Jul 30th

މިނިވަން 51 ފާހަގަކުރުމަށް އަތޮޅުކައުންސިލްގެ އިދާރާގައި ދިދަނެގުމުގެ ރަސްމިއްޔާތެއް ބާއްވައިފި

ދިވެހިރާއްޖޭގެ މިނިވަންކަމަށް 51 އަހަރު ފުރުމުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުން 25 ޖުލައި 2016 ވީ ހޯމަ ދުވަހުގެ ރޭ ގއ. އަތޮޅުކައުންސިލް އިދާރާގައި ވަނީ ބޭއްވިފައެވެ.  މިރަސްމިއްޔާތަށް މިރަށުގައި ގާއިމްކޮށްފައިވާ ސަރުކާރުގެ އިދާރާތަކުންނާއި ޒުވާނުންނާއި ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެފައިވެއެވެ. މިރަސްމިއްޔާތު ހިނގަމުންދާނެގޮތް އިއްވަވައިދެއްވީ އަތޮޅުކައުންސިލް އިދާރާގެ ޑިރެކްޓަރ އަދި ޒިންމާދާރު ވެރިޔާ އަލްފާޟިލް މުޙައްމަދު ނަޞީރު އަލީ އެވެ. މިއިދާރާގައި ބޭއްވުނު މިރަސްމިއްޔާތު ފެށުމުގެ 15 މިނިޓް ކުރިން ރަސްމިއްޔާތަށް ތައްޔާރުވެފައިވާކަން އަންގައިދިނުމުގެ ގޮތުން [...]

ތަފްސީލް
Jul 24th

އަތޮޅުގެ ރަށްރަށުގެ ތަރައްޤީގެ ޕްލޭން އާއި ފައިނޭޝަލް ޕްލޭން ތައްޔާރުކުރުމުގެ ޓްރެއިނިންގ ވޯކްޝޮޕް ނިމިއްޖެ.

ގއ. އަތޮޅުގެ ރަށްރަށުގެ ތަރައްޤީގެ ޕްލޭން އާއި، ފައިނޭންޝިއަލް ޕްލޭން އެކުލަވާލުމަށް މިމަހުގެ 20 ން 24 އަށް ބޭއްވުނު ޓްރެއިނިންގ ވޯކްޝޮޕް މިއަދު ނިމިއްޖެ އެވެ. މި ރަސްމިއްޔާތު ބޭއްވުނީ އަތޮޅުކައުންސިލްގެ އިދާރާގައެވެ. މި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް ގެ ރީޖަނަލް މެނޭޖަރ އަލްފާޟިލް މަސްޢޫދު އަޙުމަދެވެ. އަތޮޅުގެ ހުރިހާ ރަށްރަށުން ބައިވެރިވި މި ވޯކްޝޮޕްގައި 24 ބޭފުޅުން ތަމްރީނު ހާސިލުކޮށްފައިވެ އެވެ. މި ވޯކްޝޮޕްގައި އިންސްޓްރަކުޓަރުން ގެ ގޮތުގައި މަސައްކަތް [...]

ތަފްސީލް
Jul 24th

އަތޮޅުގެ ރަށްރަށުގެ ތަރައްޤީގެ ޕްލޭން އާއި ފައިނޭޝަލް ޕްލޭން ތައްޔާރުކުރުމުގެ ޓްރެއިނިންގ ވޯކްޝޮޕްގައި ބައިވެރި ބައިވެރިންނަށް ކޫއްޑޫއިން ޑިނަރއެއް އަރުވައިފި

ގއ.އަތޮޅުކައުންސިލާއި، ލޯކަލް ޤަވރމަންޓް އޮތޯރިޓީ ގުޅިގެން މިހާރު ހިންގަވަމުން ގެންދަވާ ގއ.އަތޮޅުގެ ރަށްރަށުގެ ތަރައްޤީ ޕްލޭންއާއި، ފައިނޭންޝިއަލް ޕްލޭން އެކުލަވާލުމުގެ ޓްރެއިނިންގ ވޯރކްޝޮޕްގެ ބައިވެރިންގެ ޝަރަފުގައި ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް ފަރާތުން 23 ޖުލައި 2016 ވަނަ ދުވަހު ކޫއްޑޫގައި ޚާއްޞަ ޑިނަރ އެއް ބޭއްވިފައިވެ އެވެ.   މި ޑިނަރ ގައި ވޯކްޝޮޕްގެ ބައިވެރިންނާއި ފެސިލިޓޭޓަރުން އަދި އަތޮޅުކައުންސިލްގެ ރައީސް އާއި، ވިލިނގިލީކައުންސިލްގެ ރައީސް ބައިވެރިވެ ވަޑައިގެންނެވި އެވެ.   މި ޑިނަރ ފެއްޓެވުމުގެ ކުރިން [...]

ތަފްސީލް
Jul 20th

އަތޮޅުގެ ރަށްރަށުގެ ތަރައްޤީގެ ޕްލޭން އާއި ފައިނޭޝަލް ޕްލޭން ތައްޔާރުކުރުމުގެ ޓްރެއިނިންގ ވޯކްޝޮޕްފެށިއްޖެ.

ގއ. އަތޮޅުގެ ރަށްރަށުގެ ތަރައްޤީގެ ޕްލޭން އާއި ފައިނޭޝަލް ޕްލޭން ތައްޔާރުކުރުމުގެ ޓްރެއިނިންގ ވޯކްޝޮޕް މިރޭ ގއ. އަތޮޅުކައުންސިލްގައި ފެށިއްޖެ އެވެ. މި ވޯރކްޝޮޕަކީ ލޯކަލް ޤަވަރމަންޓް އޮތޯރިޓީއާއި މިއިދާރާއާއި ގުޅިގެން ކައުންސިލުން ބާއްވާ ވޯކްޝޮޕެކެވެ. މި ވޯކްޝޮޕް ފައްޓަވައިދެއްވީ އަތޮޅުކައުންސިލްގެ ނާއިބްރައީސް އަލްފާޟިލް މުޙަންމަދު ޚަލީލެވެ. މި ވޯކްޝޮޕް ގައި އަތޮޅުގެ 9 ރަށުން 23 ބޭފުޅުން ބައިވެރިވެ ވަޑައިގެންފައިވެއެވެ. މިރޭ 8:45 ގައި ފެށުނު މި ވޮކްޝޮޕް ނިމޭނީ 24 ޖުލައި 2016 ގައެވެ. [...]

ތަފްސީލް