Feb 29th

ކޮލަމާފުށީ ކައުންސިލްގެ ފަރާތުން ޓީމެއް އަތޮޅު ކައުންސިލާއި ބައްދަލުކުރައްވައިފި

ޕީ.އެސް.އެމުން ކުރިއަށް ގެންދާ ރިއަލިޓީ ޝޯވް މޯލްޑިވިއަން އައިޑޯލްއިން 11 ވަނަ ރައުންޑަށް ހޮވިފައިވާ ގއ. ކޮލަމާފުށީ ކެނެރީގޭ ސާދިޤަށް ވޯޓް ހޯދުމަށް ފަންޑްކުރުމަށްޓަކައި ކޮލަމާފުށީ ކައުންސިލްގެ ފަރާތުން އެކުލަވާލެވިފައިވާ ޓީމެއް މިއަދު އަތޮޅުކައުންސިލާއި ބައްދަލުކުރައްވައިފި އެވެ.   މި ބައްދަލުވުމަކީ ސާދިޤަކީ ހުވަދު އަތޮޅަށް ނިސްބަތްވާ ދަރިއަކަށް  ވާތީ މުޅި ހުވަދުއަތޮޅަށް އެކުވެ މި ކެމްޕެއިންގައި ބައިވެރި ކުރުވުމަށް ކުރަމުންދާ ދަތުރެއްކަމަށާއި، ސާދިޤަށް ވޯޓް ހޯދުމަށް ގއ. އަތޮޅުގެ ރަށްރަށަށް ޒިޔާރަތްކޮށް ކެމްޕެއިންގެ ކަންތައް އިތުރަށް [...]

ތަފްސީލް
Feb 25th

ހުވަދުއަތޮޅުއުތުރުބުރީ ދެވަނަ އަތޮޅު ކައުންސިލްގެ 96 ވަނަ ބައްދަލުވުމުން ނިންމި ކަންތައްތައް

ހުވަދުއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ 96 ވަނަ ބައްދަލުވުން 16 ފެބުރުއަރީ 2016 ގައި  އަތޮޅު ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައި ބޭއްވިފައިވެ އެވެ. މި ބައްދަލުވުމުގައި މަޝްވަރާކުރެވި ނިމިފައިވާ ކަންތައްތަކަކީ: އަތޮޅު ޤުރުއާން މުބާރާތް ބޭއްވުމަށް އެދި ކޮލަމާފުށީ ކައުންސިލް އިދާރާއިން ފޮނުއްވާފައިވާ ޕްރޮޕޯސަލާއި މެދު މަޝްވަރާކޮށް ގޮތެއް ނިންމުން މިކަން ނިންމެވީ:          އަތޮޅު ޤުރުޢާން  މުބާރާތް  ބޭއްވުމަށް އެދި ޕްރޮޕޯސަލް  ހުށަހަޅުއްވާފައިވަނީ  ހަމައެކަނި  ކޮލަމާފުށީ ކައުންސިލުން ކަމަށްވާތީ 2016 ވަނަ އަހަރުގެ އަތޮޅު ޤުރުޢާން މުބާރާތް [...]

ތަފްސީލް
Feb 25th

ގއ.ކޮލަމާފުށީ ކައުންސިލްގެ މޮނިޓަރިން ނިންމައިފި

ރަށްރަށުގެ ރަށުކައުންސިލްތައް މޮނިޓަރ ކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން މިއަތޮޅު ކޮލަމާފުށީ ކައުންސިލް މޮނިޓަރ ކުރުމަށް  23ފެބްރުއަރީ 2016 ގައި ފެށި މޮނިޓަރިން ނިންމުމަށްފަހު ، މޮނިޓަރިންގ ރިޕޯރޓްގައި ފާހަގަކުރެވިފައިވާ މުހިންމުކަންތައްތައް ކައުންސިލާއި ހިއްސާ ކުރެއްވުމަށްޓަކައި 24 ފެބްރުއަރީ 2016 ވަނަ ދުވަހު ބައްދަލުވުމެއް ބޭއްވިފައިވެ އެވެ. މި ބައްދަލުވުމުގައި ކައުންސިލް ހިންގުމުގައި މިހާރުން މިހާރަށް އިސްލާހުކުރަންޖެހޭ ކަންތައްތައް އޮޅުން ފިލުވައި ދެއްވައި މަޝްވަރާކުރެވިފައިވެއެވެ.

