Sep 30th

އަތޮޅުކައުންސިލްގެ ކުއްލި ބައްދަލުވުމެއް ބާއްވައިފި

ހުވަދުއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ 5 ވަނަ ކުއްލިބައްދަލުވުން 28 ސެޕްޓެމްބަރ 2014 ވީ އާދީއްތަ ދުވަހު މެންދުރު 1.30 ގައި ބާއްވައިފި އެވެ. މި ބައްދަލުވުމަކީ އަތޮޅުކައުންސިލްގެ 29 ވަނަ އާންމު ބައްދަލުވުމުން ނިންމާފައިވާ ގޮތުގެމަތިން، އަތޮޅު ރަށްރަށުގެ ސްކޫލް މަދަރުސާތަކަށް އަތޮޅުކައުންސިލުން އެހީދިނުމާބެހޭ ގޮތުން އަތޮޅުކައުންސިލަރ އިބްރާހީމް ޞާބިރު ހުށަހަޅުއްވާ ދެލިކޮޕީއާމެދު މަޝްވަރާކޮށް އެ އެ އުޞޫލަށް ގެންނަންޖެހޭ ބަދަލެއް ގެނެސް ފާސްކުރުމަށް ބޭއްވި ބައްދަލުވުމެކެވެ. މި  ބައްދަލުވުމުގައި ކައުންސިލްގެ ރައީސް ޙުސައިން އާދަމާއި އަތޮޅުކައުންސިލަރުންކަމުގައިވާ [...]

ތަފްސީލް
Sep 30th

ބޯހިމެނުމުގެ މަސައްކަތް ނިންމާލައިފި

ހުވަދުއަތޮޅު އުތުރުބުރީގެ ރަށްރަށުގައި ހިނގަމުންދިޔަ އާބާދީއާއި ދިރިއުޅޭ ތަންތަނުގެ ބޯހިމެނުން 2014 ގެ މަސައްކަތް 27 ސެޕްޓެމްބަރ 2014 ގައި ނިންމާލައިފި އެވެ. މި މަސައްކަތް ނިންމާލިއިރު އަތޮޅުގެ ރަށްރަށުން ނަގަންޖެހޭ މަޢުލޫމާތު ވަނީ ނަގާ ނިމިފަ އެވެ. މި މަސައްކަތަށް އަތޮޅުގެ ރައްޔިތުންގެ ފަރާތުން ބޮޑު ތަރުޙީބެއް ލިބުނު ނަމަވެސް، މަޢުލޫމާތު ދިނުމަށް އިންކާރުކުރި ބައެއް ފަރާތްތަކެއް ވެސް ހިމެނޭ ކަމަށާއި، އޭގެ ތެރެއިން ބައެއް ފަރާތްތަކުން ފަހުން މަޢުލޫމާތު ދީފައިވާ ކަމަށް ވެސް އެނގިފައި [...]

ތަފްސީލް
Sep 24th

ގއ. އަތޮޅުކައުންސިލްގެ 29 ވަނަ ޢާއްމު ބައްދަލުވުން ބާއްވަވައިފި

ހުވަދުއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ 29 ވަނަ ޢާއްމު ބައްދަލުވުން 23 ސެޕްޓެމްބަރ 2014 ވީ އަންގާރަ ދުވަހުގެ ހެނދުނު 10:00 ގައި ގއ. އަތޮޅުކައުންސިލްގެ އިދާރާގައި ބާއްވައިފި އެވެ. މި ބައްދަލުވުމުގައި ކައުންސިލަރ އަޙްމަދު ސަޢީދު ފިޔަވައި އެހެން ކައުންސިލަރުން ބައިވެރިވެވަޑައިގެންނެވި އެވެ. މި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ކައުންސިލްގެ ރައީސް ޙުސައިން އާދަމެވެ. މި ބައްދަލުވުމަށް އެޖެންޑާ ކުރެވިފައިވާ ކަންތައްތަކުގެ ތެރޭގައި ވޭތުވެދިޔަ 2013 ވަނަ އަހަރު މި އަތޮޅުގެ ސްކޫލް މަދަރުސާތަކުގެ ދަރިވަރުންގެ ތެރެއިން [...]

