Nov 26th

ގއ. އަތޮޅުކައުންސިލުން ކޫއްޑޫ ފިޝަރީޒް މޯލްޑިވްސްއާ ބައްދަލުކޮށްފި

ގއ. އަތޮޅުކައުންސިލުން ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް އާ ބައްދަލު ކޮށްފި އެވެ. 26 ނޮވެމްބަރ 2014 ގައި ކޫއްޑޫގައި ބޭއްވި މި ބައްދަލުވުމުގައި އަތޮޅުކައުންސިލްގެ ކައުންސިލަރުންގެ ވަފުދުގައި ރައީސްގެ އިތުރުން ކައުންސިލްގެ ހަތަރު މެމްބަރަކު ބައިވެރިވެ ވަޑައިގަތެވެ.  ކޫއްޑޫގެ ފަރާތުން ބައިވެރިވެވަޑައިގެންނެވި ޓީމުގައި އެސިސްޓެންޓް ޖެނެރަލް މެނޭޖަރ މުޞްޠަފާ ޖަމީލުގެ އިތުރުން ކޫއްޑޫގެ ސީނިއަރ މެނޭޖްމަންޓުން ބައިވެރިވި އެވެ. މި ބައްދަލުވުމުގައި، މި އަހަރު ގއ. އަތޮޅުކައުންސިލުން އަތޮޅުފެންވަރުގައި ފާހަގަ ކުރަން ނިންމަވާފައިވާ މަސްވެރިންގެ ދުވަހުގެ ތައްޔާރީތަކުގެ [...]

ތަފްސީލް
Nov 26th

ގއ. އަތޮޅު ފުޓްބޯޅަ މުބާރާތް ފެށިއްޖެ

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްއާއި ގއ. އަތޮޅު ކައުންސިލް ގުޅިގެން އިންތިޒާމުކުރާ ގއ. އަތޮޅު ފުޓްބޯޅަ މުބާރާތް ފެށިއްޖެ އެވެ. 20 ނޮވެމްބަރުން 24 ނޮވެމްބަރ ގެ ނިޔަލަށް ގއ. ވިލިނގިލީ ސްޓޭޑިއަމްގައި ކުރިޔަށްދާ މި މުބާރާތުގައި ޖުމްލަ ހަތަރު ޓީމަކުން ބައިވެރިވެފައި ވެއެވެ. ވިލިނގިލީގެ ދެ ޓީމެއްގެ އިތުރުން ގއ. ދާންދޫ ޓީމަކާއި ގއ. ނިލަންދޫ ޓީމެއް ބައިވެރިވެފައިވާ މި މުބާރާތުގައި ކުޅުނު ފުރަތަމަ މެޗްގައި ކުޅުނީ ދާންދޫ [މެސްކް] ޓީމާއި ވިލިނގިލީ ވީ.އާރ.ސީ އެވެ. [...]

ތަފްސީލް
Nov 20th

އަތޮޅުކައުންސިލްގެ ރައީސް ވިލިނގިލީ ކައުންސިލްގެ ރައީސް އާއި ބައްދަލުކުރުން

ހުވަދުއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ ރައީސް ޙުސައިން އާދަމް ، ގއ.ވިލިނގިލީ ކައުންސިލްގެ ރައީސް ނިޔާޒް ނިޒާރާއި ބައްދަލުކުރައްވައިފި އެވެ. ދިރާގުގެ 4G ގެ ޚިދްމަތް ތަޢާރަފްކުރި އިވެންޓްގެ ހަވާސާގައި ބޭއްވެވި މި ބައްދަލުވުމުގައި ދެފަރާތުގެ މެދުގައިވާ ގުޅުން އިތުރަށް ހަރުދަނާކޮށް ބަދަހިކުރުމަށް ވާހަކަދެކެވުނެވެ. އަތޮޅުކައުންސިލްގެ ރައީސްގެ ވާހަކަފުޅުގައި 23 ނޮވެމްބަރުގައި ވިލިނގިލީގައި ބާއްވާ ގއ.އަތޮޅު ފުޓްބޯޅަ މުބާރާތް ބޭއްވުމުގައި ވިލިނގިލީކައުންސިލްގެ އެހީތެރިކަމާއި އެއްބާރުލެއްވުން ބޭނުންވާކަމަށް ވިދާޅުވި އެވެ. އަދި މި މުބާރާތުގެ އިންތިޒާމްތަކުގައި ދެފަރާތުގެ ދެމެދުގައި އުފެދިފައިވާ [...]

