Aug 22nd

ހުވަދުއަތޮޅުއުތުރުބުރީ ދެވަނަ އަތޮޅު ކައުންސިލްގެ119ވަނަ ބައްދަލުވުމުން ނިންމި ކަންތައްތައް

ހުވަދުއަތޮޅު އުތުރުބުރީ އަތޮޅުކައުންސިލްގެ 119 ވަނަ ބައްދަލުވުން 09 އޯގަސްޓް 2016 ގައި އަތޮޅުކައުންސިލް އިދާރާގެ ޖަލްސާ ކުރާ މާލަމުގައި ވަނީ ބޭއްވިފައެވެ.  މި ބައްދަލުވުމުން ނިމުނު ކަންތައްތަކަކީ: –   14 އޯގަސްޓް 2016 ވަނަ ދުވަހުން ފެށިގެން އަހަރީ ޗުއްޓީގެ ތެރެއިން  5 ދުވަހުގެ ޗުއްޓީއެއް ހޯދުމަށް އެދި. މިކަން ނިންމެވީ:            14 އޯގަސްޓް 2016 ވަނަ ދުވަހުން ފެށިގެން 5 ދުވަހުގެ އަހަރީ ޗުއްޓީ ކައުންސިލްގެ ރައިސް ޙުސައިން އާދަމް ނެގުމާއި މެދު [...]

ތަފްސީލް
Aug 22nd

ވިލިނގިލީގައި ހުންނަ ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ ދިދަ ނަންގަވައިފި

ވިލިނގިލީގައި ހުންނަ ޕްރެސެކިއުޓަރ ޖަނަރަލް އޮފީހުގެ ދިދަ ނެގުމުގެ ރަސްމިއްޔާތު މިއަދު ހެނދުނު 08:30 ގައި އެ އޮފީހުގައި ބާއްވައިފި އެވެ. ފުރަތަމަ ފަހަރަށް ރަސްމީކޮށް އެ އޮފީހުގެ ދިދަ ނަންގަވައި ދެއްވީ ޕްރެސެކިއުޓަރ ޖެނެރަލް އަލްފާޟިލާ އައިޝަތު ބިޝާމް އެވެ. މި ރަސްމިއްޔާތުގައި  ޕީ ޖީ އޮފީހުގެ ވިލިނގިލީ އޮފީހުގެ މުވައްޒަފުންނާއި އެކިދާއިރާތަކުގެ މުވައްޒަފުން ބައިވެރިވެ ވަޑައިގެންނެވި އެވެ.

ތަފްސީލް
Aug 22nd

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް ގެ ޓީމެއް ކައުންސިލްގެ ރައީސާއި ބައްދަލުކުރައްވައިފި

ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް ގެ ޓީމެއް ވިލގިއްޔަށް ވަޑައިގެން އަތޮޅުކައުންސިލްގެ ރައީސް އާއި މިއަދު 14:00 ގައި ބައްދަލުކުރައްވައިފި އެވެ.   މި ބައްދަލުވުމުގައި އެބޭފުޅުން ކުރިއަށް ގެންދެވުމަށް ހަމަޖެހިފައިވާ އާމްދަނީއާއި ޚަރަދުގެ ތަފާސްހިސާބް ނެގުމުގެ ތަމްރީން ޕްރޮގްރާމާއި ބެހޭ މަޢުލޫމާތު ރައީސާއި ހިއްސާ ކުރެއްވި އެވެ. އަދި މީގެ އިތުރުން އަތޮލުކައުންސިލްގެ އެހީތެރިކަން ބޭނުންވާ ކަންކަން ފާހަގަކޮށް އެކަންކަމާއި ބެހޭ ގޮތުން މަޝްވަރާކުރެވުނެވެ.

ތަފްސީލް
Aug 21st

ޕްރޮސެކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމް އަތޮޅުކައުންސިލާއި ބައްދަލުކުރައްވައިފި

ޕްރެސެކިއުޓަރ ޖަނަރަލް އަލްފާޟިލް އައިޝަތު ބިޝާމް ގއ.އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ރޭ ވިލިގިއްޔަށް ވަޑައިގެން މިއަދު ހެނދުނު 10:00 ގައި އަތޮޅުކައުންސިލާއި ބައްދަލުކުރައްވައިފި އެވެ. މި ބައްދަލުވުމުގައި ޕީޖީ  އޮފީހުގެ އިސްބޭފުޅުންނާއި އަތޮޅުކައުންސިލްގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި އެވެ. މި ބައްދަލުވުމުގައި ޕީ ޖީ އޮފީހުގެ ވިލިނގިލީ ބްރާންޗުގެ މަސައްކަތް ކުރުމުގައި ހުރި ދަތި ތައް ބައްލަވައި ލައްވައި، އެކަންކަން ހައްލުކުރުމާއި މެދު މަޝްވަރާ ކުރެވުނެވެ.