ތަފްސީލް
Sep 22nd

ހުވަދުއަތޮޅު އުތުރުބުރީގައި ބޯހިމެނުމުގެ މަސައްކަތް ފަށައިފި

މާލޭ، މ. ސިލްވަރ ކްލައުޑް ޢައްބާސް އިބްރާހީމް، ގއ. ވިލިނގިލީގައި ބޯހިމަނާ ޓީމަކަށް މަޢުލޫމާތު ދެއްވަނީ އާބާދީއާއި ދިރިއުޅޭ ތަންތަނުގެ ބޯހިމެނުން 2014 ގެ ޙަރަކާތްތައް 20 ސެޕްޓެމްބަރ 2014 ވީ ހޮނިހިރު ދުވަހު، ހުވަދުއަތޮޅު އުތުރުބުރީގެ ރަށްރަށުގައި ވެސް ފަށައިގެން ކުރިޔަށް އެބަ ގެންދެއެވެ. މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ދަށުން ހިނގަމުންދާ ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ އިރުޝާދާއެއްގޮތަށް އަތޮޅުފެންވަރުގައި މި ޙަރަކާތްތައް ކޯޑިނޭޓްކޮށް ބަލަހައްޓަނީ ގއ. އަތޮޅުކައުންސިލްގެ ފަރާތުން އަތޮޅުކައުންސިލްގެ އެސިސްޓެންޓް [...]

ތަފްސީލް
Sep 22nd

ނޫފަހި ހުވަދޫ އަދަބީ ޢީދުގެ ޙަރަކާތްތައް ކާމިޔާބުކަމާއެކު ނިންމާލައިފި

ދިވެހިބަހުގެ އެކެޑަމީ އިން ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީގައި ކުރިޔަށް ގެންދިޔަ، އެސް.ޓީ.އޯ ނޫފަހި ހުވަދޫ އަދަބީ ޢީދުގެ ހުރިހާ ޙަރަކާތްތަކެއް، ތާވަލުކުރެވިފައިވާ ގޮތުގެމަތިން ކުރިޔަށް ގެންދަވައި، އެ ޢީދުގެ އެންމެހައި ކަންތައްތައް ވަރަށް ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ. ހުވަދުއަތޮޅު އުތުރުބުރީގެ ގިނަ ރަށްރަށުން ސްކޫލްކުދިންނާއި ސަރުކާރުގެ އެކި އިދާރާތަކުގެ މުވައްޒަފުންނާއި އަދި ޢާންމު ފަރާތްތަކުން ބައިވެރިވެ ކުރިޔަށް ގެންދިޔަ މި ޢީދުގެ ޙަރަކާތްތަކުގެ ތެރޭގައި، ފޮތް މަޢުރަޟަކާއި، ސަރުކާރުގެ އިދާރީ ލިޔެކިޔުން ލިޔެ އުޅޭ މުވައްޒަފުންނަށް ބޭއްވި، [...]

ތަފްސީލް
Sep 21st

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ގއ. އަތޮޅަށް މުރާޖަޢާ ދަތުރެއް ކުރައްވައިފި

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ޓީ.ވީ މޯލްޑިވްސް އާއި ދިވެހިރާއްޖޭގެ އަޑުން ފޮނުއްވަމުން ގެންދަވާ ޕްރޮގްރާމްތަކާބެހޭ ގޮތުން އެ ކޮމިޝަނުން ބައްލަވައި މުރާޖަޢާ ކުރައްވަން ޖެހޭ ކަންތައްތައް ބެއްލެވުމަށް މި އަތޮޅުގެ 3 ރަށަކަށް އެ ކޮމިޝަނުގެ އިސް ބޭފުޅުން ވަޑައިގެން މަޢުލޫމާތު ހޯއްދަވައިފި އެވެ. 11 ސެޕްޓެމްބަރުން 14 ސެޕްޓެމްބަރ ގެ ނިޔަލަށް އެ ކޮމިޝަނުން މަޢުލޫމާތު ހޯއްދެވުމަށް ބައްދަލުކުރައްވާފައިވަނީ މި އަތޮޅު ނިލަންދޫ، މާމެންދޫ އަދި ވިލިނގިލީގެ ތަފާތު ފަރާތްތައް އެކި ދާއިރާތަކަށް ނިސްބަތްވާ ބޭފުޅުންނާ [...]