ތަފްސީލް
Feb 25th

ގއ.ކޮލަމާފުށީ ކައުންސިލްގެ މޮނިޓަރިން ފަށައިފި

ރަށްރަށުގެ ރަށުކައުންސިލްތައް މޮނިޓަރ ކުރުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން މިއަތޮޅު ކޮލަމާފުށީކައުންސިލް މޮނިޓަރ ކުރުމުގެ މަސައްކަތް 23ފެބްރުއަރީ 2016 ގައި ފައްޓައިފި އެވެ. މި މޮނިޓަރިންގެ ތެރެއިން ލާމަރުކަޒީ ޤާނޫނުގައިވާ ކައުންސިލްގެ މަސްޢޫލިއްޔަތު އަދާކުރުމުގައި ދެމުންދާ ޚިދްމަތް ހަރުދަނާ ކުރުމަށްޓަކައި ޚިދްމަތް ދިނުމުގައި ކޮންމެހެން އޮޅުން ފިލުވަންޖެހޭ ކަންތައްތައް ދަސްކޮށް ދިނުމަށްޓަކައި މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކައުންސިލް އިދާރާގައި ބޭއްވިފައިވެ އެވެ.

ތަފްސީލް
Feb 23rd

އޭޝިޔާ ފައުންޑޭޝަނުގެ ފަރާތުން ޔުނިސެފްގެ ޓީމެއް އަތޮޅު ކައުންސިލާއި ބައްދަލުކުރައްވައިފި

އޭޝިޔާ ފައުންޑޭޝަނުގެ ފަރާތުން ދިވެހިރާއްޖޭގެ ޕަބްލިކް ރިލޭޝަންސް އާއި، ކޮމިޔުނިޓީ ޕޮލިސީން ކުރައްވާ މަސައްކަތްތަކުގެތެރެއިން ޕޮލިސްއަށް ކުރެވިދާނެ ކަންތައްތަކަކީ ކޮބައިތޯ ބަލައި އަތޮޅުތަކުގެ ކައުންސިލްތަކާއި ބައްދަލުކޮށް ކައުންސިލްތަކުގެ ދައުރަކީ ކޮބައިތޯ ބަލައި ރަނގަޅުކުރެވެން ހުރި މަސައްކަތްތަކާއިބެހޭ ގޮތުން މަޝްވަރާކުރުމަށްޓަކައި ބާއްވާ ބައްދަލުވުމެއް މިއަދު އަތޮޅުގޭގެ ޖަލްސާކުރާ މާލަމުގައި ވަނީ ބޭއްވިފައެވެ. މި ބައްދަލުވުން ބޭއްވުނީ ޑިސްކަޝަން ސެޝަނެއްގޮތަށް ދެފަރާތުންވެސް ވާހަކަ ދެކެވޭގޮތަށް ބައްޓަންކޮށް ތައްޔާރުކުރެވިފައިވާ ސުވާލުތަކަކަށް އަމާޒް ކޮށްގެންނެވެ. ބައްދަލުކުރައްވާ ގޮތަށެވެ. މި ބައްދަލުވުމުގައި މަޝްވަރާކުރެވިފައިވާ ކަންތައްތަކަކީ:- [...]

ތަފްސީލް
Feb 22nd

ގއ.މާމެންދޫ ގައި ކުޑަކުދިންގެ ޕާކެއް ހުޅުވައިފި

ހުވަދުއަތޮޅު އުތުރުބުރީ މާމެންދޫ ކައުންސިލްގެ ފަރާތުން އެރަށުގައި އިމާރާތްކުރި ކުޑަކުދިންގެ ޕާރކް 19 ފެބްރުއަރީ 2016 ގައި ހުޅުވައިފި އެވެ. “ކުއްދުނެގެ އުފާ ” މި ނަމުގައި ހުޅުވުނު މި ޕާރކް ހުޅުއްވައިދެއްވީ އަތޮޅުކައުންސިލްގެ ރައީސް އަލްފާޟިލް ޙުސައިން އާދަމެވެ. މި ރަސްމިއްޔާތުގައި އަތޮޅުކައުންސިލްގެ ރައީސް ގެ އިތުރުން ކައުންސިލަރ އަލްފާޟިލް ސައުދުﷲ ރަޝީދު، އ. ޑިރެކްޓަރ އަލްފާޟިލް މުޙަންމަދު ޙަސަން ، މާމެންދޫ ކައުންސިލްގެ ރައީސް، ހުރިހާ ކައުންސިލަރުން، އެކި ދާއިރާތަކުގެ މުވައްޒަފުން، ރައްޔިތުން ބައިވެރިވެ [...]

