތޮޅުފެރީގެ ނިޒާމު މިހާރަށްވުރެ ފެންވަރު ރަނގަޅުކޮށް، ހަރުދަނާ ގޮތެއްގައި އެ ޚިދްމަތް ދިނުމާބެހޭ ގޮތުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކަމާބެހޭ އިސް ބޭފުޅުންނާއި، އަތޮޅުކައުންސިލަރުންނާ ދެމެދު މަޝްވަރާ ކޮށްފި އެވެ. މި މަޝްވަރާ ބައްދަލުވުން ބޭއްވުނީ، 21 އޮގަސްޓް 2014 ވީ ބުރާސްފަތި ދުވަހުގެ މެންދުރު 1:00 ގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގަ އެވެ. މި ބައްދަލުކުރެއްވުމުގައި އަތޮޅުކައުންސިލްގެ ރައީސް ޙުސައިން އާދަމާއި، ނާއިބްރައީސް މުޙައްމަދު ޚަލީލުގެ އިތުރުން ކައުންސިލަރ [...]

ތަފްސީލް
Aug 23rd

އަތޮޅުވޮލީބޯޅަ މުބާރާތާއި ފުޓްބޯޅަ މުބާރާތުގެ ސްޕޮންސަރޝޕާބެހޭޭ ގޮތުން އަތޮޅުކައުންސިލަރުން ދިރާގާ މަޝްވަރާކުރައްވައިފި

ދާދި އަވަހަށް ފެށުމަށް ހަމަޖެހިފައިވާ އަތޮޅު ވޮލީބޯޅަ މުބާރާތާއި ފުޓްބޯޅަ މުބާރާތަށް ދިރާގުގެ ސްޕޮންސަރ ހޯދުމާބެހޭ ގޮތުން އަތޮޅުކައުންސިލާ ދިރާގާ ދެމެދު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި އެވެ. މި ބައްދަލުވުން ބޭޭއްވުނީ 20 އޮގަސްޓް 2014 ވީ ބުދަ ދުވަހުގެ މެންދުރު 11 ޖެހިއިރު ދިރާގުގެ ހެޑް އޮފީހުގަ އެވެ. މި ބައްދަލުވުމުގައި އަތޮޅުކައުންސިލްގެ ފަރާތުން ބައިވެރިވެވަޑައިގަތީ ކައުންސިލްގެ ނާއިބް ރައީސް މުޙައްމަދު ޚަލީލާއި ކައުންސިލަރ އަޙްމަދު ސަޢީދެވެ. ދިރާގުގެ ފަރާތުން ބައިވެރިވެވަޑައިގަތް ބޭފުޅުންގެ ތެރޭގައި އިސްބޭފުޅަކަށް [...]

ތަފްސީލް
Aug 23rd

ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް މެނެޖިންގ ޑިރެކްޓަރާ، އަތޮޅުކައުންސިލަރުން ބައްދަލުކުރައްވައިފި

އަތޮޅުކައުންސިލަރުން މާލެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ޕްރޮގްރާމްގައި ހިމެނިގެން، ކޫއްޑޫ ފިޝަރީޒް މޯލްޑިވްސްގެ މެނެޖިންގ ޑިރެކްޓަރ މުޙައްމަދު ޢަދުލީއާ، ކައުންސިލަރުން ބައްދަލުކުރައްވައި، އަތޮޅުގެ މަސްވެރިކަމާބެހޭ ގޮތުންނާއި، މަސްވެރިންގެ ލުއިފަސޭހައަށް އެ ކުންފުނިން ކުރެއްވުމަށް ހަމަޖައްސަވާފައިވާ ބައެއް ކަންތައްތަކާބެހޭ ގޮތުން ދެ ފަރާތުން މަޝްވަރާ ކޮށްފި އެވެ. މި ބައްދަލުވުން ބޭއްވުނީ، 21 އޮގަސްޓް 2014 ވީ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގައި ކޫއްޑޫ ފިޝަރީޒް މޯލްޑިވްސްގެ ހެޑް އޮފީހުގަ އެވެ. މި ބައްދަލުވުމުގައި ދެ ފަރާތުން [...]