ތަފްސީލް
Sep 21st

ގއ. އަތޮޅުކައުންސިލުން ބާއްވަވާ އެސް.ޓީ.އޯ ނޫފަހި ވޮލީބޯޅަ މުބާރާތް ބޭއްވުމާބެހޭ އެއްބަސްވުމުގައި ގެމަނަފުށީ ކައުންސިލާއެކު ސޮއިކޮށްފި

ގއ. އަތޮޅުކައުންސިލުން 2014 އޮކްޓޯބަރ މަހުގެ ތެރޭގައި އަތޮޅުފެންވަރުގައި ބާއްވަވަން ހަމަޖައްސަވާފައިވާ އެސް.ޓީ.އޯ ނޫފަހި އަތޮޅުވޮލީބޯޅަ މުބާރާތް، ގއ. އަތޮޅުކައުންސިލުން ކަނޑައަޅުއްވާފައިވާ ގޮތުގެމަތިން ގއ. ގެމަނަފުށީގައި ބޭއްވުމާބެހޭ އެއްބަސްވުމުގައި، ގެމަނަފުށީ ކައުންސިލާއި އަތޮޅުކައުންސިލާ ދެމެދު ސޮއި ކޮށްފި އެވެ. މި ރަސްމިއްޔާތު ބޭއްވުނީ، 11 ސެޕްޓެމްބަރ 2014 ގައި އަތޮޅުކައުންސިލްގެ އިދާރާގަ އެވެ. މި އެއްބަސްވުމުގައި އަތޮޅުކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ އަތޮޅުކައުންސިލްގެ ރައީސް ޙުސައިން އާދަމެވެ. ގެމަނަފުށީކައުންސިލްގެ ފަރާތު ސޮއި ކުރެއްވީ ކައުންސިލްގެ ނާއިބް ރައީސް ޝަމްވީލް [...]

ތަފްސީލް
Sep 21st

ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓްޓިއުޓުން ގއ. އަތޮޅުގައި އިވެލުއޭޝަން ސަރވޭ އެއް ކޮށްފި

20 އޮގަސްޓް 2014 ގައި، ގއ. އަތޮޅުކައުންސިލާއި ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓްޓިއުޓާ ދެމެދު ސޮއިކުރެވުނު އެމް.އޯ.ޔޫގެ ދަށުން ގއ. އަތޮޅުކައުންސިލާ ގުޅިގެން، ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓްޓިއުޓުން ހިންގަވަން ގަސްދުކުރައްވާ ކޯސްތަކާބެހޭ ކަންތައްތައް ކުރިޔަށް ގެންދިޔުމުގެ އިވެލުއޭޝަން ސާވޭ އެއް އެ އިންސްޓްޓިއުޓުން ކޮށްފި އެވެ. 9 ސެޕްޓެމްބަރ 2014 އިން 11 ސެޕްޓެމްބަރ 2014 ގެ ނިޔަލަށް، މި ކަމަށްޓަކައި ގއ. ވިލިނގިއްޔަށް ވަޑައިގެން މަސައްކަތް ކުރެއްވީ އެ އިންސްޓްޓިއުޓްގެ ޗީފް އެގްޒެކެޓިވް އޮފިސަރ [...]

ތަފްސީލް
Sep 17th

ހުވަދުއަތޮޅުއުތުރުބުރީ އަތޮޅު ކައުންސިލްގެ 26 ވަނަ ބައްދަލުވުމުން ނިންމި ކަންތައްތައް

އަތޮޅުކައުންސިލްގެ 26 ވަނަ ބައްދަލުވުން 31 އޮގަސްޓް 2014 ވަނަ ދުވަހުގެ 13:45 ގައި އަތޮޅުކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައި ބޭއްވިފައިވެއެވެ. މިބައްދަލުވުމުން ނިމުނުކަންތައްތަކަކީ:- ވިލިނގިލީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން ހުށަހަޅުއްވާފައިވާ، އަތޮޅު ބަށިމުބާރާތަށް އަތޮޅުކައުންސިލުން އެހީއެއް ދިނުމާބެހޭ ގޮތުން ގޮތެއް ނިންމުން. މިކަން ނިންމެވީ:       އެ މުބާރާތުގައި ބައިވެރިވާ ޓީމެއް ވިލިނގިއްޔަށް ގެނައުން ފަދަ (ކައުންސިލުން ފައިސާ ނުދީ) ކުރެވެންއޮތް ކަމެއް ކުރެވިދާނެ ކަމަށް ސިޓީއެއް ޑްރާފްޓް ކުރުމަށްފަހު ހުރިހާ ކައުންސިލަރުންނާ ޙިއްޞާކޮށް އޭގެ [...]

ތަފްސީލް