May 20th

މިއަތޮޅު ކަނޑުހުޅުދޫކައުންސިލްގެ ފަރާތުން އަތޮޅު ކައުންސިލާއި ބައްދަލުކޮށްފި

ކަނޑުހުޅުދޫ ކައުންސިލްގެ ފަރާތުން އަތޮޅުކައުންސިލާއި ބައްދަލުކުރުމަށްޓަކައި 19 މެއި 2015 ގައި ވިލިނގިއްޔަށް ވަޑައިގެން ކައުންސިލާއި ބައްދަލުކުރައްވައިފި އެވެ.   މި ބައްދަލުވުން ބޭއްވިފައިވަނީ އަތޮޅުކައުންސިލްގެ އިދާރާގެ ޖަލްސާ ކުރާ މާލަމުގައެވެ.   މި ބައްދަލުވުމުގައި ކަނޑުހުޅުދޫގެ ގޯތި ގެދޮރާއި ބިމާއިބެހޭ މައްސަލަތަކާމެދު މަޝްވަރާކޮށް، އަތޮޅުކައުންސިލްގެ ލަފާ ހޯދާފައިވެ އެވެ. އަދި މި ބައްދަލުވުމުގައި ކަނޑުހުޅުދޫއިން ހުށަހެޅުނު މި މައްސަލަތަކަށް އިތުރަށް މަޝްވަރާކޮށް ހައްލުހޯދައި ދިނުމަށް އަތޮޅުކައުންސިލުން ކަނޑުހުޅުދުއަށް ޒިޔާރަތްކުރާ ގޮތަށް ހަމަޖެސެވި އެވެ.

ތަފްސީލް
May 20th

އަތޮޅުކައުންސިލްގެ ފަރާތުން މިއަތޮޅު ދާންދޫ ކައުންސިލާއި ބައްދަލުކޮށްފި

ބަށިބޯޅަ ފައުންޑޭޝަނާއި، އަތޮޅުކައުންސިލާއި ގުޅިގެން ބާއްވާ އަތޮޅު ބަށިމުބާރާތާއި، ބެހޭގޮތުން ބަށިމުބާރާތް ބާއްވާ ރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި ކައުންސިލާއި ބައްދަލުލުރުމުގެ ގޮތުން ބޭއްވުނު ބައްދަލުވުމެއް 14 މެއި 2015 ގައި އަތޮޅުކައުންސިލްގެ އިދާރާގައި ބޭއްވުނެވެ. މި ބައްދަލުވުމުގައި މުބާރާތައިބެހޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވިފައިވެ އެވެ. މި މުބާރާތުގައި މި އތޮޅުން ބައިވެރިވަނީ ، މިއަތޮޅު ވިލިނގިލ، ނިލަންދޫ، ދާންދޫ އަދި ގެމަނަފުއްޓެވެ. މި މުބާރާތުގެ 1 ވަނަ އަދި 2 ވަނަ ޓީމަށް [...]

ތަފްސީލް