ތަފްސީލް
Nov 19th

ދިރާގުގެ 4 ޖީގެ ޚިދްމަތް ގއ.އަތޮޅަށް ލޯންޗްކޮށްފި

ދިރާގުން ފޯރުކޮށްދޭ 4G  ގެ ޚިދްމަތް ތައް މާލެއިން ބޭރުން ފުރަތަމަ ފަހަރަށް ގއ.ވިލިނގިއްޔަށް ދޫކޮށްފިއެވެ.   މިކަމަށްޓަކައި ގއ.އަތޮޅުތަޢުލީމީ މަރުކަޒުގެ ހޯލުގައި ބޭއްވި ޚާއްޞަ އިވެންޓްގައި ދިރާގުގެ އިސްވެރިންނާއި، ގއ.އަތޮޅުކައުންސިލްގެ މެމްބަރުންނާއި ވިލިނގިލީ ކައުންސިލްގެ މެމްބަރުންގެ އިތުރުން ވިލިނގިލީގެ އެކިއެކި ސެކްޓަރ ތަކުގެ ވެރިން ބައިވެރިވެ ވަޑައިގެންނެވި އެވެ.   މި އިވެންޓްގައި ދިރާގުންދޭ އިންޓަރނެޓާއި މޯބައިލް ފޯނުގެ ޚިދްމަތްތަކާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ފޯރުކޮށްދެވުނެވެ. މި އިވެންޓްގެ ބައިވެރިންނަށް ޚާއްޞަކޮށްގެން ލަކީޑްރޯއެއް ބޭއްވުނެވެ. [...]

ތަފްސީލް
Nov 19th

ހުވަދުއަތޮޅުއުތުރުބުރީ އަތޮޅު ކައުންސިލްގެ 36 ވަނަ ބައްދަލުވުމުން ނިންމި ކަންތައްތައް

ކޮނޑޭ ކައުންސިލް އިދާރާގެ ފައިނޭންސް އޮފިސަރ ރިފާޔަތު ގާސިމް އަތޮޅު ކައުންސިލް އިދާރާގެ ފައިނޭންސް ޑިޕާރޓްމަންޓްގައި މަސައްކަތް ކުރެވޭނެ ގޮތް ހަމަޖެއްސުމަށް އެދިފައިވާތީ އެކަމާމެދު މަޝްވަރާ ކުރުން.  މިކަން ނިންމެވީ:       ކޮނޑޭ ކައުންސިލް އިދާރާގެ ފައިނޭންސް އޮފިސަރ  ރިފާޔަތު ގާސިމު ޓްރެއިނިންގ ވުމަށްޓަކާ  އަތޮޅު ކައުންސިލް އިދާރާގެ ފައިނޭންސް ޑިޕާރޓްމަންޓްގައި މަސައްކަތް ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ކައުންސިލްގެ ބައްދަލުވުމުގައި ބައިވެރި ވަޑައިގެންނެވި ކައުންސިލަރުންގެ އިއްތިފާގުން ނިންމެވި. އަތޮޅު ފުޓްބޯޅަ މުބާރާތުގެ ބަޖެޓް ފާސްކުރުމަށް މިކަން ނިންމެވީ:        އަތޮޅު [...]