ތަފްސީލް
Aug 09th

ހުވަދުއަތޮޅުއުތުރުބުރީ ދެވަނަ އަތޮޅު ކައުންސިލްގެ 118 ވަނަ ބައްދަލުވުމުން ނިންމި ކަންތައްތައް

އަތޮޅުކައުންސިލްގެ 118 ވަނަ ބައްދަލުވުން 02 އޯގަސްޓް 2016 ގައި އަތޮޅުކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި ވަނީ ބޭއްވިފައެވެ. މި ބައްދަލުވުމުން ނިމުނު ކަންތައްތަކަކީ:  ސޮސައިޓީ ފޮރ މާމެންދޫ ސްޕޯޓްސް އެހީއަކަށް އެދި ފޮނުއްވާފައިވާ ސިޓީއާއިބެހޭ ގޮތުން މަޝްވަރާ ކުރުމަށް. މިކަން ނިންމެވީ:            ސޮސައިޓީ ފޮރ މާމެންދޫ ސްޕޯޓްސް އިންތިޒާމް ކޮށްގެން ފިޠުރު ޢީދާއި ދިމާކޮށް ވަން ޑޭ ކަޕް ގެ ގޮތަށް ފުޓްސަލް ، ބަށި އަދި ވޮލީ މުބާރާތް  ބޭއްވުމަށް ހަމަޖެފައިވާކަމަށާއި އަދި އެމުބާރާތަށް [...]

ތަފްސީލް
Aug 02nd

ގއ. އަތޮޅުގެ ރަށްރަށުގެ ކައުންސިލްތަކުން އިންފޮރމޭޝަން އޮފިސަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމް ފެށިއްޖެ.

އިންފޮރމޭޝަން ކޮމިޝަނަރ އޮފީހުން ބާއްވަމުން ގެންދަވާ ރަށުކައުންސިލްތަކާއި ސަރުކާރުގެ ދާއިރާތަކުގެ އޮފީސް ތަކުގައި ތިއްވަބާ އިންފޮރމޭޝަން އޮފިސަރުން ތަމްރީނުކުރުމުގެ ގއ.އަތޮޅުގެ ޕްރޮގްރާމް 1 އޯގަސްޓް 2016 ގައި ގއ.ވިލިނގިލީގައި ފެށިއްޖެ އެވެ.   ގއ. ދެއްވަދޫ ފިޔަވައި އަތޮޅުގެ ހުރިހާ ރަށަކުން މި ޓްރެއިނިންގ ޕްރޮގްރާމުގައި ބައިވެރިވެފައިވެ އެވެ. މީގެ އިތުރުން ވިލިނގިލީގައި ގާއިމުކޮށްފައިވާ ފެނަކަ ކޯޕަރޭޝަނާއި، ވިލިނގިލީ މެޖިސްޓްރޭޓްކޯޓާއި، ގއ. އަތޮޅުކައުންސިލް އިދާރާއާއި، ގއ.އަތޮޅުތަޢުލީމީމަރުކަޒް،ވިލިނގިލީ ޕޯސްޓް އޮފީހުން މަންދޫބުން ބައިވެރިވެފައިވެ އެވެ.   މި ބައްދަލުވުމުގެ [...]

ތަފްސީލް
Aug 01st

ގއ.ވިލިނގިލީ އަންހެނުންގެ ފުޓްސެލް މުބާރާތުގެ ޗެމްޕިއަންކަން އަތޮޅުކައުންސިލް ގެ ފުޓްސެލް ޓީމް ހޯދައިފި

ގއ.ވިލިނގިލީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި، ގއ.ވިލިނގިލީ ޒުވާނުންގެ މަރުކަޒް ގުޅިގެން 27 ޖުލައި 2016 ގައި ފެށި އަންހެނުންގެ ފުޓްސެލް މުބާރާތުގެ ޗެމްޕިއަންކަން ގއ.އަތޮޅުކައުންސިލްގެ ފުޓްސެލްޓީމް ހޯދައިފި އެވެ.   ރޭ ގއ.ވިލިނގިލީ ޒުވާނުންގެ މަރުކަޒުގެ ފުޓްސެލްދަނޑުގައި ކުޅެވުނު ފައިނަލް މެޗްގައި އަތޮޅުކައުންސިލްގެ ޓީމާއި ބައްދަލުކުރީ ވިލިނގިލީ ސީޑްލިން ކުންފުނީގެ ޓީމު ގެ މެޗް 1-2 ން ކާމިޔާބުކުރީ އަތޮޅުކައުންސިލްގެ ޓީމެވެ. މި މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިންގެ ތެރެއިން އަތޮޅުކައުންސިލްގެ ޓީމުގެ އަޒީމާ [...]

ތަފްސީލް