ތަފްސީލް
Feb 22nd

ދެއްވަދޫ ކައުންސިލް މޮނިޓަރ ކުރުމުގެ މަސައްކަތް ފަށައިފި

ހުވަދުއަތޮޅު އުތުރުބުރީގެ ރަށުކައުންސިލްތައް މޮނިޓަރ ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން މިއަތޮޅު ދެއްވަދޫ ކައުންސިލް މޮނިޓަރ ކުރުމުގެ މަސައްކަތް މިއަދު ފައްޓަވައިފި އެވެ. އަތޮޅުކައުންސިލްގެ ފަރާތުން ދެއްވަދުއަށް ވަޑައިގެންނެވި މޮނިޓަރިންގ ޓީމުގައި ހިމެނޭ ބޭފުޅުން މި އަދު ދެއްވަދުއަށް ވަޑައިގެން ދެއްވަދޫ ކައުންސިލާއި ބައްދަލުކޮށް، މޮނިޓަރިން ކުރިއަށް ގެންދަވާނެ ގޮތާއިބެހޭ ގޮތުން މަޝްވަރާކުރައްވައި، ދަތުރާއިބެހޭ ގޮތުން މަޢުލޫމާތު ހިއްޞާ ކުރެވިފައިވެ އެވެ.

ތަފްސީލް
Feb 22nd

ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފް ގެ ފަރާތުން އަތޮޅު ކައުންސިލާއި ބައްދަލުކުރައްވައިފި

އެންސީ އައި ޓީއާއި، ލޯކަލްޤަވަރމަންޓް އޮތޯރިޓީއާއި، ޑީ އެން އާރާއި، ޤައުމީ އަރުޝީފާއި އެކު ހެދިފައިވާ އެމް އޯ ޔޫއެއްގެ ދަށުން ޤާނޫނަށް އަޙުލުވެރި ކުރުމުގެ ޕްރޮގްރާމެއް ގއ.އަތޮޅުގައި ހިންގުމަށްޓަކައި 21 ފެބްރުއަރީ 2016 ގައި ވިލިނގިއްޔަށް، ވަޑައިގެންނެވި ޓީމުގެ ބޭފުޅުން މިއަދު 10:00 ގައި އަތޮޅުކައުންސިލާއި ބައްދަލުކުރައްވައިފި އެވެ. މި ބައްދަލުވުން ބޭއްވިފައިވަނީ އަތޮޅުގޭގެ ޖަލްސާކުރާ މާލަމުގައެވެ.  މިޓީމުގެ މަސައްކަތަކީ، ހުރިހާ އިދާރީ ދާއިރާތަކުން  ބޭނުންކުރަމުންދާ ދުވަސްވީ ލިޔެކިއުންތައް ނައްތާލުމާއި، އިދާރީ ދާއިރާތަކުގައި ހުންނަ ދުވަސްވީ [...]

ތަފްސީލް
Feb 15th

ގއ.ގެމަނަފުށި، ކޮނޑޭ އަދި ކަނޑުހުޅުދޫ ގެ މޮނިޓަރިން ނިންމާލުމަށްފަހު އަތޮޅުކައުންސިލާއި ބައްދަލުކުރައްވައިފި

ރަށުކައުންސިލް މޮނިޓަރ ކުރުމަށް ކުރަމުންދާ  މަސައްކަތުގެ ތެރެއިން މިއަތޮޅު ގެމަނަފުށީ، ކޮނޑޭ އަދި ކަނޑުހުޅުދޫ ކައުންސިލް މޮނިޓަރ ކުރުމުގެ މަސައްކަތް ނިންމާލެއްވުމަށްފަހު މޮނިޓަރިން ޓީމުގެ ބޭފުޅުން އަތޮޅުކައުންސިލާއި ބައްދަލުކުރައްވައިފި އެވެ.  މި ބައްދަލުވުމުގައި މި ތިން ރަށުގެ މޮނިޓަރިންގައި ފާހަގަކުރެވުނުކަންތައްތައް ކައުންސިލާއި ހިއްސާ ކޮށް ރަނގަޅުކުރަންޖެހޭ ކަންތައްތަކާމެދު މަޝްވަރާކުރެވިފައިވެއެވެ.  މި ގޮތުން މަޝްވަރާކުރެވުނު ކަންތައްތަކުގެ ތެރޭގައި މި އަތޮޅު ކޮނޑޭ ކައުންސިލްގެ އިދާރާ ހިންގުން ހުރިގޮތުން މިހާރުން މިހާރަށް އަވަސް ފިޔަވަޅެއް އެޅުމަށް މަޝްވަރާކުރެވުނެވެ. މީގެ އިތުރުން [...]

ތަފްސީލް