Dec 21st

އަތޮޅުކައުންސިލްގެ ފަރާތުން ވިލިނގިލީކައުންސިލާއި ބައްދަލުކުރައްވައިފި

ވިލިނގިލީކައުންސިލް މޮނިޓަރ ކުރުމަށްފަހު މޮނިޓަރިންގ ރިޕޯރޓްގައި ފާހަގަކުރެވުނު ކަންތައްތައް ވިލިނގިލީ ކައުންސިލާއި ހިއްސާކޮށް މަޝްވަރާ ކުރެއްވުމަށްޓަކައި 20 ޑިސެމްބަރ 2015 ވަނަ ދުވަހުގެ ހެނދުނު 11:00 ގައި އަތޮޅު ކައުންސިލުން ވިލިނގިލީ ކައުންސިލާއި ބައްދަލުކުރައްވައިފި އެވެ.  މި ބައްދަލުވުމުގައި ވިލިނގިލީ ކައުންސިލްގެ ރައީސް އަލްފާޟިލް ނިޔާޒް ނިޒާރު، ކައުންސިލަރ އަލްފާޟިލް މުޙަންމަދު ފާރޫޤު، ކައުންސިލަރ އަލްފާޟިލް ފަތުޙީ މޫސާ، ކައުންސިލަރ އަލްފާޟިލް ނަދީމް މުޙަންމަދު ، އަދި ޒިންމާދާރުވެރިޔާ އަލްފާޟިލާ ޝަޒްމާ މުޙަންމަދު ބައިވެރިވެ ވަޑައިގެންނެވި އެވެ. [...]

ތަފްސީލް
Dec 13th

ރާއްޖޭގެ 72 ވަނަ ޤައުމީ ދުވަހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފި

ދިވެހިރާއްޖޭގެ 72 ވަނަ ޤައުމީދުވަސް (01 ރަބީއުލްއައްވަލް 1437 ) ފާހަގަކުރެއްވުމުގެ ގޮތުން ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ހެނދުނު 6:00 ގައި ބާއްވާ ދިދަ ނެގުމުގެ ރަސްމިއްޔާތު  މިއަތޮޅުގެ ހުރިހާ ރަށެއްގައި ބާއްވައިފި އެވެ. މިގޮތުން ވިލިނގިލީގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމިއްޔާތު ބޭއްވިފައިވަނީ އަތޮޅުކައުންސިލްގެ އިދާރާގައެވެ.   މި ރަސްމިއްޔާތުގައި ދިދަ ނަންގަވައި ދެއްވީ ހުވަދުއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ އިދާރާގެ ޒިންމާދާރު ވެރިޔާ އަލްފާޟިލް މުހަންމަދު ނަޞީރު ޢަލީ އެވެ. މި ރަސްމިއްޔާތުގައި ސަރުކާރުގެ [...]

ތަފްސީލް
Dec 09th

ހުވަދުއަތޮޅުއުތުރުބުރީ ދެވަނަ އަތޮޅު ކައުންސިލްގެ 87 ވަނަ ބައްދަލުވުން ބާއްވައިފި

ހުވަދުއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ 87ވަނަ ބައްދަލުވުން 09 ޑިސެމްބަރ 2015 ގައި އަތޮޅު ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައި ބާއްވައިފި އެވެ. މި ބައްދަލުވުމުން ނިމުނު ކަންތައްތަކަކީ:-   ޓްރާންސް ފޯމަރ ބެހެއްޓުމަށް ދީފައިވާ ބިމުން ބައެއް އިތުރުކޮށްދެއްވުމަށް އެދި ފެނަކަ ކޯޕަރޭޝަން ވިލިނގިލީ ބްރާންޗުން ފޮނުއްވާފައިވާ ސިޓީއާއިބެހޭ ގޮތުން މަޝްވަރާ ކުރުމަށް. މިކަން ނިންމެވީ:             ޓްރާންސް ފޯމަރ ބެހެއްޓުމަށްޓަކާ އަތޮޅުގޭގެ ބިމުން ކުރިން ދީފައިވާ 11 ފޫޓް 20 ފޫޓްގެ ބިން ކުޑަވެފައިވާތީ ބިން [...]

