Mar 29th

ހުވަދުއަތޮޅުއުތުރުބުރީ ދެވަނަ އަތޮޅު ކައުންސިލްގެ102 ވަނަ ބައްދަލުވުން ބާއްވައިފި

ހުވަދުއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ 102 ވަނަ ބައްދަލުވުން މިއަދު ހެނދުނު 11:00 ގައި ވަނީ ބޭއްވިފައިވެ އެވެ. މި ބައްދަލުވުން ބޭއްވުނީ އަތޮޅުކައުންސިލްގެ  ޖަލްސާ ކުރާ މާލަމެވެ. މި ބައްދަލުވުމުގައި އަތޮޅުކައުންސިލްގެ ނާއިބްރައީސް މުޙަންމަދު ޚަލީލު ގެ އިތުރުން ކައުންސިލަރ ސައުދުﷲ ރަޝީދު، ކައުންސިލަރ މުޙަންމަދު ސަވާދު ، ކައުންސިލަރ އަޙުމަދު ސަޢީދު ބައިވެރިވެ ވަޑައިގެންނެވި އެވެ.

ތަފްސީލް
Mar 29th

ގއ.އަތޮޅުގެ ކަނޑުއޮޅިތަކާއި އެތެރެވަރީގެ ފަރުތަކުގައި ބައްތިޖަހައިފި

އަތޮޅުކައުންސިލްގެ 2016 ވަނަ އަހަރުގެ އަހަރީ  މަސައްކަތުގެ ތެރޭގައި ހިމެނިގެން ކައުންސިލްގެ ފަރާތުން ކުރިއަށް ގެންދާ ގއ.އަތޮޅުގެ ކަނޑުއޮޅިތަކާއި އެތެރެވަރީގެ ފަރުތަކުގައި ބައްތި ބައްތިޖެހުމުގެ މަޝްރޫޢު މި މަހުގެ 28 ވީ ހޯމަ ދުވަހު ފެށިގެން ކުރިއަށް އެބަދެ އެވެ. އަތޮޅުގެ ކަނޑުއޮޅިތަކާއި އެތެރެވަރީގެ ފަރުތަކުގައި ބައްތި ޖެހުމަށް ރަށްރަށުގެ ކައުންސިލްތަކާއި ވާހަކަ ދައްކައި މަޝްވަރާކޮށް ބައްތި ޖެހުމަށް ނިންމާފައިވަނީ މިއަތޮޅު އެކަފަރު، ނިލަންދޫ ފަރުކޮޅު، ބޯވާފަރު، ކަންނެލިގައްލާ، ދުމައެރީ ފަރު، ދިޔަދޫފަރުކޮޅު، ނަގިލިގަލާ އަދި ކިނަރެގައްލާއެވެ. [...]

ތަފްސީލް
Mar 28th

ހުވަދުއަތޮޅުއުތުރުބުރީ ދެވަނަ އަތޮޅު ކައުންސިލްގެ 101ވަނަ ބައްދަލުވުމުން ނިންމި ކަންތައްތައް

އަތޮޅުކައުންސިލްގެ އިދާރާގެ 101 ވަނަ ބައްދަލުވުން  23  މާރޗް 2016 ގައި އަތޮޅު ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަން ބޭއްވިފައިވެ އެވެ. މި ބައްދަލުވުމުން ނިމުނު ކަންތައްތަކަކީ: އަތޮޅު ޤުރުއާން މުބާރާތުގެ ބަޖެޓް ފާސްކުރުން މިކަން ނިންމެވީ:          2016 ވަނަ އަހަރުގެ އަތޮޅު  ޤުރުޢާން  މުބާރާތަށް  ސްޕޮންސަރ އެއްގެ ގޮތުގައި ދަރ ރެޒިޑެންޓް މޯލްޑިސްއިން ދިން -/10000  ( ދިހަހާސް ރުފިޔާ )  އާއި  އަތޮޅު  ކައުންސިލްގެ  އާމްދަނީ  ބަޖެޓުން މުބާރާތަށް ހިނގާނެ ކަމަށްލަފާކުރެވޭ ޚަރަދަށްވާ  57745.62 [...]

ތަފްސީލް
Mar 14th

ހުވަދުއަތޮޅުއުތުރުބުރީ ދެވަނަ އަތޮޅު ކައުންސިލްގެ 99 ވަނަ ބައްދަލުވުމުން ނިންމި ކަންތައްތައް

ހުވަދުއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ 99 ވަނަ ބައްދަލުވުން 08  މާރޗް 2016 ގައި ހުވަދުއަތޮޅުއުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައި ބާއްވައިފި އެވެ. މި ބައްދަލުވުމުން މަޝްވަރާކުރައްވައި ނިމުނު ކަންތައްތަކަކީ:  އެމް.އައި.އިންވެސްޓްމަންޓްން އިދާރާގައި ކުރަމުންދާ މަސައްކަތަށް 15 ދުވަހުގެ މުއްދަތު އިތުރުކުރުމަށް  ފޮނުއްވާފައިވާ ސިޓީއާއިބެހޭ ގޮތުން މަޝްވަރާ ކުރުމަށް މިކަން ނިންމެވީ:           އަތޮޅުކައުންސިލް  އިދާރާގެ  ކައުންޓަރާއި  ވެއިޓިންގ އޭރިޔާ އަދި  ސައިކޮޓަރި  ބައިގައި ކުރަންހުރި މަރާމާތުތައް ކުރުމަށް ޙަވާލުކޮށްފައިވާ އެމް.އައި.އިންވެސްޓްމަންޓްން އެމަސައްކަތް ނިންމުމަށް އެއްބަސްވެފައިވާ މުއްދަތުގެ [...]

ތަފްސީލް
Mar 07th

ހުވަދުއަތޮޅުއުތުރުބުރީ ދެވަނަ އަތޮޅު ކައުންސިލްގެ 98 ވަނަ ބައްދަލުވުމުން ނިންމި ކަންތައްތައް

ހުވަދުއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ 98 ވަނަ ބައްދަލުވުން 01  މާރޗް 2016 ގައި ބޭއްވިފައިވެ އެވެ. މި ބައްދަލުވުން ބޭއްވިފައިވަނީ އަތޮޅުކައުންސިލްގެ ޖަލްސާކުރާ މާކަމުގައެވެ. މި ބައްދަލުވުމުން ނިމުނު ކަންތައްތަކަކީ:-  ޓްރޭނިންގ އަށް އެހީދޭނެ މުވައްޒަފުން ކަނޑައެޅުން މިކަން ނިންމެވީ:        އަތޮޅުކައުންސިލް އިދާރާގެ މުވައްޒަފުން ތަމްރީން ކުރުމަށް އަތޮޅުކައުންސިލުން އެހީދިނުމަށް ހުޅުވާލި ފުރުޞަތުގައި ޑިޕޮލަމާއިން ހިއުމަންރިސޯސް މެނޭޖްމަންޓް ކޯހުގައި ބައިވެރިވުމަށް އެދިފައިވަނީ އިދާރާގެ 4މުވައްޒަފުން ކަމުގައިވާ އެސިސްޓެންޓް ޑިރެކްޓަރ އަޙުމަދު ޙަސަންދީދީ، އެސިސްޓެންޓް އެކޮނަމިކް ޑިވެލޮޕްމަންޓް އޮފިސަރ [...]

ތަފްސީލް