ތަފްސީލް
Nov 10th

ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަނުން ހިންގަވާ ފައުންޑޭޝަން ސްޓޭޖް ޓްރެއިން ޕްރޮގްރާމް ފަށައިފި

ހުވަދުއަތޮޅުއުތުރުބުރީގެ ހުރިހާރަށެއްގެ ޕްރީސްކޫލްތަކުގެ ޓީޗަރުންނަށް އަމާޒުކޮށް ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަނުން ހިންގަވާ ފައުންޑޭޝަން ސްޓޭޖް ޓްރެއިންގ ޕްރޮގްރާމް ފަށައިގެން ކުރިއަށް އެބަދެއެވެ.   މި ޕްރޮގްރާމަކީ ޅަފަތުގެ ތަޢުލީމާއި ތަރުބިއްޔަތުގެ މަރުހަލާގައި  މުޤައްރަރަށް އަޙުލުވެރިކުރުވުމުގެ ގޮތުން 7 ދުވަހުގެ މުއްދަތަށް ހިންގޭ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމު ހިންގަމުންދަނީ އަތޮޅުކައުންސިލްގެ އިދާރާގައެވެ.   މި ޕްރޮގްރާމުގައި މިއަތޮޅުގެ ހުރިހާ ރަށަކުން ޖުމްލަ  30 ބައިވެރިން ބައިވެރިވެ ވަޑައިގެންފައިވެއެވެ.

ތަފްސީލް
Nov 09th

ހުވަދުއަތޮޅުއުތުރުބުރީ އަތޮޅު ކައުންސިލްގެ 34 ވަނަ ބައްދަލުވުމުން ނިންމި ކަންތައްތައް

އަތޮޅުކައުންސިލްގެ 34 ވަނަ އާންމުބައްދަލުވުން 05  ނޮވެމްބަރ 2014 ވަނަ ދުވަހު އަތޮޅު ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައި ބާއްވައިފި އެވެ. މި ބައްދަލުވުމުން ނިމުނު ކަންތައްތަކަކީ:- މަސްވެރިންގެ ދުވަހުގެ ހަރަކާތްތަކުގެ ބަޖެޓް ތަފްޞީލު ފާސްކުރުން މިކަން ނިންމެވީ:        މަސްވެރިންގެ ދުވަހުގެ ހަރަކާތްތަކުގެ ބަޖެޓް ތަފްޞީލާއި މެދު އަތޮޅު ކައުންސިލްގެ 33ވަނަ ބައްދަލުވުމުން މަޝްވަރާކޮށް ހުށަހެޅިފައިވާ އިސްލާހުތައް،  އިސްލާހު ކުރުމަށްފަހު މަސްވެރިންގެ ދުވަހުގެ  ޕްރޮގްރާމަށާއި  އަދި އެކަމަށް ހެދިފައިވާ ބަޖެޓް -/88125 ރުފިޔާ ކައުންސިލްގެ ބައްދަލުވުމުގައި ބައިވެރި [...]

ތަފްސީލް
Nov 09th

ހުވަދުއަތޮޅުއުތުރުބުރީ އަތޮޅު ކައުންސިލްގެ 33 ވަނަ ބައްދަލުވުމުން ނިންމި ކަންތައްތައް

އަތޮޅުކައުންސިލްގެ 33 ވަނަ އާންމުބައްދަލުވުން 28  އޮކްޓޯބަރ 2014 ވަނަ ދުވަހު އަތޮޅު ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައި ބާއްވައިފި އެވެ. މި ބައްދަލުވުމުން ނިމުނު ކަންތައްތަކަކީ:- 2014 ވަނަ އަހަރުގެ މަސްވެރިންގެ ދުވަހުގެ ޕްރޮގްރާމް އަދި ބަޖެޓް ކައުންސިލާ ހިއްސާ ކުރެއްވުމަށް މިކަން ނިންމެވީ:        މަސްވެރިންގެ  ދުވަހުގެ  ޕްރޮގްރާމަށާއި  އަދި އެކަމަށް ހެދިފައިވާ ބަޖެޓަށް ގެންނަށްޖެހޭ އިސްލާހުތައް ކައުންސިލްގެ ބައްދަލުވުމުން ފާހަގަކޮށްފައިވާތީ އެ އެކަމަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށްފަހުދެންއޮންނަ ބައްދަލުވުމަށް ހުށަހަޅައި ފާސްކުރުމަށް. ވިލިގިލީ އިންޖީނުގެ [...]

ތަފްސީލް