ތަފްސީލް
Aug 23rd

ޑިޕްލޯމާ ކޯސް، ގއ. އަތޮޅުކައުންސިލްގެ އިދާރާ މެދުވެރިކޮށް ހިންގުމާބެހޭ ގޮތުން މަޝްވަރާކޮށްފި

ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން މާލޭގައި ހިންގަވަމުން ގެންދަވާ ޑިޕްލޯމާ އިން ޕަބްލިކް މެނެޖްމަންޓް އެންޑް އެޑްމިނިސްޓްރޭޝަން ކޯސް ބްލޮކް މޯޑްގައި ގއ. އަތޮޅުކައުންސިލް މެދުވެރިކޮށް، ގއ. އަތޮޅުކައުންސިލްގެ އިދާރާގައި ހިންގެވުމާބެހޭ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓާއި ގއ. އަތޮޅުކައުންސިލާ ދެމެދު މަޝްވަރާ ކޮށްފި އެވެ. މި މަޝްވަރާ ބައްދަލުވުން ބޭއްވުނީ އަތޮޅުކައުންސިލްގެ 25 ވަނަ ބައްދަލުވުން ބޭއްވުމަށްފަހު، ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓްގެ ޓްރޭނިންގ ރޫމް 1 ގައި، 2014 އޮގަސްޓް 21 ވަނަ [...]

ތަފްސީލް
Aug 23rd

އަތޮޅުކައުންސިލްގެ 25 ވަނަ އާންމު ބައްދަލުވުން ބާއްވައިފި

އަތޮޅުކައުންސިލްގެ 25 ވަނަ ޢާންމު ބައްދަލުވުން، 22 އޮގަސްޓް 2014 ވީ ބުރާސްފަތި ދުވަހު ހެނދުނު 10:30 ގައި ބާއްވައިފި އެވެ. މި ވަގުތު ހުރިހާ އަތޮޅުކައުންސިލަރުންނާއި ޒިންމާދާރުވެރިޔާ ވެސް މާލޭގައި ހުންނެވުމާއެކު މި ބައްދަލުވުން ބާއްވާފައިވަނީ މާލޭގަ އެވެ. މި ބައްދަލުވުން ބޭއްވުމަށް ހޯލެއް ހަމަޖައްސަވައިދެއްވީ ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ކަމަށް ވުމާއެކު، ބައްދަލުވުން ބާއްވާފައިވަނީ، އެ އިންސްޓްޓިއުޓްގެ ޓްރޭނިންގ ރޫމް 1 ގައެވެ. މި ބައްދަލުވުމަށް އެޖެންޑާ ކޮށްފައިވަނީ، އަތޮޅުކައުންސިލަރުން މިހާރު މާލެއަށް [...]

ތަފްސީލް
Aug 23rd

ސީ.އެސް.ޓީ.އައި އާއި ގއ.އަތޮޅުކައުންސިލާދެމެދު އެމް.އޯ.ޔޫ އެއްގައި ސޮއި ކޮށްފި

ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓް (ސީއެސްޓީއައި) އިން މާލޭގައި ހިންގަމުން ގެންދާ ބައެއް ކޯސްތައް، ގއ. އަތޮޅުކައުންސިލް މެދުވެރިކޮށް ގއ. އަތޮޅުކައުންސިލްގެ އިދާރާ މެދުވެރިކޮށް ހިންގުމާބެހޭ މެމޮރަންޑަމް އޮފް އަންޑިަރސްޓޭންޑިިންގ އެއްގައި ސީއެސްޓީއައި އާއި ގއ. އަތޮޅުކައުންސިލުން ސޮއި ކޮށްފި އެވެ. މި ރަސްމިއްޔާތު އޮތީ، 20 އޮގަސްޓް 2014 ވީ ބުދަ ދުވަހު މެންދުރު 11 ޖެހިއިރު ސިވިލް ސަރވިސް ކޮމިޝަންގަ އެވެ. މި ރަސްމިއްޔާތުގައި އަތޮޅުކައުންސިލްގެ ރައީސް ޙުސައިން އާދަމްގެ އިތުރުން ކައުންސިލަރ އިބްރާހީމް [...]

ތަފްސީލް
Aug 23rd

އަތޮޅުކައުންސިލަރުން މިނިސްޓަރ އޮފް އެޑިޔުކޭޝަނާ ބައްދަލުކުރައްވައިފި

އަތޮޅުކައުންސިލަރުން މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑޮކްޓަރ ޢާއިޝަތު ޝިހާމާއި އެ މިނިސްޓްރީގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފި އެވެ. މި ބައްދަލުކުރެއްވުން ބޭއްވުނީ، 19 އޮގަސްޓް 2014 ވީ ބުދަ ދުވަހު މެންދުރު 1:30 ގައި މިނިސްޓްރީ އޮފް އެޑިިޔުކޭޝަންގަ އެވެ. މިނިސްޓަރ ގެ އަރިހުގައި އެ މިނިސްޓަރގެ ނާއިބް އިބްރާހީމް އިސްމާޢީލާއި އިދާރީ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ. މި ބައްދަލުކުރެއްވުމުގައި އަތޮޅުކައުންސިލްގެ ރައީސް ޙުސައިން އާދަމާއި، ނާއިބްރައީސް މުޙައްމަދު ޚަލީލުގެ އިތުރުން ކައުންސިލަރ އިބްރާހީމް [...]

