May 04th

ގއ.އަތޮޅުކައުންސިލްގެ ވޮލީ މުބާރާތް ފެށިއްޖެ

ގއ.އަތޮޅުކައުންސިލުން އިންތިޒާމްކޮށްގެން ކޮންމެ އަހަރަކު ބާއްވާ އަތޮޅުކައުންސިލްގެ ވޮލީ މުބާރާތް 3 މެއި 2016 ގައި މި ފެށިއްޖެއެވެ.މި މުބާރާތް ބޭއްވިފައިވަނީ މިއަތޮޅު ދާންދޫގައެވެ.   ދާންދޫގައި  ފެށުނު މި މުބާރާތުގައި ބައިވެރިވެފައިވަނީ ކޮލަމާފުށި، ނިލަންދޫ، ދާންދޫ، ކޮނޑޭ ، ގެމަނަފުށި، ކަނޑުހުޅުދޫ އެވެ.  ދާންދޫގައި ބޭއްވުމަށް ހަމަޖެހިފައިވަނީ މުބާރާތުގެ ފިރިހެން ޒިވިޜަންގެ މެޗްތަކެވެ. އަންހެން ޑިވިޜަންގެ މެޗްތައް ކުޅޭ ގޮތަށް ހަމަޖެހިފައިވަނީ މިއަތޮޅު ނިލަންދޫގައެވެ. މި އަދުގެ މެޗްގައި ބައްދަލުކުރީ ނިލަންދޫ ވޮލީޓީމާއި ކަނޑުހުޅުދޫ ވޮލީ [...]

ތަފްސީލް
May 02nd

ވިލިނގިލީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އިފްތިތާޙު ކޮށްފި

ވިލިނގިލީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އިފްތިތާޙުކުރުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފި އެވެ. މި ރަސްމިއްޔާތު ބޭއްވިފައިވަނީ  މިއަދު ހެނދުނު 09:30 ގައި އަތޮޅުކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމުގައި ބޭއްވި މި ރަސްމިއްޔާތުގައި ކޮމިޓީގެ 07 މެމްބަރުން އިޤްރާރުގައި ރަސްމީ ކޮށް ސޮއިކޮށްފައިވެ އެވެ.   މި ޖަލްސާ ޝަރަފްވެރިކޮށް ދެއްވީ ވިލިނގިލީ ކައުންސިލްގެ ނާއިބް ރައީސް އަލްފިޟިލް ޙުސައިން އާދަމެވެ. މި ޖަލްސާގައި އަތޮޅުކައުންސިލްގެ ރައީސް ޙުސައިން އާދަމް އާއި އަތޮޅުކައުންސިލަރުން އަދި އިދާރާތަކުގެ މުވައްޒަފުން [...]

ތަފްސީލް
May 02nd

ސިވިލްސާރވިސް ދުވަހާއި ގުޅިގެން އަތޮޅުކައުންސިލްގެ ގިނަ ދުވަސްވީ މުވައްޒަފުންނަށް ހަނދާނީ ލިޔުން ދިނުމުގެ ރަސްމިއްޔާތެއް ބާއްވައިފި

ސިވިލްސަރވިސް ދުވަސްފާހަގަކުރުމުގެ ގޮތުން އަތޮޅުކައުންސިލްގެ މުވައްޒަފުންނަށް ހަނދާނީ ފިލާ ހަވާލުކުރުމަށްޓަކައި 01 މެއި 2016 ވަނަ ދުވަހުގެ ރޭ 08:30 ގައި ވަރަށް ޚާއްޞަ ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ. މި ރަސްމިއްޔާތު ބޭއްވިފައިވަނީ މުވައްޒަފުންނަށް ޚާއްޞަކުރެވިފައިވާ ޑިނަރ ނައިޓަކާ އެކު ދަ ރެސިޑެންސް މޯލްޑިވްސްގައެވެ.   މި ރަސްމިއްޔާތުގައި އަތޮޅުކައުންސިލް ގެ 6 ކައުންސިލަރުންނާއި، ކައުންސިލް އިދާރާގައި 10 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތް ކޮށްފައިވާ 17 ވަރަކަށް މުވައްޒަފުންނަށް ހަނދާނީ ލިޔުން ދެއްވާފައިވެ އެވެ.   [...]