ތަފްސީލް
Dec 09th

ހުވަދުއަތޮޅުއުތުރުބުރީ ދެވަނަ އަތޮޅު ކައުންސިލްގެ 84 ވަނަ ބައްދަލުވުން

ހުވަދުއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ 84ވަނަ ބައްދަލުވުން  17 ނޮވެމްބަރ 2015 ގައި އަތޮޅު ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައި ވަނީ ބާއްވާފައެވެ. މި ބައްދަލުވުމުން ނިމުނު ކަންތައްތަކަކީ:-   ވަގުތީ ގޮތުން ގެންގުޅެމުންދާ ލޯންޗް މުވައްޒަފުންގެ ކޮންޓެކްޓްގެ މުއްދަތު ހަމަވެފައިވާތީ ކޮންޓްރެކްޓްގެ މުއްދަތު އިތުރުކުރުމާމެދު ގޮތެއް ނިންމުމަށް. މިކަން ނިންމެވީ:             ކޮންޓްރަކް އުޞޫލުން ވަގުތީގޮތުން ގެންގުޅުމުންއައި ލޯންޗް ޑްރައިވަރ އަދި 2 ފަޅުވެރިންގެ ކޮންޓްރަކް މުއްދަތު ހަމަވެފައިވާތީ އަލުން އެމަޤާމް ތަކަށް މީހުން ހޯދުމަށްޓަކާ  ސިވިލްސާރވިސްގެ [...]

ތަފްސީލް
Dec 09th

ހުވަދުއަތޮޅުއުތުރުބުރީ ދެވަނަ އަތޮޅު ކައުންސިލްގެ 82 ވަނަ ބައްދަލުވުން

ހުވަދުއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ 82 ވަނަ ބައްދަލުވުން  27 އޮކްޓޯބަރ 2015 ގައި އަތޮޅު ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައި ވަނީ ބޭއްވިފައެވެ. މި ބައްދަލުވުމުން ނިމުނު ކަންތައްތަކަކީ:-   އޯލެވެލްގައި ގއ. އަތޮޅުގެ ގަދަ 3 ވަނައަށްދޭ އިނާމް ފައިސާ މުރާޖާ ކުރުމަށް މިކަން ނިންމެވީ:           2014 ވަނަ އަހަރުގެ ޖީ.ސީ.އީ. އޯލެވެލް އިމުތިހާނުގައި ބައިވެރިވެ ގަދަ 10ގައި ހިމެނި ގއ. އަތޮޅުގެ ދަރިވަރުންގެ ތެރެއިން އެންމެރަގަޅު ނަތީޖާ ހޯދައިގެން އަތޮޅުން 1ވަނަ، 2ވަނަ އަދި [...]

ތަފްސީލް
Dec 09th

ހުވަދުއަތޮޅުއުތުރުބުރީ ދެވަނަ އަތޮޅު ކައުންސިލްގެ 79 ވަނަ ބައްދަލުވުން

ހުވަދުއަތޮޅު އަތޮޅުބުރީ އަތޮޅުކައުންސިލްގެ  79 ވަނަ ބައްދަލުވުން 06 އޮކްޓޯބަރ  2015 ގައި އަތޮޅު ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައި ބޭއްވިފައިވެ އެވެ. މި ބައްދަލުވުމުން ނިންމުނު ކަންތައްތަކަކީ: ގއ. ގެމަނަފުށީ ޓޫމައިފްރެންޑްސް އަދުނާނު ޙަސަންގެ މައްސަލާގައި ހައިކޯޓްގައި ވަކާލާތު  ކުރުމަށް  މިއިދާރާއިން  ހަމަޖައްސަވާފައިވާ  މ. ނިއުލައިފް މުޙައްމަދު ޝިފާޒް ޢަބުދުލްޤާދިރަށް ދޭންޖެހޭ ފައިސާ ދިނުމަށް މިކަން ނިންމެވީ:          ޙަވާލުކޮށްފައިވާ މަސައްކަތް އަދި ވަކިގޮތަކަށް ނިމިފައިނުވާތީ އެމައްސަލާގައި މިހާތަނަށް ވަކާލާތު ކޮށްފައިވާ މަސައްކަތުގެ ޑޮކިއުމެންޓްތައް ހުށަހެޅުމަށާއި އަދި [...]

ތަފްސީލް
Dec 02nd

ގއ.އަތޮޅުގެ ސިއްޙީ ޚިދްމަތް ދޭ ތަންތަނަށް މެޑިކަލް އިކްއިޕްމަންޓްސް ހަދިޔާކޮށްފި

ގއ.އަތޮޅުކައުންސިލުން އަތޮޅުގެ ހުރިހާ ރަށްރަށުގެ ސިއްޚީ ޚީދްމަތް ދޭ ތަންތަނަށް މެޑިކަލް އިކްޕްމަންޓްސް ހަދިޔާކޮށްފި އެވެ. އަތޮޅުކައުންސިލްގެ އާމްދަނީއިން ޚަރަދުކޮށްގެން ސިއްޙީ ޚިދްމަތްދޭ ތަންތަނަށް ހޯދި ތަކެތި އެ ތަންނާއި ޙަވާލުކުރީ 01 ޑިސެމްބަރ2015 ވަނަ ދުވަހުއަތޮޅުކައުންސިލްގެ އިދާރާގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.   މި ރަސްމިއްޔާތުގައި އަތޮޅުގެ ރަށުކައުންސިލްތަކުގެ މަންދޫބުންނާއި، ސިއްޙީ ޚިދްމަތްދޭ ތަންތަނުގެ ވެރިންނާއި، ވިލިނގިލީގެ ސެކްޓަރ ތަކުގެ ވެރިން ބައިވެރިވެ ވަޑައިގެންނެވި އެވެ.  މިރަސްމިއްޔާތުގައި ތަކެތި ޙަވާލުކޮށްދެއްވީ އަތޮޅުކައުންސިލްގެ ރައީސް އާއި، އަތޮޅު [...]

