Jan 29th

ހުވަދުއަތޮޅުއުތުރުބުރީ އަތޮޅު ކައުންސިލްގެ 44 ވަނަ ބައްދަލުވުމުން ނިންމި ކަންތައްތައް

ހުވަދުއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ 44 ވަނަ ބައްދަލުވުން 27 ޖެނުއަރީ 2015 ގައި އަތޮޅު ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައި ވަނީ ބާއްވާފައެވެ. މި ބައްދަލުވުމުން ނިމުނު ކަންތައްތަކަކީ: އަތޮޅު ވޮލީބޯޅަ މުބާރާތުގެ ހޯސްޓް އައިލެންޑަށް ދިނުމަށް ހަމަޖެހިފައިވާ ފައިސާ ދިނުމަށް. މިކަން ނިންމެވީ: 2014 ވަނަ އަހަރު ބޭއްވި އަތޮޅު ވޮލީބޯޅަ މުބާރާތް ގެމަނަފުށީގައި ބޭއްވުމާއި ގުޅިގެން އަތޮޅު ކައުންސިލާއި، ގެމަނަފުށީ ކައުންސިލާއި ދެމެދު ޤާއިމު ކުރެވުނު އެމް.އޯ.ޔޫގެ 11 ވަނަ ނުކުތާގައިވާ ގޮތުގެ މަތިން [...]

ތަފްސީލް
Jan 26th

ހުވަދުއަތޮޅުއުތުރުބުރީ އަތޮޅު ކައުންސިލްގެ 38 ވަނަ ބައްދަލުވުމުން ނިންމި ކަންތައްތައް

ހުވަދުއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ 38 ބަނަ ބައްދަލުވުން 02 ޑިސެމްބަރ 2014 ގައި އަތޮޅުކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައި ބޭއްވިފައިވެއެވެ. މި ބައްދަލުވުމުން ނިންމުނު ކަންތައްތަކަކީ: އަތޮޅު ކައުންސިލްއިދާރާގެ އޮނިގަނޑުގައިވާ ޑިރެކްޓަރ، ޑެޕިއުޓީ ޑިރެކްޓަރ މަޤާމަށް އިޢުލާން ކުރުމަށް މިކަން ނިންމެވީ: އަތޮޅު ކައުންސިލް އިދާރާގެ އޮނިގަނޑުގައިވާ 1 ޑިރެކްޓަރ، 3 އެސިސްޓެންޓް ޑިރެކްޓަރ ކަމުގެ މަޤާމަށް ޑިސެމްބަރ މަސް ނިމުމުގެ ކުރިން މީހުން ހޯދުމަށްޓަކާ އެމަޤާމްތަކަށް އިޢުލާން ކުރުމަށް ކައުންސިލްގެ ބައްދަލުވުމުގައި ބައިވެރިވެވަޑައި ގެންނެވި ކައުންސިލަރުންގެ [...]

ތަފްސީލް
Jan 26th

ހުވަދުއަތޮޅުއުތުރުބުރީ އަތޮޅު ކައުންސިލްގެ 43 ވަނަ ބައްދަލުވުމުން ނިންމި ކަންތައްތައް

ހުވަދުއަތޮޅުއުތުރުބުރީ އަތޮޅުކައުންސިލްގެ 43 ވަނަ ބައްދަލުވުން 20 ޖެނުއަރީ 2015 ގައި އަތޮޅު ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައި ބޭއްވިފައިވެއެވެ. މި ބައްދަލުވުމުން ނިންމެވި ކަންތައްތަކަކީ: 2014 ވަނަ އަހަރު މަސްވެރިންގެ ދުވަސް ފާހަގަކުރުން ރީ-ޝެޑިއުލްކުރުން މިކަން ނިންމެވީ: އަތޮޅު ފެންވަރުގައި ބާއްވާ މަސްވެރިންގެ ދުވަސް މާރޗް މަހުގައި ބޭއްވުމަށް ހަމަޖެހިފައިވާތީ، އެދުވަސް ބާއްވާނެ ރަށެއް ކަނޑައެޅުމަށްޓަކާ ރަށްރަށަށް އެކަމާއިބެހޭ މަޢުލޫމާތު ދިނުމަށްފަހު އެކަމަށް ޝައުގުވެރިކަން ފާޅުކުރާ ކައުންސިލްތައް ބެލުމަށާއި، އަދި ދެއްވަދޫ ކައުންސިލުން މިދުވަސް ފާހަގަކުރަން [...]