ތަފްސީލް
May 01st

މަދިރި ނައްތާލުމުގެ ބައިނަލް އަޤްވާމީ ދުވަސް ގއ.އަތޮޅުހޮސްޕިޓަލާއި ގުޅިގެން ވިލިނގިލީގައި ފާހަގަކޮށްފި

މަދިރި ނައްތާލުމުގެ ބައިނަލް އަޤްވާމީ ދުވަސް ވިލިނގިލީގައި ފާހަގަކުރުމުގެ ގޮތުން އަތޮޅުހޮސްޕިޓަލުން އިންތިޒާމްކޮށްގެން ޕްރޮރާމެއް ހިންގައިފިއެވެ. މި ގޮތުން އަތޮޅުހޮސްޕިޓަލާއި، ވިލިނގިލީގެ ހުރިހާ ސެކްޓަރ ތަކުގެ މުވައްޒަފުން ހިމެނޭގޮތަށް ރަށުތެރޭގެ އެކި ސަރަޙައްދުތައް ބަލައި، ހުރިހާ ގޭގެއަށް ޒިޔާރަތްކޮށް ގޭގޭގެ ގޯތިތެރޭގައި ފެންހަރުލާ ގޮތަށް ހުރި ތަންތަން ބަލައި،  މީގެ އިތުރުން ގޭގޭގެ ފުރާޅުތަކާއި ފެންތާނގީތައް ބަލައި ޗެކްކޮށް މަޢުލޫމާތު ނެގިފައިވެ އެވެ. މި މަޢުލޫމާތު ނެގިފައިވަނީ 4 އަވަށަށް ރަށް ބައިކޮށް ގްރޫޕްތައް ބަހައިގެންނެވެ.

ތަފްސީލް
May 01st

ގއ.ވިލިނގިލީގައި ޕޮލިޓެކްނިކް ގެ ކެމްޕަސް އެއް ރަސްމީކޮށް ހުޅުވައިފި

އެޑިޔުކޭޝަން މިނިސްޓަރ ޑރ.އައިޝަތު ޝިހާމް މި އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި ވިލިނގިއްޔަށް ވަޑައިގެން 29 އޭޕްރީލް 2016 ވަނަ ދުވަހުގެ ރޭ މޯލްޑިވްސް ޕޮލިޓެކްނިކުގެ ވިލިނގިލީ ކެމްޕަސް ރަސްމީކޮށް ހުޅުއްވައި ދެއްވައިފި އެވެ.   މި ކެމްޕަހަކީ ވިލިނގިލީ ކައުންސިލްގެ ފަރާތުން ކުއްޔާކާނުލައި 5 އަހަރު ދުވަހުގެމުއްދަތަށް ވިލިނގިލީ އިޖްތިމާއީ މަރްކަޒް ޕޮލިޓެކްނިކަށް ދޫކުރައްވައިގެން ކުރިއަށް ގެންދާ ކެމްޕަހެކެވެ. މިއީ އަތޮޅުތެރޭގައި ރަސްމީކޮށް ހުޅުނު 3 ވަނަ ކެމްޕަހެވެ. މީގެ ކުރިންވެސް މި ތަނުގައި ޕޮލިޓެކްނިކުގެ ތަފާތު [...]

ތަފްސީލް
May 01st

ރައީސުލް ޖުމްހޫރިއްޔާ އޮނަރަބްލް އަލްފާޟިލް ޢަބުﷲ ޔާމީން މިއަތޮޅަށް ވަޑައިގެންފި

ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އޮނަރަބްލް އަލްފާޟިލް ޢަބުދުﷲ ޔާމީން ޢަބުދުލްޤައްޔޫމް އޭޕްރީލް 17 ން 18 އަށް މިއަތޮޅު ދެއްވަދޫ، ކަނޑުހުޅުދޫ އަދި ގެމަނަފުއްޓަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި މި އަތޮޅަށް ވަޑައިގަތުމަށް ހަމަޖެހިފައިވާތީ،  17އޭޕްރީލްގައި މިއަތޮޅު ކަނޑުހުޅުދުއަށް ވަޑައިގެންނެވި އެވެ. ކަނޑުހުޅުދުއަށް ވަޑައިގެން ކަނޑުހުޅުދޫގައި އަލަށް ޢިމާރާތް ކުރެވުނު މިސްކިތް ހުޅުއްވައިދެއްވި އެވެ. އެއަށް ފަހު ވަޑައިގެންނެވީ މިއަތޮޅު ގެމަނަފުއްޓަށެވެ. ގެމަނަފުއްޓަށް ވަޑައިގެން ގެމަނަފުށީ ބަނަދަރު ހުޅުއްވައި ދެއްވި އެވެ. ބަނަދަރު ހުޅުވުގެ ރަސްމިއްޔާތުގައި މިއަހަރުގެ [...]

ތަފްސީލް