ތަފްސީލް
Aug 21st

އަތޮޅުކައުންސިލަރުން، ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއަރމަނާ ބައްދަލުކުރައްވައިފި

ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއަރމަން ޢަބްދުއްރަޝީދު ނާފިޒާ ބައްދަލުކުރައްވައި، ގއ. އަތޮޅުކައުންސިލުން ދެމުން ގެންދާ ޓްރާންސްޕޯޓް ލައިސަންސް ދިނުމުގެ ޚިދްމަތް ހަރުދަނާ ކުރުމާބެހޭ ގޮތުން އަތޮޅު ކައުންސިލަރުން މަޝްވަރާ ކުރައްވައިފި އެވެ. މި ބައްދަލު ކުރެއްވުން އޮތީ 2014 އޮގަސްޓް 19 ވަނަ ދުވަހު މެންދުރު 12 ޖެހިއިރު ޓްރާންސްޕޯޓް އޮތޯރިޓީގަ އެވެ. މި ބައްދަލުކުރެއްވުމުގައި އަތޮޅުކައުންސިލްގެ ރައީސް ޙުސައިން އާދަމާއި ނާއިބްރައީސް މުޙައްމަދު ޚަލީލުގެ އިތުރުން އެހެން އަތޮޅުކައުންސިލަރުންނާއި ޒިންމާދާރުވެރިޔާ މުޙައްމަދު ނަޞީރު ޢަލީ ވެސް ބައިވެރިވި [...]

ތަފްސީލް
Aug 21st

ދިވެހިބަހުގެ އެކެޑަމީގެ މެމްބަރުންނާއި އަދި އެ އިދާރާގެ އިސްބޭފުޅުން އަތޮޅުކައުންސިލަރުންނާ ބައްދަލުކުރައްވައިފި

ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީގައި ދިވެހި އަދަބީ ޢީދެއް ފާހަގަ ކުރުމާބެހޭ ގޮތުން މަޝްވަރާ ކުރުމަށްޓަކައި، ދިވެހި ބަހުގެ އެކެޑަމީގެ މެމްބަރުންނާއި އެ އިދާރާގެ އިސްބޭފުޅުން އަތޮޅުކައުންސިލަރުންނާ ބައްދަލު ކުރައްވައިފި އެވެ. މި ބައްދަލުކުރެއްވުން އޮތީ، 2014 އޯގަސްޓް 18 ވީ ހޯމަ ދުވަހު މެންދުރު 2 ޖެހިއިރު، ދިވެހިބަހުގެ އެކެޑަމީ ހިނގަމުންދާ ހ. ސޯސަންގޭ ގަ އެވެ. މި ބައްދަލުކުރެއްވުމުގައި ދިވެހި ބަހުގެ އެކެޑަމީގެ ރައީސް އަޝްރަފް ޢަލީއާއި ނާއިބް ރައީސާއާއި އަދި އެ އެކެޑަމީގެ މެމްބަރުންގެ [...]

ތަފްސީލް
Aug 20th

މަސްވެރިކަމާއި ދަނޑުވެރިކަމާބެހޭ ވަޒީރާ، އަތޮޅުކައުންސިލަރުން ބައްދަލުކުރައްވައިފި

މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ، ޑޮކްޓަރ މުޙައްމަދު ޝައިނީ އާ އަތޮޅުކައުންސިލަރުން ބައްދަކުރައްވައި އެ މަނިކުފާނުގެ ދާއިރާއިން އަތޮޅުގައި ހިނގަމުންދާ ކަންތައްތަކާބެހޭ ގޮތުން މަޝްވަރާ ކުރައްވައިފި އެވެ. މި ބައްދަލުކުރެއްވުން އޮތީ، 18 އޮގަސްޓްވީ ހޯމަ ދުވަހު މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ގަ އެވެ. މިނިސްޓަރ ޑޮކްޓަރ ޝައިނީއާ މަޝްވަރާ ކުރެވުނު ކަންތައްތަކުގެ ތެރޭގައި، އަތޮޅުގައި ވަކި ފަރާތަކަށް ލިޔެނުދީ ހުރި ފަޅުރަށްތައް ބެލެހެއްޓުމާއި، ނިލަންދޫ ދަނޑުތަކަށް ކަރަންޓް ފޯރުކޮށްދެވޭނެ ގޮތެއް ހަމަޖެއްސުމާއި [...]

ތަފްސީލް