ތަފްސީލް
Dec 02nd

ހުވަދުއަތޮޅުއުތުރުބުރީ ދެވަނަ އަތޮޅު ކައުންސިލްގެ 78 ވަނަ ބައްދަލުވުން

ހުވަދުއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ 78 ވަނަ ބައްދަލުވުން  01 އޮކްޓޯބަރ 2015 ގައި އަތޮޅު ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައި ވަނީ ބާއްވާފައެވެ. މި ބައްދަލުވުމުން ނިމުނު ކަންތައްތަކަކީ:-   ދާންދޫ ސްޕޯޓްސް ކްލަބުން އެދިފައިވާ އެހީ ދިނުމާއިބެހޭ ގޮތުން މަޝްވަރާ ކުރުން. މިކަން ނިންމެވީ:              ކްލަބު ޖަމްޢިއްޔާތަކަށް އެހީތެރިވުމުގެ ގޮތުން ކައުންސިލްގެ ބަޖެޓްގައި ހިމަނާފައިވާފައިވާ ފައިސާގެ ތެރެއިން މިހާރު ބަކީ ހުރި -/41000 ރުފިޔާގެ ތެރެއިން ކްލަބް ޖަމްޢިއްޔާ ތަކުން ބައިވެރި ކުރި 07 [...]

ތަފްސީލް
Dec 02nd

ހުވަދުއަތޮޅުއުތުރުބުރީ ދެވަނަ އަތޮޅު ކައުންސިލްގެ 77ވަނަ ބައްދަލުވުން

ހުވަދުއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ 77 ވަނަ ބައްދަލުވުން  17 ސެޕްޓެމްބަރ 2015 ގައި ހުވަދުއަތޮޅުއުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.   އަތޮޅުކައުންސިލް އިދާރާގައި ހުރި މުދާތަކުގެ ތެރެއިން ކުއްޔަށްދޫކުރާ މުދާތައް، ކުއްޔަށް ދޫކުރާނެ އުޞޫލުތަކެއް އިދާރާއިން ކަނޑައަޅާފައިވާތީ އެކަމާއިބެހޭ ގޮތުން މަޝްވަރާކޮށް ފާސްކުރުމަށް. މިކަން ނިންމެވީ:            އަތޮޅުކައުންސިލް އިދާރާގައި ހުރި  ކުއްޔަށް ދޫކުރާ މުދާތަކުގެ ތެރެއިން ޕްރޮޖެކްޓަރާއި ސައުންޑް ސިސްޓަމް ދުވަހު ކުއްޔަށް ދޫކުރެވޭނެ ވަކި އަގެއް ހެދުމަށާއި، އަދި ޖަލްސާ ކުރާ މާލަން [...]

ތަފްސީލް
Dec 02nd

ހުވަދުއަތޮޅުއުތުރުބުރީ ދެވަނަ އަތޮޅު ކައުންސިލްގެ 76ވަނަ ބައްދަލުވުން

ހުވަދުއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ 76 ވަނަ ބައްދަލުވުން 08 ސެޕްޓެމްބަރ 2015 ހުވަދުއަތޮޅުއުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައި ބާއްވައިފި އެވެ. މި ބައްދަލުވުމުން ނިމުނު ކަންތައްތަކަކީ:-   މަސައްކަތް ޙަވާލުކުރުމުގައި  ގެންގުޅެންޖެހޭ އުޞޫލުތަކާއި،ގއ. ވިލިނގިލީގައި މަސައްކަތް ކުރާ ކުންފުނިތަކާއި އަމިއްލަ ފަރުދުންގެ ގޮތުގައި އެކިއެކި މަސައްކަތްތައް ކުރަމުންދާ ފަރާތްތަކުގެ މަޢުލޫމާތު ކައުންސިލާއި ހިއްސާ ކުރުމަށް. މިކަން ނިންމެވީ:   އަތޮޅު ކައުންސިލް އިދާރާއިން -/25،000 (ފަންސަވީސްހާސް ރުފިޔާ ) އަށް ވުރެ ދަށުގެ މަސައްކަތްތައް ޙަވާލުކުރުމުގައި [...]

ތަފްސީލް