ތަފްސީލް
Jan 26th

ހުވަދުއަތޮޅުއުތުރުބުރީ އަތޮޅު ކައުންސިލްގެ 42 ވަނަ ބައްދަލުވުމުން ނިންމި ކަންތައްތައް

ހުވަދުއަތޮޅު އުތުރުބުރީ އަތޮޅޫކައުންސިލްގެ 42 ވަނަ ބައްދަލުވުން 15 ޖެނުއަރީ 2015 ގައި އަތޮޅު ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައި ބާއްވައިފި އެވެ. މި ބައްދަލުވުމުން ނިންމުނު ކަންތައްތަކަކީ: 2015 ވަނަ އަހަރުގެ ބަޖެޓް ފާސްކުރުން މިކަން ނިންމެވީ: އަތޮޅު ކައުންސިލް އިދާރާގެ 2015 ވަނަ އަހަރަށް ހިނގާނެ ކަމަށް ފަލާކުރާ ޚަރަދު -/6،943،472 ރުފިޔާގެ ބަޖެޓް ފާސްކުރުމަށް ކައުންސިލްގެ ބައްދަލުވުމުގައި ބައިވެރިވެވަޑައި ގެންނެވި ކައުންސިލަރުންގެ އިއްތިފާގުން ނިންމެވި. ލިލީ ލޯންޗް ކުއްޔަށް ދޫކޮށްފައިވާ ގއ.ދާންދޫ ފިޔާތޮށިގޭ [...]

ތަފްސީލް
Jan 26th

ހުވަދުއަތޮޅުއުތުރުބުރީ އަތޮޅު ކައުންސިލްގެ 37 ވަނަ ބައްދަލުވުމުން ނިންމި ކަންތައްތައް

ހުވަދުއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ 37 ވަނަ ބައްދަލުވުން 25 ނޮވްމެބަރ 2014 ވަނަ ދުވަހު އަތޮޅު ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައި ވަނީ ބާއްވާފައެވެ. މި ބައްދަލުވުމުން ނިންމުނު ކަންތައްތަކަކީ: ދެއްވަދޫ ރަސްގެފާނު ހަނދާނީ ވާއިގެ ތައްޓަށް ކުޅެވޭ ފުޓްބޯޅަ، ބަށި މުބާރާތުގެ އިންތިޒާމްގެ މަސައްކަތް ކުރުމަށްޓަކައި ނޮވެމްބަރ މަހު 28 ން 12 ޑިސެމްބަރ 2014 އަށް ކައުންސިލަ މުޙައްމަދު ސަވާދު ދޫކޮށްދެއްވުމަށް އެދި ދެއްވަދޫ ކައުންސިލުން ހުށަހަޅާފައިވާތީ އެކަމާ މަޝްވަރާ ކުރުން. މިކަން ނިންމެވީ: [...]

ތަފްސީލް
Jan 25th

އަތޮޅުކައުންސިލްގެ 2025 ގެ ތަރައްޤީގެ ޕްލޭންގެ މަސައްކަތު ބައްދަލުވުން ބާއްވައިފި

ސީ.ޑީ.އީ އާއި ޙަވާލުކޮށްގެން ގއ.އަތޮޅު އަތޮޅުކައުންސިލުން ތައްޔާރުކުރާ އަތޮޅުގެ 2025 ގެ ތަރައްޤީގެ ޕްލޭން “ހެވަންލީ ހުވަދު” ގެ މަސައްކަތު ބައްދަލުވުމެއް 17 ޖެނުއަރީ ގައި އަތޮޅުކައުންސިލްގެ އިދާރާގައި ބޭއްވުނެވެ. މި ބައްދަލުވުމުގައި އަތޮޅުގެ ރަށުކައުންސިލްތަކުގެ މެމްބަރުންނާއި ރައީސުން އަދި ނާއިބްރައީސުން ބައިވެރިވެ ވަޑައިގެންނެވި އެވެ. މި ބައްދަލުވުމުގައި އަތޮޅުގެ ތަރައްޤީގެ ޕްލޭނުގައި ރަށްރަށުގެ ޚިޔާލު ހިމެނުމުގެ މައްޗަށް މަޝްވަރާކުރެވުނެވެ. ރަށުކައުންސިލްތަކުން މި ޕްލޭނުގެ މައްޗަށް ބިނާކޮށް ރަށުޕްލޭންތައް ހެދުމަށް މަޢުލޫމާތު ބަދަލުކުރެވުނެވެ.

ތަފްސީލް
Jan 25th

2015 ވަނަ އަހަރުގެ އަތޮޅުކައުންސިލްގެ ބަޖެޓް ފާސްކޮށްފި

2015 ވަނަ އަހަރު ގއ. އަތޮޅުގެ އަތޮޅުކައުންސިލުގެ ބަޖެޓް 15 ޖެނުއަރީ 2015 ވަނަ ދުވަހު ބޭއްވި ކައުންސިލުގެ 42 ވަނަ އާންމުބައްދަލުވުމުން ފާސްކޮށްފިއެވެ. ރައްޔިތުންގެ މަޖިލީހުން 2015 ވަނަ އަހަރަށް ގއ.އަތޮޅުކައުންސިލަށް ފާސްކުރެއްވި 5،704،392.00 ރުފިޔާ އާއި ކައުންސިލްގެ އާމްދަނީއިން 2015 ވަނަ އަހަރުގެ އަހަރީ ޙަރަކާތްތައް ކަނޑައެޅި، 1،239،472.00 ރުފިޔާ އާއެކު ޖުމްލަ 6،943،472.00 ރުފިޔާގެ ބަޖެޓް ފާސްކުރީ މި ބައްދަލުވުމަށް ހާޟިރުވި މެމްބަރުންގެ އިއްތިފާގުންނެވެ.

ތަފްސީލް