Jun 23rd

އަތޮޅު އެޗް.އާރ.ޑީ.އެމް ކޮމިޓީގެ ބައްދަލުވުމެއް ބާއްވައިފި

އަތޮޅު އެޗް.އާރ.ޑީ.އެމްގެ ބައްދަލުވުމެއް މިއަދު 13:00 ގައި އަތޮޅުކައުންސިލްގެ އިދާރާގައި ބޭއްވިފައިވެ އެވެ. މި ބައްދަލުވުމުގައި ކޮމިޓީގައި ހިމެނިވަޑައިގަންނަވާ 8 ބޭފުޅުންގެ ތެރެއިން 7 ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި އެވެ.   މި ބައްދަލުވުމުގެ އެޖެންޑާގައި ހިމެނިފައިވާ ކަންތައްތަކާމެދު މަޝްވަރާކުރެވިފައިވެ އެވެ.

ތަފްސީލް
Jun 12th

އަތޮޅުކައުންސިލްގެ ކަރަންޓް ވިއުގަ މަރާމާތުކުރުމުގެ އެގްރީމެންޓްގައި ސޮއިކޮށްފި

އަތޮޅުކައުންސިލްގެ ކަރަންޓް ވިއުގަ މަރާމާތު ކުރުމަށްޓަކައި އެސްކޮން ބިލްޑާސް އާއި އަތޮޅުކައުންސިލާއި ދެމެދު ވެވޭ އެގްރީމެންޓްގައި މިއަދު ވަނީ ސޮއިކޮށްފައެވެ.   އަތޮޅުކައުންސިލްގެ ފަރާތުން މި އެގްރީމެންޓްގައި ސޮއިކުރެއްވީ ކައުންސިލްގެ ރައީސް އަލްފާޟިލް ޙުސައިން އާދަމެވެ. އެސްކޮން ބިލްޑާސްގެ ފަރާތުން ސޮއި ކުރެއްވީ އަލްފާޟިލް ސައީދު ޙަސަން އެވެ.

ތަފްސީލް
Jun 12th

އަތޮޅުކައުންސިލަށް ބޭނުންވާ ފިއުލް ސަޕްލައިކޮށް ދިނުމުގެ އެގްރީމެންޓްގައި ސޮއިކޮށްފި

އަތޮޅުކައުންސިލަށް ބޭނުންވާ ފިއުލް ސަޕްލައިކޮށްދިނުމަށް މިއަހަރުގެ ކުރިއަށް އޮތް 6 މަސްދުވަހަށް އަތޮޅުކައުންސިލާއި ވިލިނގިލީ ހޮވާލާ ހޯލްޑިންގްސް އާއި ދެމެދު ވެވޭ އެގްރީމެންޓްގައި 01 ޖޫން 2016 ވަނަ ދުވަހު ވަނީ ސޮއިކޮށްފައެވެ.   އަތޮޅުކައުންސިލްގެ ފަރާތުން މި އެއްބަސް ވުމުގައި ސޮއިކުރެއްވީ ކައުންސިލްގެ ރައީސް އަލްފާޟިލް ޙުސައިން އާދަމެވެ. ހޮވާލާ ހޯލްޑިންގްސް ގެ ފަރާތުން ސޮއި ކުރެއްވީ އެ ކޮމްޕެނީގެ ސޭލްސް މެނޭޖަރ އައްސަދު އަޙުމަދެވެ. މި އެގްރީމެންޓްގެ ދަށުން މި އަހަރުގެ ނިޔަލަށް އަތޮޅުކައުންސިލްގެ [...]

ތަފްސީލް
Jun 01st

އަތޮޅުކައުންސިލްގެ މުވައްޒުންނާއި ކައުންސިލްގެ ރައީސް ބައްދަލުކުރައްވައިފި

މި އިދާރާގެ މުވައްޒަފުންނާއި ކައުންސިލްގެ ރައީސް އަލްފާޟިލް ޙުސައިން އާދަމް މިއަދު ބައްދަލުކުރައްވައިފި އެވެ.   މި ބައްދަލުވުމުގައި މި ދުވަސްކޮޅު އިދާރާގެ ގިނަ މުވައްޒަފުން ތަކެއް ޗުއްޓީގައި ތިއްބެވިކަން ފާހަގަކޮށް، މުވައްޒަފުން ވޭތުވެދިޔަ ދުވަސްތަކުގަ ކޮށްފައިވާ އަދިކުރަމުންދާ ބުރަ މަސައްކަތް ފާހަގަކޮށް އެ މުވައްޒަފުންނަށް ޝުކުރު އަދާކުރެއްވި އެވެ.   އަދި އޮފީހުގެ މަސައްކަތް އަންނަ ރަމަޟާންމަހުގެ ތެރޭއިތުރަށް ހަލުއިކުރުމަށް ވެސް މި ބައްދަލުވުމުގައި މުވައްޒަފުން ގެ ކިބައިން ރައީސް އެދި ވަޑައިގެންނެވި އެވެ.

ތަފްސީލް
Jun 01st

ގއ.އަތޮޅު ހޮސްޕިޓަލުގައި ތެލެސީމިޔާ އަށް ސްކްރީން ކުރުމުގެ ޚިދްމަތް ފަށައިފި

ގއ. އަތޮޅު ހޮސްޕިޓަލުގައި ތެލެސީމިޔާއަށް ސްކްރީން ކުރުމުގެ ޚިދުމަތް މިއަދު ފަށައިފި އެވެ.   މި ޚިދްމަތް ފެށުމުގެ ގޮތުން ގއ. އަތޮޅު ހޮސްޕިޓަލުގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތު ބޭއްވުނީ މިއަދު ހެނދުނު 10:10 ގަ އެވެ.   އަތޮޅު ހޮސްޕިޓަލުގައި ބޭއްވުނު މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ވިލިނގިލީ ކައުންސިލްގެ ރައީސް އަލްފާޟިލް ނިޔާޒް ނިޒާރެވެ. މި ރަސްމިއްޔާތުގައި އަތޮޅުކައުންސިލްގެ ރައީސް އަލްފާޟިލް ޙުސައިން އާދަމް ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

ތަފްސީލް
Jun 01st

ގއ.ގެމަނަފުށީ ކައުންސިލުން އަތޮޅު ކައުންސިލާއި ބައްދަލުކުރައްވައިފި

މިއަހަރު ޤައުމީ ފެންވަރުގައި މިއަތޮޅު ގެމަނަފުށީގަ ފާހަގަކުރަން  ސަރުކާރުން ހަމަޖައްސަވާފައިވާތީ، މަސްވެރިންގެ ދުވަހާއިގުޅިގެން އެރަށުން ވަމުންދާ ތައްޔާރީތަކުގެ މަޢުލޫމާތު ހިއްސާކޮށް އެހީތެރިކަން ބޭނުންވާ ދާއިރާ ތަކުން އެހީ ހޯދުމަށްޓަކައި ގެމަނަފުށީކައުންސިލުން އެކަމަށް ޚާއްޞަ ކުރެވިފައިވާ ޓީމެއް 24 މެއި 2016 ގައި އަތޮޅުކައުންސިލާއި ބައްދަލުކުރައްވައިފި އެވެ.  މި ބައްދަލުވުމުގައި ގެމަނަފުށީގައި ދުވަހާއި ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގްރާމުތަކުގެ މަޢުލޫމާތު ހިއްސާ ކޮށްފައިވެ އެވެ. އަދި އެ ޕްރޮގްރާމް ތައް ހިންގުމަށް ބޭނުންވާ ފަންޑް ހޯދުމާއި ބެހޭގޮތުން [...]

ތަފްސީލް